އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ ރޭ ބައްދަލުކުރެއްވުމަށް ފަހު މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ކުށެއް ކަމަށް ވިދާޅުވި---މިހާރު ފޮޓޯ: ހުސެއިން ވަހީދު
19 ޖުލައި 2017 - 21:34
ސިޔާސީ މަގުސަދުތައް ހާސިލް ކުރަން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ ކަމަށް ކުރީގެެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ކުށެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
މައުމޫން އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް، އެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ.
މީގެ ކުރިން މައުމޫން ވަނީ މަޖިލީހުގެ މެމްބަރުން އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަން ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވެސް ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
24 August 2017
ޝަރުއީ ނިޒާމައް ނުފޫޒް ފޯރުވުން ހުއްޓަންޖެހޭކަމައް މައުމޫނު ބުނުމަކީ އޭނަގެ ބުއްދި ފިލާފަވާކަން ދޭހަވާ ކަމެއް މައުމޫންގެ ވެރިކަމުގާ 30 އަހަރުވަންދެން ޝައރުއީ ނިޒާމުގާ ބަގުޑި ބައްދައިގެން އޮތްހަންދާން މިއަދު ނެތުމަކީ މައުމޫނު ހަމަ ބުއްދި ނެތްކަން އެގޭ ހެއްކެއް
ވާހަކަ
20 July 2017
އަހަރެންގެ މިހާރުގެ އެންމެ ބޮޑު ހަތުރާ މި ދިމާކުރުވަނީ ކުރީގަ އަހަރެންގެ އެންމެ ބޮޑު ހަތުރުލައްވާ. މިހާރުގެ ހަތުރާ ދިމާކުރުމުގެ ތެރޭގައި އަހަރެންގެ ކުރީގެ ހަތުރަށް ވަރަށް ގިނަ މަލާމާތާ ފުރައްސާރަ އެބަ ލިބޭ. އަހަރެން އެއްކަމެއްވެސް ކުރާކަށް ނުޖެހޭ. އަހަރެން ކުރަންވީ ގިނަ މަސައްކަތް އެކޮށްދެނީ މަގޭ ކުރީގެ ހަތުރު. އަހަރެން މިހިރީ ދުރުގަ ބަލަން އަހަރެންގެ ކުރީގެ ހަތުރު އަހަރެންނަށް މިނިވަންކަން ހޯދަދެންދެން. އަހަރެންގެ ކުރީގެ ހަތުރަށް ލިބޭ އެކި ކަހަލަ ގެއްލުން އެއީ އަހަރެންގެ ޒިންމާއެއްނޫން.
ހަކީމް
20 July 2017
މައުމޫނުގެ ވެރިކަން: 1. ބައްތިނުޖަހާ ބައިސްކަލް ދުއްވުމުން 25 އަހަރަށް ޖަލަށް. 2. މިހާރުގެ ރައީސަށްވުރެ ކުރީގެ ރައީ ރަންގަޅޭބުނުމުން 3 އަހަރަށް ޖަލަށް. 3. ވޯޓުކަރުދާސްކޮޅުގައި ރަސްގެ ޖެހުމުން ވަޒީފާއިން ވަކިކުރުން. 4. މައުމޫނު ލޯންޗަށްވުރެ ބާރަށް އަމިއްލަމީހާގެ ލޯންޗު ދުއްވުމުން ޖަލަށް. 5. މައުމޫނު ކާރުގެ ކުރިމަތީންދާ މީހާ ޖަލަށް. 6. މައުމޫނުނޫން އެހެން މީހަކު ދީނީވާހަކަ ދެއްކުމުން އެމީހާ ޖަލަށް. 5. ރައްޔިތުންގެ މަޖިލީހުގެ ރައީސް އައްޔަނުކުރަނީ މައުމޫނު. 6. މެންބަރުން އައްޔަނުކުރަނީ މައުމޫނު. 7. އުއްތަމަފަނޑިޔާރަކީ މައުމޫނު. 8. ޕޮލިސްކޮމިޝަނަރަކީ މައުމޫނު. 9. ޑިފޭންސް މިނިސްޓަރަކީ މައުމޫނު. 10. ފިނޭންސް މިނިސްޓަރަކީ މައުމޫނު. 11. އެމްއެމް އޭގެ ގަވަރުނަރަކީ މައުމޫނު. އަދިވެސް އަދިވެސް ސާބަސް މައުމޫނު ނާސިރަށް ހެދިހެން ހުރިހާއެއްމެންނަކަށް ނެހެދޭނެ. މައުމޫނުވެސް ޖެހޭނީ ހަމަބިމަށް ފައިބަން....
