ށ. އަތޮޅުގައި މަހަށް ނުކުމެ އުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި އުމުރުން 30 އަހަރުގެ ޒުވާނަކު އިއްޔެ ހަވީރު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ އެ ރަށު ލިލީމާގޭ، މުހައްމަދު ޝައްފާން ކަމަށް ފުލުހުން ރޭ މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެ އެވެ.
ފުލުހުން ބުނީ، ޝައްފާން ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އެކަމަކު، އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް އެ މަރުކަޒާ ހަވާލާދީ، ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުންގެ މެސެޖުގައި ވެ އެވެ.