ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ޖަލްސާއެއްގައި ވާހަކަ ދައްވަނީ. - ފޮޓޯ: މަޖިލިސް
05 ސެޕްޓެމްބަރ 2017 - 16:25
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ފަސް އަހަރަށް ހަވާލުކުރީ ރައްޔިތުން ކަމަށާއި ގާނޫނާ ޚިލާފަށް އެ މަގާމު ގެއްލުވާލުމުން އަންނަނީ ހިނި ކަމަށް މެމްބަރު އަހްމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ މަޖިލީހަށް އަންގައިފަ އެވެ. މީގެ ކުރިން ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިންތިހާބު ބާއްވަން އިލެކްޝަންސުން އަންނަނީ ތައްޔާރުވަމުންނެވެ.
އަބްދުﷲ ވިދާޅުވީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި މި ސަރުކާރުން ވެރިކަން ކުރަމުންދަނީ ހިތުހުރި ގޮތަކަށް ކަމަށެވެ. މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލަމުންދަނީ ވެސް އެ އުސޫލުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ އަންދާ ގާނޫނުގެ ދަށުން ގޮނޑި ގެއްލުވާލީމަ އަންނަނީ ހިނި. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތަށް އަޅުގަނޑާ މަގާމު ހަވާލުކުރީ ރައްޔިތުން. އެ މަގާމުގައި އަޅުގަނޑު ދެމިއެބަހުރިން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި މެމްބަރުންނާ ދެކޮޅަށް ސަރުކާރުން ހިންގަމުންދާ އަމަލުތައް ހުއްޓުވަން ރައްޔިތުން ނިކުންނަން ޖެހެ އެވެ. ވެރިކަމުގެ ބާރު ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ރައްޔިތުން ހޮވާފައި ތިބި މަންދޫބުންނާ މެދު ހިތުހުރި ގޮތަކަށް ސަރުކާރަށް އަމަލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެމްބަރު އަބްދުﷲ އިންތިހާބުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. ފަހުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިއަސް، އެ ހުކުމް ކުރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ވަޙީދު
06 September 2017
ޢަބްދުﷲ އަށް އެނގޭތަ. ރައްޔިތުން ހޮވާ މީހުންގެ ގޮޑިތައް ގެއްލުވާލެވޭނެ ގޮތްގޮތް ޤާނޫނުތަކުގަ ހުރިކަން. ރައީސުލްޖުމްހޫރިއްޔާ އެއީ މުޅި ޤައުމުގެ ރައްޔިތުން ހޮވާ މީހެއް. އެކަމަކު ކަލޭމެން 85 މީހުންގެ ތެރެއިންވެސް އެބަ މަސައްކަތް ކުރަމުތާ ރައީސް މިހާ ދުރުކުރަން.
ރައްޔިތުން
06 September 2017
ތިޔަ ނާޅިން މިނާ ކަމަށްވަންޏާ އެންމެ ފުރަތަމަ ގެއްލެންޖެހެނީ ރީކޯ މޫސަގެ ގޮނޑި. އެކަމަކުވާ. މީސްތަކުންގެ މެދުގައި އިންސާފުވެރިވެބަލަ. ފަހުދުވަހެއް ވާކަން ގަބޫލު ނުކުރުމުތަ؟ ތިމާގެ ކޮންމެ އަމަލާކެ މެދު އެެއީ ޒައްރެއްގެ މިންވަރު އަމެއްލެއްނަމަވެސް ސުވާލު ކުރެވޭނެކަން ގަބޫލު ނުކުރަމުތަ؟ ތައުބާވުމަށް ގޮވާލަން.
އަދީބު
06 September 2017
މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، މެމްބަރުން ޕާޓީ ބަދަލު ކުރެއްވި ވާހަކަ އެންމެން ވެސް މިހާރު ދައްކައެވެ. ނަމަވެސް ހިތާމަޔަކީ، އެހެނިހެން ޕާޓީތަކުން އިންތިޚާބުވެވަޑައިގަތް މެމްބަރުން ޕޕމ އަށް ބަދަލުވުމަށް ޓަކައި، އެ މެމްބަރުންނަށް ކުރިމަތިކުރެއްވި މަޖުބޫރާއި ފިއްތުންތަކާއި، ދެއްކެވި ބިރުގެ ވާހަކަ އެއްވެސް މީހަކު ދައްކަން ބޭނުންނުވުމެވެ. މިހާރު ދައްކަން ޖެހެނީ އޭރުގެ ޕޕމ އިން އައި އޮފާތަކުގެ ވާހަކައެވެ. ޕޕމ އިން ހުށަހެޅި ފައިސާގެ ޢަދަދުތަކުގެ ވާހަކަ މެމްބަރުން އަމިއްލަފުޅަށް ވެސް، ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ޓަކައި ނަމަވެސް ދައްކަވަން ޖެހެއެވެ.
