އަންނަ އަހަރުގެ ރޯދަމަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
ދެ މުބާރާތުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ހަމަޖައްސާފައިވާ ގޮތުން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ އަންނަ ބުދަ ދުވަހުގެ ރޭގަނޑު 11:59 އަށެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ދެ މުބާރާތުގައި ބައިވެރިވާން އިތުރު ފުރުސަތަކަށް ވަރަށް ގިނަ ބެލެނިވެރިން އެދިފައިވާތީ ދެވަނަ ވަނަ ފަހަރަށް ހުޅުވާލީ ކަމަށެވެ.
ގުރުއާން ކިޔެވުމުގެ މުބާރާތް އޮންނާނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ގުރުއާން ކިޔެވުމުގެ ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނޭނޭއިރު މަދަހަ މުބާރާތުގައި ވެސް ހިމެނެނީ ހަމަ އެއް އުމުރުފުރާތަކެކެވެ. އެއީ އުމުރުން ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
ކައުންސިލުން ބުނީ ގުރުއާން އަދި މަދަހަ މުބާރާތުގައި ވެސް ހަ އަހަރުން ދަށުގެ އުމުރުފުރާއަށް އިންސާފު ނުކުރާނެ ކަމަށެވެ. ގުރުއާން ކިޔެވުމުގައި ބަލާނީ ހަތިމުން ބޭނުންކޮންމެ ތަނެއް 5-7 ފޮޅުވަތަށް ކިޔެވުން ކަމަށެވެ.
އެ ނޫން ކޮންމެ އުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، 4 ވަނަ އަދި 5 ވަނަ ހޮވާނެ އެވެ. ގުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް އުމުރުފުރާގެ އެއް ގޮފީގަ އެވެ.
މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރައަކުން އަދި ގުރުއާން މުބާރާތުގެ ކޮންމެ ގޮތްޕަކުން:
- 1 ވަނަ 10،000ރ. އަދި ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ 7،000ރ. އަދި ޕްލާކާއި ސެޓްފިކެޓް
- 3 ވަނަ 5،000ރ. އަދި ޕްލާކާއި ސެޓްފިކެޓް
- 4 ވަނަ 3،000ރ އާއި ސެޓްފިކެޓް
- 5 ވަނަ 2،000ރ. އާއި ސެޓްފިކެޓް
މުބާރާތުގެ ސީނިއާ ގުރޫޕާއި ޖޫނިއާ ގުރޫޕު އަދި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:
- 1 ވަނަ 15،000ރ. އަދި ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ 10،000ރ. އަދި ޕްލާކާއި ސެޓްފިކެޓް
- 3 ވަނަ 7،000ރ. އަދި ޕްލާކާއި ސެޓްފިކެޓް
- 4 ވަނަ 5،000ރ. އާއި ސެޓްފިކެޓް
- 5 ވަނަ 3،000ރ. އާއި ސެޓްފިކެޓް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމާއި މުބާރާތުގެ ދެގުރޫޕު އެއްކޮށް، މުޅި މުބާރާތުން:
- 1 ވަނަ 50،000ރ. އަދި ޓްރޮފީ އާއި ސެޓްފިކެޓް
- 2 ވަނަ 25،000ރ. އަދި ޓްރޮފީއާއި ސެޓްފިކެޓް
- 3 ވަނަ 15،000ރ. އަދި ޓްރޮފީއާއި ސެޓްފިކެޓް
- 4 ވަނަ 7،000ރ. އަދި ޕްލާކާއި ސެޓްފިކެޓް
- 5 ވަނަ 5،000ރ. އަދި ޕްލާކާއި ސެޓްފިކެޓް
ކައުންސިލުން ބުނީ ދެ މުބާރާތުގައި ވެސް ޖޫނިއާ ގުރޫޕް ކަމުގައި ބަލާނީ އުމުރުން ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރުފުރާއަށް ކަމަށެވެ. ސީނިއާ ގުރޫޕް ކަމުގައި ބަލާނީ އުމުރުން 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށެވެ.
ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން https://competitions.malecity.gov.mv އަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
ދެ މުބާރާތުގެ އުސޫލުތަކާއި މުގައްރަރު ވަނީ އާންމު ކޮށްފަ އެވެ.
ބައިވެރިވުމުގެ ފުރުސަތު އިތުރު ކުރެވިފައިވަނީ އިއްޔެއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ރޭގަނޑު 11:59ގެ ނިޔަލަށެވެ.