މާލޭގެ ބައެއް ސަރަހައްދުތަކުން ދެންމެ ކަރަންޓު ހިނގައްޖެ އެވެ.
މިރޭ ދަންވަރު 1:10 ހާއިރު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ދިޔައީ، ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓެކްނިކަލް މައްސަލައަކުން ބޮޑު އިންޖީނެއް ނިވުމާ ގުޅިގެންނެވެ
އެކަމަކު ކަރަންޓު ދިޔަ ދިޔަ ބައެއް ސަރަހައްދުތަކަށް ވިއްސަކަށް މިނިޓް ފަހުން ވަނީ ކަރަންޓު ދޭން ފަށައިފަ އެވެ.
"އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުން މިހާރު އެދަނީ. ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް ކަރަންޓް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.