ވާއެއްޗެއްވެއްޖެ
06 September 2017
ކަލޭ ހިނި އަންނާނެ މިހާރު..... މަޖިލީހަށް ހޮވޭއިރަށް ހީކުރަނީ ސުވަރުގެއަށޭ ި ވަދެވެނީ. އެތާތެރޭ ނުކުރާކަށް ކަމެއްނޯވޭ.... ހޮވޭއިރަށް ކުރީގެ ދިރިއުޅުމެއް ހަނދާނެއް ނުހުރޭ... ދުވަން ޖެހެނީ ލާރިފަހަތުން. އިލްމެއް ހިލްމެއް ނެތަސްހެޔޮ..... ބިނާކުރަނިވި މަސައްކަތެއް ކުރަނީކީ ނޫން މަދު މެމްބަރަކު ފިޔަވާ...... ތިނަދޫ ކަހަލަ ރަށް ރަށުން މިކަހަލަ ހުސް ބޯ މަޖިލީހަށް ނުވައްދާ ޒިންމާދާރު ކަމާއެކު ވަޖިބް އަދާކުރެވޭ ގާބިލް މީހުން މަޖިލީހަށް ހޮވަން އެބަ ޖެހޭ. ވަކި ޕާޓީއަކަށް ނިސްބަތް ވުން މުހިންމެއްނޫން... މަޖިލީހަށް އިންތިޚާބް ކުރާ މަގްސަދު ހާސިލް ކުރެވޭ މީހުން ހޮވަންވީ
ވާކަރު
06 September 2017
އަތްޖެހިޔަސް ހިނިއަޔަސް ގަނޑުފިއްލާ ކުޅުނަސް ގޮނޑި ގެއްލިއްޖެ. ތިޔަ މީހާ ހަމަ ބިމަށް ތިރިކުރުން މާ ލަސްވެސް ވެއްޖެ.
ހަމަހަމަ ކަން
06 September 2017
މިވެރިކަމުގައި ތިޔަ ބޭފުޅުން ސަލާމަތް ވެވިދާނެ، އިރާދަ ކުރެއްވިއްޔަާ ދެންއަންނަ ވެރިކަމެއްގައި ތިޔަ ބޭފުޅުންގެ މައްޗަށް ދަރެވޭނެ، އެދުވަހު މިއަދުގެ ވެރިޔާވެސް ތިޔަބޭފުޅުންނާއި ބައިއަތުނުހިފާނެ އަދި ހިމާޔަތެއްވެސް ނުކުރެޥޭނެ. މިދުވަސް ވަރަށް އަވަސް މުސްތަޤްބަލެއްގައި ދައްކަވާށި...އާމީން
ތެނަދޫ މީހާ
06 September 2017
ހިނިއައިސްގެން ނޫން ތިހެން ތިބުނަނީ ވާދެރައާއި ކުރާހިތާމައިން އެކަން އެހެންމީހުންގެ ކުރިމައްޗަށް ނުދައްކަންވެގެން. ތިވީ ވާންވީ ގޮތް އަމިއްލަރަށަށްވެސް ހަރާމްކޯރުވީ އިލެކްޓްވި ޕާޓީއަށްވެސް ހަރާމްކޯރުވީ ދެން ރަޖާލައިގެން އޮވޭ ގޭގަ.ކުރިންވެސް އުޅުނީ ފިހާރައެއްގެ ސޭޓަކަށް.ދެންވެސް އެގޮތުގަ ހުރެވޭތޯބަލާ.
ފަޑުއްކަ
06 September 2017
އަނިޔާވެރިންގެ ނިމުން ހާދަ ހިތިވާނެއެވެ.
ހުސްކުރާ
05 September 2017
މީ އިލެކްޝަނުން ހާދަފަސޭހައަކުން ކުރާ ކަމެކޭ, މިވެރިން ހައްގުންބޭރުން ގުޅިގެން މިކުރާކަންތަކުގެ ހިތި ދާދިއަވަހަށް މިފެރިންގެ ކަރުބުޑުގައި ލައްވާށި!
މާލިމީ
05 September 2017
މައުމޫނަށް މަލާމާތް ކުރުމުގެ ގޮތުންތޯ ހިނި އަނަންނަނީ