މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ރޯދަ މަހު ހުށަހެޅި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ފޭރުމުގެ 50 މައްސަލައެއް މިދިއަ ރޯދަމަހު ހުށަހެޅި އެވެ. އެކަމަކު މިދިޔަ އަހަރުގެ ރޯދަމަހު ރިޕޯޓްކޮށްފައި ވަނީ 29 މައްސަލަ އެވެ.
ގްރޫޕް ހަދައިގެން ފޭރުން ވެސް މި އަހަރު އިތުރުވިއިރު، މަގުމަތިން ހުއްޓުވައިގެންނާއި ތޫނު އެއްޗެހިން ބިރު ދައްކައިގެން އަދި މާރާމާރީ ހިންގައިގެން ފޭރުނު ހާދިސާތައް ވެސް ވަނީ ގިނަ ވެފަ އެވެ. މި މައްސަލަތަކުގައި ހިމެނޭ ބަޔަކު ވެސް ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ މިދިއަ ރޯދަމަހު އެންމެ ގިނަ އިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން ވައްކަމުގެ 220 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއީ މިދިޔަ އަހަރަށް ވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރު ހުށަހެޅީ ވައްކަމުގެ 271 މައްސަލަ އެވެ.
މާރާމާރީ ހިންގައިގެން 69 މައްސަލައެއް ހުށަހަޅާފައިވާއިރު ޓްރެފިކް އެކްސިޓެންޓްތަކުގެ 177 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.
މުޅި ރޯދަ މަހަށް ބަލާއިރު ޖުމްލަ 1223 މައްސަލަ ހުށަހަޅާފައިވާއިރު މިއީ މިދިޔަ އަަހަރުގެ ރޯދަ މަހަށް ވުރެ މަދު އަދަދެއް ކަމަށް ވެސް ފުލުުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ފުލުހުންނަށް ހުށަހެޅީ 1313 މައްސަލަ އެވެ.