މާފަންނުގައި ހުންނަ ގަޑިބުރު މަރާމާތު ކުރުމަށްފަހު މިއަދު ތަޅާލައިފި އެވެ.

މާލޭގައި ވަރަށް ޒަމާންވީ ގަޑިބުރު ތަޅާލައި އެތަނުގައި ހުރި ވެލިތައް ނަގައި ބިންގަނޑު ވެސް ވަނީ އެއްވަރުކޮށްފަ އެވެ. ގަޑިބުރު ތަޅާލި ސަބަބެއް ހައުސިން މިނިސްޓްރީން ސާފެއް ނުވި އެވެ.

އެކަމަކު އެތަން ތަޅާލާފައި މިވަނީ ވަރަށް ފަހުން މަރާމާތުކޮށް، ޒީނަތްތެރިކުރަން ގަސް ވެސް އިންދުމަށް ފަހު އެވެ. ކުރިން އެ ބުރު ހުންނަ ގޮތަށް އެތަނުގައި ބޮޑު ގަޑިއެއް ބަހައްޓަން ވެސް ހައުސިން މިނިސްޓްރީން ޕްލޭން ކުރި އެވެ.

މާލޭގައި މިގޮތަށް ހުރި ބައެއް ތަންތަނާއި ޕާކުތަކަށް ވެސް ހައުސިން މިނިސްޓްރީން އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ތަންތަން މަރާމާތުކުރުމަށް ފަހު، މާ ގިނަ ދުވަސްތަކެއް ނުވެ ތަޅާލައި އެހެން ގޮތަކަށް ބަދަލުކުރެ އެވެ. ފަނޑިޔާރު މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ވެސް ބުރެއް ހަދައި، އެތަން ވެސް ވަރަށް ފަހުން ވަނީ ތަޅާލައިފަ އެވެ.