ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ހައްޔަރުކުރުމުން އައިޕީޔޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
21 އެޕްރީލް 2017 - 20:04
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދުނިޔޭގެ ގައުމުތަކުގެ މަޖިލިސް މެމްބަރުން ތަމްސީލުކުރާ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ވަނީ ގާސިމާ މެދު ގާނޫނާ އެއްގޮތަށް އިންސާފުން އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
IPU very concerned over arrest of opposition MP Qasim. Urges Maldives authorities to see to due process & rule of law. Monitoring situation.
— IPUparliament (@IPUparliament) April 21, 2017
"ހާލަތު މިދަނީ ކައިރިން ބަލަމުން،" އައިޕީޔޫގެ ޓްވީޓްގައި ބުނެފައިވެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ރޭ ދަންވަރު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު މިއަދު ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ބަދަލުކުރަން މަސައްކަތްކުރުން ފަދަ ތުހުމަތުތަކެއްގައި މީގެ ކުރިން ވެސް ގާސިމް ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ފަހަރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފަ އެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކުރީ ފަސް ދުވަހު ބަންދުގައި ހުންނެވި ފަހުންނެވެ.
ގާސިމާ ދެކޮޅަށް މިހާރު ފަށާފައިވާ ޝަރީއަތުގެ ފުރަތަމަ ދުވަހު ވެސް ބަންދުގައި ބަހައްޓަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެކަމަކު އެ ކޯޓުން އެގޮތަށް އެ އަމުރު ދީފައެއް ނުވެ އެވެ. ރޭ ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އެދިވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރުކުރަންޏާ އެކަމަށް އެދެން ޖެހެނީ ޕީޖީ އެވެ. ކުރީ ފަހަރު ހައްޔަރުކުރީ އޭގައި ޕީޖީގެ ރޯލެއް ނެތިކަމުން، އެއީ ގާނުނާ ޚިލާފަށް ކުރި ކަމެއް ކަމަށް ނިންމައި، އެފަހަރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފަ ވެސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތުލަފި ޑިމޮކުރަސީ
22 April 2017
ރައީސް ޔާމީނައް ތާއީދުކުރާ ބުޅަލެއްއޮތަސް ތަމެން މަމެން ކޮމެންޓްލިޔެ ދިފާއު ނުކުރެވިގެން އުޅެނީ ކޮން ސަބަބަކާހެދިކަން ވަރައް ސާފް އެކަމުން އެނގެނީ ރައްޔަތުން ގެ ލޯބި ނުލިބޭކަން އަދި ރުހޭ މާގިނަ ބަޔަކުވެސް ނެތްކަން އެހެންވެ މުޅި ސަރުކާރު ޑިޕުރެޝަނަށްގޮސް ދަންޖެހޭމަންޒަރު ބަލަން ދިވެހިންގެ ގިނަބަޔަކަށް ކެތް ނުވާނެ ،ދިވެހިން ދެކެ ލޯބިވާ ދިވެހި ވަންތަ ދިވެހިން މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގަ ،އިއްޒަތާ ޖާހަތައް ޓަކާ ހައްގުބަސްބުނުމުން އެކަހެރިވެ ނުތިބޭނެ، އެއީ ހަގީގީ ޑިޕުރެޝަނަކީ ،ވިސްނިއްޖެ ކަމަށް ހީކުރަން،
ގައުމު
21 April 2017
ހުދުމުހުތާރު ކަމުގެ ނަމޫނާ ބަހެއް ބުނެލާ އިރައް ހިފާ ހައްޔަރުކޮށް ޖަލައް. ވާހަކަ ދެއްކުމާއި ހިޔާލު ފާލޫކުރުން މަނާވަނީ އެންމެ ހުދުމުހުތާރު ކޮރެއާ ފަދަ ގައުމު ތަކުގަ.މިގައުމު މިހާރު މިވަނީ ސީދާ އެމަގަށް މިސްރާބު ޖަހާފަ. ރައްޔިތުން ތެދުވެ މިަކމުން ގައުމު ސަލާމަތް ކުރަން ޖެހޭ ވަގުތު ޖެހިއްޖެ.
ނރކގ
21 April 2017
ދޮން މީހާއަށް މެސެޖުޖަހާލީމައި އައި ޖަވާބުމިއީ "ކޭ". ދިވެހިން ތަރުޖަމާކުރީމައި އަންނަނީ ސުރުޚީގައ އޮތް ގޮތަށް
ޒިންދަގީ
21 April 2017
އައިޕީޔޫ އިން ކެނޑެެންވީދޯ!! މިކަހަލަ ކަންކަމާއި ބެހުން މަނާވާނެ. ކީކޭ ރިޔާޒު؟؟؟
އާއިޝަތު
21 April 2017
ކަލޭމެނައް ވޯޓު ދީ ތިޔަ އިއްޒަތާއި އެކަށީގެން ނުވާ ބޮޑު މުސާރަ ހޯއްދަވައި ދިނީ މިފަދަ ބަލާވެރިކަން ޖައްސާކަށެއްނޫން.. ބަނޑޭ ނުކިޔާ ކަލޭމެންގެ 20 ސަކައް މީހުން ކެރިގެން ނިކުމޭ.. އެކައްޗެއްވެސް ނެހެދޭނެ..
ވިލި އަޙްމަދު
21 April 2017
ކޮމަންވެލްތުގެ ކަންބޮޑުވުން ކޮބާ؟ ކޮމަންވެލްތު މީހާރު ނޫޅެނީބާ؟
ދިވެހިން
21 April 2017
ހިރިލަންދޫ އީސަގޯތި އާދަނުވެސް ވަރަށް ކަންބޮޑުވުން ފާޅުކޮއްފި.
ޑަރޯގާޖީ
21 April 2017
ދަރުބާރު ފެކްޝަނުގެ ނުރައްކާ ރާއްޖޭގެ ހުރިހާރައްޔިތުންނައް މިވަނީ އުފުލަންޖެހިފަ ބުނެލާބަހަކުން ޖަލައްލާ ނިޒާމު މިވަނީ ގެނެސްފަ މީތޯ ރައްޔިތުން ބޭނުންވާގޮތަކީ
ބޯލަބޭ
22 April 2017
ދަރުބާރު ފެކްޝަނާއި އުސްފަސްގަނޑު ފެކްޝަނާއި ހަރުގެ ފެކްޝަނުގެ ނުރައްކާ އުފުލަންޖެހެނީ އެތަންތަނަށް ބޯބާނާތީ. ތިޔަ ބުނާ ނުރައްކަލެއް ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭވާހަކަބުނާއިރު ރައްޔިތުންނަކީ ކިތައްމީހުންތަ؟