ގާސިމް: އޭނާ ފުލުހަށް ހާޒިރުކުރަނީ ކޮން ބޭނުމަކު ކަމެއް އަދި ސާފެއް ނުވޭ --ފޮޓޯ/މިހާރު
19 އެޕްރީލް 2017 - 10:58
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ދައުވާ އުފުލާފައިވާ ގާސިމް މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަން އޭނާ ވަކީލުންގެ ޓީމުން ކަށަވަރުކޮށް ދިނެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލައި، ޝަރީއަތް ފަށާފައި ވަނިކޮށް، ގާސިމްގެ ގެ މ. މާފަންނުވިލާ އާއި އޭނާގެ އޮފީސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް ތަނަކުން މައްސަލައާ ގުޅުންހުރި އެއްޗެއް ނުފެނެ އެވެ.
ގާސިމްގެ ޝަރީއަތް ފެށިފަހުން ހެކި ހޯދަން ފަށާފައިވާތީ އޭނާގެ ވަކީލުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ގާސިމް ހައްޔަރުކޮށްފައި ވަނިކޮށް، އޭނާ ދޫކޮށްލީ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ކަނޑައަޅައި ހައި ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލް123
19 April 2017
ގާސިމް އިބްރާހިމް ދެދަޅައަށް ބަންދުކޮއްގެން ހޯދޭނެ އެއްވެސް ސިޔާސީ މަންފާއެއް ނޯންނާނެކަން އިއްޒަތުން ފުރިގެންވާ ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވަމެވެ، އަދި ގާސިމަށް ތިޔަކުރަމުންދާ އަނިޔާ ހުއްޓާލައި ގައުމުގެ ކަންކަމާގެން ކުރިއަށްދިއުމަށް ގިވައިލަމެވެ،
މެންޓަލިސްޓް
19 April 2017
ތިޔަކަންވެސް އެބަޖެހޭނޫންތޯ ކޮޅެއްގައި ޖައްސަން ،،،، 2 އިރުކާ ބޭހެއްފަދައިން ފުލުސްއޮފީހަށް ދަމާފައި އެބަޖެހޭ ދޫކޮއްލަންވެސް ،،، ބައެއް ދޫނި ތަކަކީ ކޮއްޓައްލައިގެން ނުގެންގުޅެވޭ ކަހަލަ ދޫނި ،،،، އެކަހަލަ ދޫންޏެއްތޯ ގާސިމްއަކީ ؟؟؟ ރައީސްމީހާ ކިތަންމެ ބޭނުންވިޔަސް ގާސިމް ހައްޔަރުނުކުރެވިގެން އުޅޭތަން މިފެންނަނީ ،،،،،،،، ނޫނީ އަބަދުވެސް ސަސްޕެންސްގައި ގާސިމް ބަހައްޓަން ކުރައްވާކަމެއްތޯ ؟؟ ތިޔަހެން ތަޅުވާ ތަޅުވާ ގާސިމް ރުޅިއަރުވާލައިގެން އަތުންފައިން އޭނާލައްވާ ގޯހެއްވެސް ހެއްދިދާނެ ،، ،އެއީވެސް ސިޔާސީގޮތުން ގެންތުޅޭ ޓްރިކްއެއް ،،،،، މައްކިޔާވެލީގެ "ޕްރިންސް" ކިޔާފޮތުގައިވެސް ހުންނާނެ އެކަހަލަ ގޭސްގަނޑުގަނޑު ހިނގާނެގޮތުގެ ވާހަކަތަށް ،،، އެއީ ހުރިހާ ސިޔާސީވެރިންގެ ބައިބަލް ،،، ދެންގެންގުޅޭނީ 48 ލޯސްއޮޕް ޕަވަރަ ،،،، އެފޮތްތަކުގެ ހުންނަ ކަންކަން ހުރިހާ ވެރިންވެސް މި ހަދަނީ ،،،، ވަރަށްވެދުން
އަޝްރަފް
19 April 2017
އަޅެފަހެ ބޮޑުވެއްޖެ މުސީބާތެންނު މިއޮތީ ލައިގަނެފަ. ފުލުހުން އެހެން މަސައްކަތެއް ނެތް ދުވަސްވަރަކީތަ!
