ނަޝީދާ މުހައްމާ ބައްދަލު ކުރައްވަނީ: މުހައްމާ އަކީ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެއް --ފޮޓޯ/ސޯޝަލް މީޑިއާ
05 ޖުލައި 2017 - 16:40
ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާ ބައްދަލުވެ ވާހަކަ ދައްކާލުމުން އޭނާގެ ހިތްވަރާއި ސާބިތުކަން ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމާ ނަޝީދާ ބައްދަލު ކުރެއްވީ ސްރީ ލަންކާގަ އެވެ.
MP Mohamed Abdulla aai bahdhalve vaahaka dhakkaalan libunu furusathugai ebeyfulhaage hivvaraai saabithukan saafuvi pic.twitter.com/od3ve1PSmw
— Mohamed Nasheed (@MohamedNasheed) July 5, 2017
ނަޝީދު ކުރެއްވި ޓްވީޓް
"މުހައްމަދު އަބްދުﷲ އާ ބައްދަލުވެ ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި އެ ބޭފުޅާނެ ހިތްވަރާއި ސާބިތުކަން ސާފުވި" ކަމަށް ވިދާޅުވެ ނަޝީދު ވަނީ މުހަންމާއާ ބައްދަލުކުރައްވާ ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވި މައްސަލަ ހޫނުވެ، ބައެއް މެމްބަރުން ވަނީ ޕީޕީއެމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވެ ވަޑައިގެންފައިވާއިރު ދަނގެތި ދާއިރާގެ މެމްބަރުން އިލްހާމް އަހުމަދު ވަނީ ޕީޕީއެމްގައި އޭނާ އަދާ ކުރައްވާ މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނަނީ އަސްލު އަދަދަކީ 45 ނޫން ކަމަށާއި ވޯޓު ނަގާއިރު އެ އަދަދު އިތުރުވާނެ ކަމަށެވެ. އެކަމަކު ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ބައެއް މެމްބަރުން ސޮއި ކުރެއްވިޔަސް މަސީހާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީނު
07 July 2017
ރަނގަޅަށް ޕްރޮފެށަނަލްކޮށް ސިންސިއަރ މަސައްކަތެއް ކުރާމީހެއް ނޫޅޭ.. މި ރާއްޖޭގައި ތިބެނީ ކޯޅެން އިނގޭ މީހުން ..މަގާމެއްލިބުނަސް ދަމަހައްޓާކަން ނޭނގޭ..ޒަމާނުއްސުރެ އޮތް ނާތަހުޒީބުކަން އަދިވެސް އެބަޮތްކަން މިހިރަ އިނގެމުން ދަނީ...ޕާރޓީ ސިސްޓަމް އުވާލާ ބޮޑު ކާފާ ކުޑަ ކާފް ޒަމާން ގެންނަން ފެނޭ....
ކޯކިލާ
06 July 2017
ޢަންނިއަކީ ވެރިކަމަށް އައުމުގެ ކުރިންވެސް ވެރިކަމުގަ ހުރި އިރުވެސް އަދި ވެރިކަމުން ފޭބުމަށްފަހުވެސް އަބފުވެސް ގޯޅިގޯޅިކަންމަތިން އުޅުއްވާ ބޭކަލެއް ބައްދަލުކުރަން ނޫޅުނަސް މަގު ހިގާމީހުނަށް އޮންނާނީ އޮޓޮމެޓިކުންބައްދަލު ވެވިފަ މިއީ ޔާމީނަށް ސަޕޯޓްކުރާތީކީ ނޫން އެބޭފުޅާގެ އުޅުއްވުން ހުންނަގޮތް ދަންނަވާލީ
ހަބޭސް222
06 July 2017
އޯގާތެރި ހިތްތިރި ބޭފުޅެއްގެ ވާހަކަ ތި ވިދާޅުވަނީ ދޯ!
