ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ޖަލްސާއެއްގައި. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
28 ޖުލައި 2017 - 17:41
އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެފަދަ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން ޒިންމާދާރު ކުރުމަށް ރައްޔިތުންގެ ފަރާތުން މަސައްކަތްކުރަން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ކަމަށާއި ސަރުކާރުން ގާނޫނުތަކާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ތިބީ އިދިކޮޅު ޕާޓީތައް ކަމަށެވެ. އެ މަސައްކަތް ޕާޓީތަކުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނަކުން މަނާ ނުކުރާ ކަންކަން ކުރުމުގެ ހައްގު ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް އޮތްއިރު ގާނޫނު އަސާސީއާ ޚިލާފަށް، އެކަންކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ފަދަ ކަންކަން ސަރުކާރުން ކުރަމުން ދިއުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އިދިކޮޅު ޕާޓީތަކުގެ އެއްވުންތަކަށް ހުރަސް އަޅައި، ބާރުގެ ބޭނުން ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަންކަން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ވަކި ފަރާތަކުން ސިޔާސީ ބޭނުމެއްގައި އަންގާ އެންގުންތަކަށް ސަލާމަތީ ބާރުތަކުން ތަބާވުމަކީ އެ މުއައްސަސާތައް ބަދުނާމުވާނެ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އެކި މުއައްސަސާތައް މެދުވެރިކޮށް މިކަހަލަ އަމަލުތައް މި ހިންގަނީ އެކަމަށް އަމުރުކުރާ ފަރާތްތައް ގޮސް ހުސްވުމުން ކަމުގައި ނޫނީ ނުވާނެ އެވެ. ވީމާ އަނިޔާވެރިކަމާ އެކު ދިވެހި ރައްޔިތުންނާ ކުރިމަތިނުލުމަށާއި އެއްވެސް ފަރާތަކުން އަންގާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ހުރިހާ މުއައްސަސާތަކަށް ގޮވާލަމެވެ،"
މިދިޔަ ހޯމަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން ސަލާމަތީ ބާރުތަކުން އެކަމަށް ހުރަސް އަޅާފައިވާއިރު ގަދަކަމުން މަޖިލީހަށް ވަން މެމްބަރުން ވެސް އެތަނުން ވަނީ ނެރެފަ އެވެ.
ގަދަކަމުން ވަން މެމްބަރުންގެ މައްސަލަތައް ފުލުހުން ބަލަމުންދާއިރު މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެމްބަރަކު މަޖިލީހަށް ވަދެފައިވާތީ އެ ތިން މެމްބަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ޖައްލެ
30 August 2017
ޕާޓީއެއްގެ މެމްބަރަކަށްނުވާމީހުނާށްވެސަ ޕާޓީގެ ލީޑަރުންނޭ ކިޔައި ޝަޙުސުއޮޅުވާލަނީ..!!!
ޢަސްދަޑި
30 August 2017
ޤާނޫނަކު މީހުނަށް ވަގަށްގޮވާ އަބުރު ނަގާލަްއި ހަމަނުޖެހުން އުފައްދަ ފިތުނަ ކުރާކަށްނޯވޭ!!
ސަލާމް
30 July 2017
މައުމޫނަކީ ޤާނޫނު އަސާސީތަ؟ 30 އަހަރުގެ ވެރިކަމުގައި ދިވެހި ޒުވާންޖީލު މަސްތުވާތަކެއްޗަށް އިނދަޖެއްސީ މި މައުމޫނު. މައުމޫނަށް ދިވެހި ޤައުމު ސަލާމް.
ހިތާމަ ހުރި
29 July 2017
ނޫނޭވާ ވެރިކަމުގެ އަލައެއް މަނިކުފާނު ނުކެނުތާ.
މައްސަލައެއްނޫން
29 July 2017
ޔާމީނުވެސް މައުމޫނުވެސް ނަޝީދުވެސް އަދި ހިތާމަބެ ވެސް ވެރިކަން ބޭނުންވުން އެއީ މައްސަލައެއް ނޫން. ބޭނުންވަނީ ހަމަ އެންމެ 2 ޝަރްތު! ރައްޔިތުން ތާއީދާ އެކު ދުސްތޫރީ އިމުގެ ތެރޭގައި ވެރިކަން ކުރަންވީ.
މިނިވަނު
29 July 2017
ޔާމީނު މިބުނަނީ ތިމަންނައަށް ރާއްޖޭގެ ގާނޫނުއަސާސީ ކަމަކުނުދެޔޭ ބަލަ މީނައަށް ކޮންމެހެންނުޖެހޭ ގާނޫނުއަސާސީ ރަނގަޅުވާކަށެއް / ޔާމީނޭ އޮންނާނެ ގާނޫނުއަސާސީގައި ވެރިކަމުގައިހުންނަމީހާ އަމަލުކުރަންޖެހޭ ބާބެއް އެއަށްއަމަލުކުރަންވީއެވެ / ކޮންމެހެން ނުޖެހޭ ސްފްރީމްކޯޓްވައްދައިގެން މުޅިގާނޫނުއަސާސީ ގަޑުބަޑުކުރާކަށެއް
ގަޅި
29 July 2017
މައުމޫނު ބުނެފިތަ ހަރާންކަނތައްވެސް ހަލާލުވާކަމަށް އޭނަ ހީކުރަނީތަ؟
ޒާ
29 July 2017
މައުމޫނު ބުނެފިނަމަ ދެން އެއީ އެންމެ ތެދުބަސް. އެއަކަށް ދެބަހެއް ނުވެވޭނެ. އެހެންވެ އެމްޑީޕީމީހުން މިހާރު މައުމޫނު ކޯޑިހައްދައިގެން އުޅެނީވެސް.
އަލީ އާދަނު-އަލް މިސުރީ
29 July 2017
ރައީސް މައުމޫނު މަގުމައްޗަށް ނިކުމެ ހައްޔަރު ވެލާން ފެނެއެވެ.އަދި 15 ދުވަސް ޖެއްސިލާން ފެނެއެވެ.މިއީ ބޮޑު ބަދަލެއް ފެނިގެން ދާނެ ކަމެކެވެ. ދެން ހުރީ ރައީސް މައުމޫނު އެކަނި ނޫން ތޯއެވެ؟ އެއްމެން އެތިބީ ގޮޅިގޮޅީގައި ނޫން ތޯއެވެ؟
މިލިޓަރީ
29 July 2017
މަގޭކައިރިއައް އަންނަނީ ހިނި އެމްޑީޕީން އުޅޭގޮތުން.
ސޮކްތެރެޕީ
29 July 2017
މައުމޫނަކައް އަހަރެން ދެނެން ތާއީދެއްނުކުރާނަން.
އަހްމަދު
29 July 2017
އަހަރެން ކުރިން ނުކުރަން އެކަމަކު މިހާރު ކުރަން. ޔާމީނު އަތުގައިވެސް ވެރިކަން ނޯންނަ ދުވަހު ކަލޭ ހުންނާނެ ގޮތް ދޯ؟