އަލީ ނަސީރަށް މަގާމުގެ ފަތްކޮޅު، ރައީސް ޔާމީން މިއަދު އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް
09 ޖުލައި 2017 - 14:53
އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އދ. ގެ ދާއިމީ މަންދޫބުގެ އިތުރުން އެމެރިކާ އާއި ކެނެޑާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ވެސް އަލީ ނަސީރު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވައިފަ އެވެ. އަލީ ނަސީރަކީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ ފިރިކަލުން ވެސް މެ އެވެ.
ގަވަރުނަރު ކަމުގެ މަގާމުން އަޒީމާ އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު އެ ވާހަކަ އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.
އދ. ގެ ދާއިމީ މަންދޫބަކަށް އަލީ ނަސީރު މި އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ސަރީރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭނާ
10 July 2017
ޢަލީ ނަޞީރަކީ ކޮން ރަށެއްގެ މީހެއްކަން ޖަހާލުމަކުން އޭނާގެ އަބުރަކަށް ހިރަފުހެއް ނުބުރާނެ
އެން
09 July 2017
ތިޔައީ ނިއު ގޭމްޕްލޭނުގެ ބައެއްތޯ!
ެެއެމޭޒިންގ
09 July 2017
އަލިނީ އަކީ މޮޅު މީހެއް.
އުމަރު
09 July 2017
ފިއްލަވަނީ، ދެން ފެންނާނީ ގަވަރުނަރު ފިއްލަވާތަން
ޢަޒީމާ
09 July 2017
ވަރަށް ކުރުވެއްޖެ މުއްދަތު
މޫތު
09 July 2017
އަލީ ނަސީރުއަކީ އައިލޭޑް އޭވިއޭޝަންގެ މެންޑީއަކަށް ވަރަށް ގާބިލުބޭފުޅެއް.
އައިލޭންޑާ
09 July 2017
އަލީ އަކީ ގާބިލުބޭފުޅެއް...
ޖަނާބު
09 July 2017
ތިބޭފުޅުން އަލީމެންނާ ވާދަކުރައްވަންވީނޫންތޯ...
ސޮޑާ
09 July 2017
އަލީ ވިސްނުންތެރިކަމާއިއެކު ފިޔަވަޅު އަޅުއްވައްޗޭ.
ދޮން އާމިރު
09 July 2017
ގަވަރުނަރު އަވަހަށް ދިރިއުޅުން ބަދަލުކުރައްވާ...