އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މައުމޫން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
11 ޖުލައި 2017 - 20:52
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިވުމަށް އިތުރު ތަރުޖަމާއެއް ބޭނުމެއް ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު، ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެމްބަރުކަމުން ވަކިވާ ހާލަތުތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނުގެ މި ޓްވީޓާ އެކު ވަނީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހިމެނޭ ބާބު ވެސް ހިއްސާ ކުރައްވައިފަ އެވެ.
މަޖިލީހުގެ މެމްބަރަކު އެ މަގާމުން ވަކިވާ ތިން ހާލަތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިވެ އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔުން ނުވަތަ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރުން ނުވަތަ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމެވެ.
މެމްބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ މަޖިލީހުގެ ރައީސަށް ހުށަހަޅާ ސިޓީއަކުން އެކަން ކުރެވިދާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. މެމްބަރަކު މަޖިލީހުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުގެ މަތިން ދެއްކެވި ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދެއްވި ގޮތަކުން އެ ބޭފުޅަކު ކޯޓަކަށް ހާޒިރުކޮށް އަދި އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައިވެ އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު އަނިލް އެދިވަޑައިގަތީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އިއްޔެގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާން ކުރުމެއް ނެތި އެވެ. ދެން އޮންނާނީ ހުކުމް ކުރުން ކަމެއް ނުވަތަ އަޑުއެހުމެއް ކަމެއް ބެންޗުން އިއުލާނެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ މި ދަނޑިވަޅުގައި، ޕާޓީ ބަދަލުވުމުން މެމްބަރުކަމުގެ ގޮނޑި ގެެއްލޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުގައި ދައުލަތުން އެދުނު މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭޑު
12 July 2017
މެމްބަރުން ވަކިވިގޮތް ފެންނަން އެއޮތީ. ރޯމާދުވާލު އިރު ހުއްޓާ ރިސްވަތުނެގީ. އެހެންވީމަ ރަނގަޅުވާހަކައެއް އިތުރު ތަރުޖަމާއެއް ބޭނުމެއްނުވާނެ.
ސޮކްތެރެޕީ
11 July 2017
ހަމަގައިމުވެސް އެގޭއެއްޖެކީ ކުރިން މައުމޫނައް ލޯބިކުރި މީހުން މައުމޫނައް ނުރުހޭކަން.
ޕޮއް
12 July 2017
ނުރުހެނީ ކާކަށްކަންކޮމެންޓުން އެގޭނެ ކަމަށް ހީކުރަން
ޭރިއަލް ޕަޕެޓް
11 July 2017
ގ.އވިލިނގިލީ ،ދާއިރާގެމެމްބަރު ސައުދުހޮވުނީ ޕީޕީއެމްމެމްބަރަ.ކައްހުރެ.އެއްމެފަހުކައުންސިލްއިނތިހާބުގައެންްމެ.ގޮޑިއެއްވެސްނުލިެެޕާާާނަވަރައްސާފުރައްޔިތުންވެސްބަދަލުވެފަ.ރައްޔިތުމީހާޔައްއޮތީކިންހުކުމެއް
ޢަލީ
11 July 2017
ގޮނޑިގެއްލުވާލިޔަސް އިދިކޮޅު ކޯލިޝަނުގެ ޖުމްލަ އަދަދު 42 އަދި މީގެ ބޭރުން މިނިވަން 5 މެންބަރުން އޭގެ ތެރެއިން ދިއްދޫ މަހިބަދޫ އަދިވެސް އިތުރު ދާއިރާއަކުން މެންބަރަކާއެކު 45 ﷲ އިރާދަ ކުރެއްވޮއްޔާ ލިބޭ އެބަ ޔާމިނުވެސް ބަނއޑާރަ ނައިބުވެސް މަގާމުން ދުރުކޮއް ވަޒީފާއިން ވަކިކުރި މެންބަރުންނައް އެވަޒީފާ ގާނޫނީ އިމުގެ ތެރެއިން ބަދަލު ހޯދައިދޭނަން
އަސްލު
11 July 2017
އަސްލު ބުނަންތަ.. އިދިކޮޅުފަރާތްތަކުންވެސް ވޯޓު ހޯދަން ލާރި ނާޅާތި. އެހެން ހޯދޭ ވޯޓަކީ އާހިރުގައި ގެއްލުންވާނެ ކަމެއް. އިދިކޮޅު ފަރާތްތަކުގެ ތިޔަ މަސަތްކަތުގައި ރިޝްވަތު ދިނުން ނުވާނަމަ ﷲ ތި މަސަތްކަތުގައި ބަރަކާތް ލައްވާށި. އާމީން.