ގެދާނޯމޮސް
20 July 2017
މަނިކުފާނު ތިވާހަކަތަށް ދަންކަން އެންމެ ރަނގަޅުވާނީ ފަސްއަހަރު ނުފުރޭ ކުޑަކުދިން ގެ ގާތުގައެވެ. މަނިކުފާނު ރަސްކަން ކުރެއްވި ޒަމާނާއި މިހާރާ ހުރިތަފާތަކީ ހަމަހަމަ ކަންނެތުން ނޫންހެއްޔެވެ. މިހާރު ހަމަހަމަ ކަން އޮތީމާ ދިވެހި ރައްތިތުންނަށް ހަޤީގީ ޑިމޮކްރަސީ ޔާމިން އެބަގެނެސް ދެއްވައެވެ. - ނުނިމޭ -
ބޮލުރޮދި
20 July 2017
އެގާނޫނުއަސާސީ އެއްނޫން މިހާރުއޮތީ
އާދަމް
20 July 2017
ރަންތިރީސް އަހަރުގެ ބާނީ މިޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރިއްޔާ! ދެން މާގިން ވާހަކަފުޅު ދެއްކުމަކީ ސަޕޯޓް ގެއްލޭނެކަމެއް! ރަންރީނދޫ ގުރޫޕް ދުވަހަކުވެސް ތިބޭފުޅާއަކަށް ތާއީގެދެއް ނުކުރާނެ! ބޯހަލާކު
ސޮރު
20 July 2017
މަނިކުފާނުގެ ޒަމާނުންސުރެ އުސޫލުތައް އޮތްގޮތް މިހާރު ތަންކޮޅެއް އެޑްވާސްވީ... އެކަންތައް ހައްލުކުރަން މަސައްކަތް ކުރި މިހާ ހަލާކުވެ ދިޔައީ... ތަޤްދީރު ތިމާކުރި ގޮތުން އެދުވަހު އެކަން ރަގަނޅުކުރަން އުޅުނު މީހާގެ ބަސްތައް އެންމެންގެ އަނގައިންވެސް...................
ކެކެކެ
20 July 2017
ރަމަޟާން މަސް ނިމުމުން ދިން އުފާވެރި ޚަބަރުން އެންމެން އުފަލުން ނަށަނީ. ދެން ކޮން ރުޅިއެއްތަ ތި އަންނަނީ؟
ނައީމް
20 July 2017
މިހާރު އެބައެނގޭ ތިގޮވަނީ ގުދޯ ގުދޯ ކަންވެސް މަނިކުފާނުގެ ވެރިކަމުގައި ކަންހިގާ ދިޔަގޮއިއް އަދި ހަނދާނުން ނުނެތޭ ވެރިކަމުގެ އާރާބާރުގައި ކަން ހިންގިގޮތުން ރައްޔިތުންގެ ގިނަބަޔަކު މަނިކުފާނައް 2008 ނޫނެކޭބުނީ މިހާރު ތިކިޔަނީ ކީކޭބާ މިހާރު އިހުސާސް ކުރެވޭދޯ އެއިރު އެހެން މީހުން ކުރި ހިތާމަ
ނަތަންޔާހޫ
20 July 2017
އަންނި މާރިޔާ އަދި އަހަރެންވެސް މައުމޫނު ދަށްކާ ވާހަކައިން ހަމަ ހެނީ!!!
އެއްމެ ނިކަމެތި މީހާ
20 July 2017
އަމިއްލަ ޒަމީރާ އެއްގޮތަށް ހުކުމް ކުރުމުގެ މިނިވަންކަން ނެތި ހުކުމް ކުރާ ޤާޒީން ނަކީ އެެްމެ ނިކަމެތި ވަޒީފާ އަދާ ކުރާ މީހުން ނެވެ.
ގެދާނޯމޮސް
20 July 2017
އަޅުގަނޑުމެން ގައުމުގެ މުސްތަގުބަލް ކަނޑައަޅަނީ " ނުދައްކާވާހަ" ވީޑިއޯތައް ބަލައިގެންނެވެ. އަދި ނުދައްކާވާހަކައި ގެ ހިސްޓްރީއަށް ޔާމިން ނުދާތީ އެބޭފުޅާ އައް ތާޢީދު ކުރަން ޖެހެއެވެ. ދެބޯލާފަ ނުހުންނަނަމަ ދެއަނގައެއް ނުހުންނާނެ އެވެ. ރައްޔިތުން މިކަންކަމާމެދު ވަރައްފުންކޮށް ވިސްނަމުން ދާކަން 2018 ގެ ފަހުން ފެނިވަޑައި ގަންނަވާނެތެވެ.
ގޭސް
20 July 2017
މައުމޫނާއި އާއިލާގެ ވާހަކައެއް ނޯންނަ ދުވަހެއްނުދޭ! ދެން މަނިކްފާނުވެސް ގޯސްހެއްދެވޭނެ ދެއްތޯ، އަދި އެކަންކަމަށް މަޢާފަށް އެދުމަކީފެށުމެއް! މިސާލަކަށް 2012 ވެރިކަން ވައްޓާލުމުގައި މަނިކްފާގެ ރޯލް، ގާސިމްއަށް މަޖުލިސްގެ ރައީސްކަން ނުދިނުމުގައި މަނިކްފާނުގެ ރޯލް!!!! ބުނަންމިއުޅެނީ "ގައުމާ ދީނައްޓަކާ" އަބަދު އެހެމީހުންގެ ކުއްނުދައްކާ އަމިއްލައަށް އެޅިފައިހުރި ގޯސްތަކަށްވެސް ވިސްނަވާށޭ!!! ނޫނީ އަބަދުވެސް ވާނީ ވެރިކަން ބަދަލްކުރާވަރޭ!!!!