ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އައިމަން އިސްމާއިލް 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި އެވެ. 

ޖިންސީ ގޯނާގެ މައްސަލާގައި އައިމަން ހައްޔަރުކުރީ ނޮވެމްބަރު 3 ގަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުކުރަން ނިންމައިފަ އެވެ. 

އޭނާ ހައްޔަރުކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ އައިމަންގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގު އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް 30 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.