ދަވޭ
11 July 2017
ރައީސް މައުމޫނު އަކީ އެއީ ގާނޫނީ ވަކީލެއް ނޫނެވެ. އެހެން ކަމުން މައުމޫނު ވިދާލުވާ ގާނޫނީ އިންސްޓްރަކްޝަން އަކީ އެއީ ސައްހަ އެއްޗެއް ނޫނެވެ. އެއީ އެއްލާލަން ޖެހޭ އެއްޗެކެވެ.
ވަކީލާ
11 July 2017
މައުމޫނަކީ ރާއްޖޭގައިހުރި އެންމެ މޮޅު ވަކީލެވެ. އުސްތާޒު ކިޔަނީ ވަކީލުންނަށް ކަމެއް ބަލަ ނޭނގޭތަ؟
އާލިމު
11 July 2017
މައުމޫނަކީ އިސްލާމީ ހަޒާރަތުގެ އެންމެމަތީ ޔުނިވަރސިޓީ އިން ޝަރީޢަތާ ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީޢާއި ގުރެޖުއޭޓް ޑިގްރީ (މާސްޓަރސް) ހާސިލް ކުރައްވާފައިވާ އުސްތާޒެކެވެ
އަބްދުއްލާ
11 July 2017
ގާނޫނުއަސާސީގަ ގޮނޑިގެއްލޭ ގޮތް ކަނޑައެޅިފާ ވަނިކޮށް ދުސްތޫރީ މައްސަލައެއްގެ ހައިސިއްޔަތުގާ ކޯޓަށް ހުށަހެޅިފަރާތުގެ ގާނޫނީ ފެންވަރާމެދު ސުވާލު އުފެދޭ. މިހާރު ކަނޑައެޅިފައިވާ ކަންކަމަށްއިތުރު ކަމެއް ހުށަހެޅޭނީ ހަމަ އެކަނި މަޖިލީހުން ގާނޫނުއަސާސީ އަށް ގެނެވޭއިސްލާހަކުން އެކަނި މިއީ ދުސްތޫރީ ހުސްކަމެއް އޮތް މައްސަލައެއްނޫން.
މުހަންމާބޭ
11 July 2017
ވޯޓް ފޮށި މަތީގައި ބަނޑުއަޅައިގެން ތިބެ ބޮޑުކާފު ނޫނީ އެއަށް ނޭޅުމަށް އަމުކުރީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން އެކަހަލަ ތަރުޖަމާއެއް ފެނިގެންތޭ.
ޢަބްދުﷲނާފިޒް
11 July 2017
މަޗާ، ތިއީ މާޒީ، އޭޖީ ހުށަހެޅިގޮތައް އެކަންކުރާކަށް ހަމަ ލާހިކު ލުޅަދާނައެއް ނޫން.
ޢަލީސުޖާއު
12 July 2017
ބޮޑުކާފުގެ ވާހަކަ ދައްކައިގެން އޮޅުވައެއްނުލެވޭނެ މައްސަލަ ވަރަށްސާފު މިހާރުމިދައްކަނީ ފެހި ގާނޫނު އަސާސީގެ ވާހަކަ
މުޙައްމާބެގެ ކާފަ
12 July 2017
ބަލަގަ . ތިކަން ތިގޮތަށް ނުކުރަންތާ ބޮޑު ޤާނޫނު އަސާސީއެއް އަލުން ހަދާ، ތިންބާރު ވަކިކޮށް، ބަނޑު ނޭޅޭނެ ގޮތަށް ހެދީ؟ މައްސަލައަކީ އަނެއްކާވެސް ބަނޑުގެ ތެރެއަށް ފޮށްޓާ މެމްބަރުނާ އެއްކޮން ލާން މަސައްކަތް ކުރާތީ.