ޖުލައި 3، 2017- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް މިއަދު ހުށަހެޅުމަށް ފަހު، އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ހާއްސަ ޖަލްސާގައި މައުމޫން ބައިވެރިވެވަޑައިގަތުން.---މިހާރު ފޮޓޯ: ހުސައިން ވަހީދު
13 ޖުލައި 2017 - 21:49
މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ކަޅު ދުވަހެއް ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކޮށްފި ނަމަ، ކަނޑާލައިފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "އަބަދުވެސް ކާމިޔާބު ކުރާނީ ރައްޔިތުން" ކަމަށެވެ.
އެ ޓްވީޓްގައި މައުމޫން ވިދާޅުވި ގޮތުގައި "ޚުދުމުޚުތާރުވެރިކަން އަބަދުވެސް ނާކާމިޔާބުވާނެ" އެވެ. އެމަނިކުފާނު އެ އިޝާރަތްކުރެއްވީ ރައީސް އަދި ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ކަމަށް ބެލެވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް މިއައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމާ އެކު، ދައުލަތުން ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގަ އެވެ.
A black day for democracy in Malidives. No worries. People will always win. Dictatorships will always fail.
— Maumoon Abdul Gayoom (@maumoonagayoom) July 13, 2017
މައުމޫން ކުރެއްވި ޓުވީޓް.
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މިއަދުން ފެށިގެން ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ކަމަށް އަދި އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުން އެ މެމްބަރަކު މަގާމުން ވަކިވީ ކަމަށެވެ.
އެ ހާލަތުގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ލޯ (މެމްބަރުން ވަކިވާނެ ހަލާތްތައް ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ފާސްކުރަން ދެންނެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުވެރިން
14 July 2017
ކަޅުވެގެން އުޅެނީ މައުމޫނުގެ ހިތް! އެއްވެސް ދުވަހަކީ ކަޅު ދުވަހެއް ނޫން، ކޮންމެ ދުވަހަކީވެސް ސާފު ރަނގަޅު ދުވަހެއް! ނުބައިވަނީ މީހުން، ދުވަހެއް ނުބައެއް ނުވާނެ!!
މަލީ
14 July 2017
މިހާތަނަށް މިރާޢްޖޭގެ ރައްޔިތުން ތިޔަވަރުގެ ހުދުމުހުތާރު ބޭފުޅަކު ދެކެފައެއްނުވެއެވެ. އަމިއްލަފުޅަށް އިއުތިރާފްތީ ޝުކުރުކުރަމެވެ. އެމްޑީޕީގެ ބޭފުޅުން މި ޓްވިޓާ ފެނިފައި ވަރަށް ޖޯކްޖަހާނެވެ. އެއީ އެމްޑީޕީގެ އިސް ބޭފުޅުން އަބަދުވެސް ބުނަނީ ތީ ހުދުމުހުތާރު " ދެވަނަ މުގާބޭ" ކަމަށެވެ.
ސަރުކާނު
14 July 2017
މަނިކުފާނު ލަދު ތިވާކަހަ ދައްޖކަން.
ދރ
14 July 2017
ލުކް ހުސް ޓޯކިނގް.... ހަހަހަހަ...
ދަންނަ ނުދަންނަ
14 July 2017
މިސަރުކާރުގަ ތިބިމީހުން ބުނިހާކަމެއް ބުނިހާ ގޮތަކަށް. ފަނ ޑިޔާރުން ކުރަން ޖެހޭތަ؟
އަސްލީ
14 July 2017
ކީއްކުރާނި އަލީ ޙަމީދުވެސް އޮތީ ހަސްފަތާލުން ހިފަހައްޓުވާފަ މިވޯޓަށް ކައިރިވެފަ ވަނިކޮށް ޢަލީ ހަމީދު ކުއްލިއަކަށް؟
ހެވެނީ
14 July 2017
ތިޔަހެން ވިދާޅުވީމަ ހިތައް އަރަނީ އެމްޑީޕީ ކުދިން ސައިޑެއްގަ ތިބެ ހާދަ ހިނިއަންނާނެއޭ.
ސައީދު މީދޫ
14 July 2017
ޑިމޮކްރަސީ އެއް ނެތް! ސްޕްރީމް ކޯޓް އޮތީ
ފުވައްމުލަކު މީހާ
14 July 2017
އެދޭގޮތް ނުވަންޏާ ކަޅުވީ. ޢެކަމަކު 30 އަހަރުގެ ތަޖްރިބާއިން މިފަދަ ހުކުމެއްގެ މުހިއްމުކަން އެންމެ ބޮޑަށް އެގޭނެ އެކަކީ މައުމޫނު. މިފަދަ ހުކުމަކުން ކުރާނެ ސިޔާސީ ފައިދާ އަށްވުރެ ބޮޑަށް މެމްބަރުންގެ އަގުހިފެހެއްޓި މެމްބަރުންނާ މެދު ކުރެވޭ ނާޖާއިޒު ތުހުމަތު ނެތިގެންދާނެ.
ނާބު
14 July 2017
ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ހިގާކަންތައް ހިނގުމުން ކަޅު ދުވަހަކޭ ނުދެންނެވޭނެ