ހަބޭސް
06 July 2017
ހޫނު ފެން ފަޔަށްއެޅޭނެ ؟ ފަހުން ސޮރީއޭ ނުބުނާތި ؟ އެއިރު ބުނާނީ ނޯ ؟
މޮޔަ މީހާ
06 July 2017
އެނގޭނެ އެނގޭނެ. މައުމޫނުގެ ސާބިތުކަންވެސް ކަލެއަށް އެނގިއްޖެނު މިހާރު.
ޢެމް ޕީ
06 July 2017
ބުނި 50މިލިޔަން ދިނަސް ނުދާނަމޭ ކިހިނެއް ތިހެދީި
51
06 July 2017
51 މިލިއަން ލިބުނީ ކަމަށް ވާނީ
މެޓްހާފިޒް
05 July 2017
ސާބަހޭ ތިކުރާހިތްވަރަށް މަނިކުފާނު
އިންނަމާދޫ ރައްޔިތެއް
05 July 2017
އަޅުގަނޑު އެންމެ އުފާވަނީ ފަލާހް ރަކިވާނެ ވަރު ހިތަށް އަރާފަ މިކަންތަކާ.. ޕިސް ޕިސް ފަލާ އޭތް ޕޕއެމް ސަލާމަތަ ކޮށްބަ
ގާނޫނުއަރާހަމަކުރަނީ
05 July 2017
އަލްހަމްދްﷲ ވަރައްބޮޑައް ތޭންކްސް މުހަންމާ އެކެއްއަނެއްކެއްގެ ކިބައިން ހިތްވަރު ހޯދައިގެން ﷲ ގެވާގިފުޅާލައިގެން ދިވެހިގައުމުގަ މިހިނގާ ކޮރަފްޝަނާ ފަސާދައިން ގައުމު ސަލާމަތް ކޮއްދެއްވާ އެއްވެސް ހައްގަކާނުލާ މީހުން ފުރޭމްކޮއް ޖަލައްލާ ވިޔަފާރި ބަނގުރޫޓުކޮއްލާ ގާތްތިމާގެ ގުޅުމާ ބޭރުގެ ގުޅުންތަކާ ކަނޑާ ބައިނަލްއަގުވާމީ ގުޅުންކަނޑާ އދ ގޮންޖަހާ ކޮމަންވެލްތުން ވަކިވެ ރައްޔިތުންގެ އިޖުތިމާއީ ފޭރާން ވީދާހަލާކުކޮއް ގާނޫނުއަސާސީ ނަގުލުން ބޮލައް ތަޅާދުންނާފަތި ކުރާއިރު ހިތްވަރާއެކު ނިކުމެ ނޫނެކޭ ބުނަންކެރުމީ އާދައިގެ ކަމެއްނޫން ހުރިހާ މެންބަރުން ނިކުމެ ގާނޫނު އަސާސީގެ ހަމަތަކުން ވެރިކަން ބަދަލުކޮއް ޖަރީމާތަކުގެ ހައްގުއަދަބު އެމީހަކައް ދޭންވާނެ ގާނޫނު އަރާ ހަމަކުރާނެ އެއީ ކޮންމެ މީހަކައްވިޔަސް
ހަމަ ބުނެލީ
05 July 2017
ނަޝީދު ބުނަން މުހައްމާ ފިލްމު ޕުރޮޑިއުސްވެސް ކުރާނެ.
މުކުންޑަން އެންޑް ޒާން
05 July 2017
ސިޔާސީދާއިރާގާ އުޅޭ އެއްވެސް މީހަކީ ސާބިތުމީހެއް ނޫން. މީ ރިއަލިޓީއަކީ.......
ލޮލް
06 July 2017
ރިއަލިޓީ އިލްހާމުއޭ ތަ ތިބުނަނީ
ޕަސް
07 July 2017
އިބްރާހިމް މިހައްމަދު ސާލިހު މެން ކަހަލަ އެތައް ބަޔެއް އެބަތިބި ސާބިތު ކަން މަތީ...