ތަންދޮރުނުބަލާ
19 April 2017
ޢޭނާ އެފައިސާގޯނީގެވާހަކަ ހަމައެކަނިދެއްކީމަޖިލީހުގަތޯ؟ދިޓީވީ ޢެއީމަޖިލީހުގެ ޗެމްބަރުގެބައެއްތޯ؟
ވަސީ
19 April 2017
ގާސިމް ޔެސް ސާ ބުނަން ދެން ތިކަމެއް ނުހުއްޓޭނެ! ގާސިމްގެ ގަޓެއް ހުރިއްޔާ މިފަހަރު އިނގޭނެ...ބަލަންތިބެމާ
ބޮޑުރޭވުން
19 April 2017
މިހާރު ތިގަންނަގަޑަކީ ކުރިއައް އޮތް އިންތިހިހާބީ ވޯޓައް ގާސިމްއަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭންވެގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށް ވިސްނޭ
ހަހުރަޔާ
19 April 2017
އަނެއްކާވެސް
ހައްލު
19 April 2017
މިނޫން ކަމެއް ފުލުހުންނަށް ނެތީތަ. މަގުމަށްޗަށް ނުކުމެ މާލޭގެ ޓްރެފިކް ހަމައަކަށް އަޅުވަން އުޅުނިއްޔާ ތިޔަށްވުރެ މާ ތާހިރުވާނެއެވެ. ހަމަގައިމުވެސް ރައްޔިތުންނަށް ލުޔެއް ފަސޭހައެއް ލިބޭނެއެވެ. ގާސިމް ދެއްކި ވާހަކައަކުން މިރާއްޖޭގެ އެއްވެސް ރައްޔިތައް އުދަގުލެއް ތުރާލެއް ނެތެވެ. ކަންބޮޑުވުމެއްވެސް ނެތެވެ. ރައްޔިތުން ކަންބޮޑުނުވާ ގެއްލުމެއްނެތް ދުއްތުރާލެއްެނެތް ކަންކަމުގައި ފުލުހުންސް ރިސޯސްތައް ވޭސްޓްކުރުމުގެ ބޭނުމެއް ނެތެވެ. ޑރ. އަފްރާސިމް އަވަހާރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައަާއި ފެންފޯއްރުއްތައް އުފުރާލި މައްސަލައާއި ރާއްޖޭ ޓީވީ ރޯކޮށްލި މައްސަލައާއި އަސްވާޑަށް ހަމަލާދިން މީހުންގެ މައްސަލަ ފަދަ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގެ ފުރިހަމަ ތަހުގީގެއް ހިންގާށެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ތަޅުވާ އަނގަޔަށް ސަމާލުކަން ދުއްވާލުމަކުން ރައްޔިތުންގެ ހައްގުތައް ހިމާޔަތެއް ނުވެއެވެ.
ފަޅުވެރިން
19 April 2017
ވަކީލުންނަށް ލެއްވި ވަރަށް ބޮޑު ނަޞީބެއް ތިޔައީ! ކޮންމެ މީހަކު މިލިއަނުން ބިލް ހަދާލާނެ! ގެއްލުންވާނީ ދިވެހި ރައްޔިތުންނަށް. ސޭޓު ސަރުކާރަށް ދައްކަން އޮތް އެއްޗަކުންވިއްޔާ އެބައި ކަނޑާލާނީ!
ބުނެބަލަ
19 April 2017
ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަން އެންގުމުން ދެން ކޮބާތޭ މައްސަލަ އަކީ. މައްސަލަ އެއް ނެތެއް ނޫންތޭ. އެހެން މީހުން ވެސް ހާޒިރު ކުރަނީ އެއް ނޫންދޯ. ދެން ރީއްޗަށް ދިޔައިމާ ނިމުނީ އެއް ނޫން ދޯ. ދެން ޖަލަށް ދާން ޖެހިއްޖެނަމަ ރީއްޗަށް ޖަލަށް ދިޔައިމާ ވެސް ނިމުނީ އެއް ނޫން ދޯ. ދެން ކޮން ގަދަ އެއް ދައްކަންތޭ އޭން ބުނެބަލަ.
މޫސަ
19 April 2017
މައްސަލައެއް ނެތް ދަވްލަތުން 3.5 ބިލިއަން އެމް.އެމް.ޕީ އާރުސީ އިން ކާލި މީހުންވެސް ހާޟިރުކޮށް ބަލަ އެއިރުން ތިޔަދައްކާވާހަކަ ދިމާވާނީ