މެމްބަރު ސައުދު ހުސެއިން.---މިހާރު ފޮޓޯ
28 ޖުލައި 2017 - 01:11
ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދަން ފުލުހުން މިރޭ އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ސައުދުގެ ފޮޓޯ ޖަހައި، ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އޭނާ ހޯދަމުން އަންނަ ކަމަށް ބުނެފައިވާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ސައުދު ހައްޔަރުކުރުމަށް ފަހު އެ ރޭ ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ނެރުއްވި އަމުރުގެ ވަކި ހިސާބެއްގައި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ނަން ލިޔުއްވާފައި އޮތުމުން އެ އަމުރު ސައްހަ ނުވުމުން ކަމަށް އެނގިފައިވެ އެވެ. އަމީތު ވަނީ މިދިޔަ ހޯމަ ދުވަހު ނެރުނު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ސައުދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން ސައުދު މި ހޯދަނީ ބެލެވޭ ގޮތުގައި އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ހައްޔަރުކޮށްފައިވާ މައްސަލައިގެ ތުހުމަތަށެވެ.
ސައުދު ހައްޔަރުކުރުމަށް ކުރިން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ސަރަހައްދު މިދިޔަ ހޯމަ ދުވަހު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލައި މަޖިލިހުގެ އިދާރާ އަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ސައުދަކީ ރައްޔިތުންގެ މަޖިލިހަށް ހޯމަ ދުވަހު ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނެ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވަހީދާއި އަމީތާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. ވަހީދާއި އަމީތާއި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
28 July 2017
މެންބަރުކަން ގެއްލިއްޖެކަން ކަޑައެޅުމުގެ ބާރެއް ޕީއޭގެ އިލްކްޝަންސް ކަމިޝަނަށް ލިބިފައި އޮތް އެންމެ ގާނޫނެއްވެސް ގަވައިދެއްވެސް ނެތް. މިއީ ދެން ކޮން ޑްރާމާއެއް؟
ހަސީނާ
28 July 2017
މަޖިލިސްގެ ހުރިހާ މެންބަރުން ހައްޔަރުކޮއް ނިމޭއިރު ސަރުކާރަށް މެޖޯރިޓީ ލިބޭނެދޯ؟؟
ސަނާ
28 July 2017
އަފުރާޝީމުގެ ގާތިލުން ފަހަތުންސްވެސް މިގޮތައްދުވިނަމަ ހޯދުނީސްކަން ޔަގީން!!
ލެވެންޑަރ
28 July 2017
2012 ގައި ބަޣާވާތް ކުރި ފުލުހުންގެ މައްޗަށް ދަޢުވާ ކުރަނީ ކޮންއިރަކުންތޯ؟
އަޑީބް އެންޑް ބަދީއް
28 July 2017
ސައުދު ނިޒާމުން ގެއްލުނީ ދެއްތޯ.
އަންގާދީފިން
28 July 2017
ސައުދު ހައްޔަރުކުރަން ކޯޓު ނެރުނީ ސައްހަނޫން އަމުރެކޯ ކިޔާ އަޑުއެހިން. އޭގާއޮތީ ސައުދު ހައްޔަރުކުރަން އަމުރުނެރުނީ އަމީތު މުޖްތަމައު އަށް ނުރައްކާވެގެންނޯ؟ މީ ތެދެއްބާ؟
އިބްރާހިމް ކާާލޯ
28 July 2017
ސާބަހޭ ޔާމީން ހިފާހައްޔަރުކުރޭ ތިޔަގޮތަ ނޫނީ މިރާއްޖެ އަކު ވެރިކަމެ ނުކުރެވޭނެ މާކަންތަ ފަލަވަންޔާ ސަރުކާރަ ތާއީދު ކުރާމީހުން ނިކުއްނާނަން ހަމަޔަކަ އަޅުވަން ނަމަވެސް ވިލިގިލި އޮތީ ސައުދު އާ އެކީ ގަ
ނިޒާމު
28 July 2017
ކަލޯ އެސޮރު އަނެއްކާ ނިޒާމުން ގެއްލުވާލީތަ؟
ޕްރިންސެސް
28 July 2017
ސާބަހޭ...