މިރޭ ބޭއްވި ހަފުލާގައި އުއްތަމަ ފަނޑިޔާރު ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ: އަމިއްލަ ބައެއް ވަކީލުންނާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވި --މިިހާރު ފޮޓޯ/ނިޝާން އަލީ
18 ސެޕްޓެމްބަރ 2017 - 22:36
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ބައްދަލުކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ހަފުލާއެއްގައި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ މާލޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބައެއް ވަކީލުންނާއި ބައެއް އަމިއްލަ ވަކީލުންގެ އިތުރުން ކޯޓުތަކުގެ ލީގަލް އޮފިސަރުންނާ އެވެ. އެ ހަފުލާގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ ހަފުލާގައި، ލެކްސިސް ނެކްސިސްއާ ގުޅިގެން ނެރުނު ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ފުރަތަމަ އަދަދާއި ނިމިގެން ދިޔަ ފަނޑިޔާރުންގެ މަހާސިންތާގައި ތައްޔާރުކުރި ޖުވެނައިލް ޖަސްޓިސްއާ ބެހޭ އެކްޝަން ޕްލޭން ވެސް ވަނީ ނެރެފަ އެވެ. ނަމަވެސް އެ ހަފުލާގައި އުއްތަމަ ފަނޑިޔާރު ވާހަކަފުޅެއް ނުދައްކަވަ އެވެ.
މިރޭގެ ހަފުލާގައި އުއްތަމަ ފަނޑިޔާރާއި އެހެން ބައެއް ފަނޑިޔާރުންނާ އެކު އެޓާނީ ޖެނެރަލް އަނިލް. -މިހާރު ފޮޓޯ/ނިޝާން އަލީ
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް ވަކީލުންތަކެއް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ބައެއް ވަކީލުން ސަސްޕެންޑްކޮށްފައިިި ވަނިކޮށެވެ. އުއްތަމަ ފަނޑިޔާރު މިރޭ ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ސަސްޕެންޝަންގައި ހުރި އެއްވެސް ވަކީލަކު ނުހިމެނެ އެވެ.
އެ ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި އިތުރު ވަކީލުންތަކެއް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް އިތުރު ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި ބައެއް ގައުމުތަކާއި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަސްޕެންޑްކުރި 54 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މިިއަދު ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!
19 September 2017
އެއްވެސް ކަމެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ. ކޮންމެ ކަމަކަށް ނިމުމެއް އަންނާނެއެވެ.
އުމަރު
19 September 2017
ސަރުކާރުގެ ވަކީލުން ދައްކާލެއްވީތޯ؟
ބެއްޔާ
19 September 2017
ދާއިރާގެ އެންމެން މިތިބީ ކަންކަން ކުރާގޮތުން ވަރަށްދެރަވެ ހިތާމަކުރާ ހާލުގައޭ. ދާއިރާއާއި މެދުގައި ކުރަމުން އައި އުންމީދުތައް ގެއްލި ނާއުންމީދު ވެފައެވެ.ފޮޓޯ އަށް ބަލާލުމުންވެސް ހަރުދާނަކަމެއްހުރި މީހަކު ސައީދުގެ ގާތުން ފެންނާކަން ނެތެވެ.ދާއިރާގައި ތިބި ހަރުކުލައިގެ މީހަކު ބައްދަލުވަމަކުން ނުފެނުނެވެ. ސައިދުބޭ ބަލައިގަންނާނެ ފަނޑިޔާރަކު ނެތެވެ.
މެންޓަލިސްޓް
19 September 2017
ހަނދާނަށް އަންނަނީ ތާރީޙްގެ ވާހަކަތަށް ،،،، ތިޔަހެން ހަނދާނެ އެއްޗެއް ހަދައިގެން ވީއާރ އަންޓަޗަބަލްސް ކިޔައިގެން އުޅުނު އެތަށްބައެއް ތިރިވެގެން ގޮސްފައިހުރީ ،،، މިކަންކަންވެސް ދާނީ އެހެން ،،، 80 އެތަށް ލޯޔަރުންނެށްމިހާރު ޝަރީއަތްތަށް ދާކޮގާއި މެދު އެތިބީ ހިއްހަމަނުޖެހިފައި ،،، ހިތުގެއުދާސްތަށް އެނާރޖީގެ ސިފައިގައި ގޮސް ހިޓްވާނެ ،،، އަދި އޭގެއަސަރުވެސް ކުރާނެ ،،، 70 އަހަރުވަންދެން ވަންދެން ގާޒީކަމުގައި ހުރެވޭނެކަމަށްއޮތަސް މަރުވާނީ ކޮންއިރަކުކަމެށްނޭންގޭނެ ،،، އެއީ އަސްލުގައި އެންމެގާތް އެއްކަންތަށް ،، މިސާލަކަށް ހިރޮޝީމާގެ މީހުން ހިތަކަށް ނާރާނެ އެއްދުވަހެއްގައި ފަޅުސިކުންތްކޮޅެއް ތެރޭގައި 100000 މީހުން އެއްފަހަރާ މަރުވާނެކަމެށް ،،، އެމީހުން އެގޮތަށްވިސްނައިގެން ނޫން އެވަގުތާހަމަޔަށް އެންމެން އުޅެފައި އޮންނާނީކީ ،، އެކަމު އެކަންހިނގީ އެހެން ،، އެހެންވީމައި މަރުވާނެގަޑިއެއް އުމުރެއްނޭންގޭނެ ،، އެކަމަށް ވިސްނައިގެން އުޅުނީމައި އޯކޭވާނެ ، ވަރަށްވެދުން
ކޭމާރޓް
19 September 2017
ތިއީކީ ވަކީލުންނާއި ބައްދަލުކުރިކުރުމެއް ނޫން. ތިއީ ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ކެއުމެއް. ކެއުމެއް ވީމަ ކާލަން ދިޔައީ. އަޅެ އެންމެ ފަހުން ބޭއްވި އަހަރީ ދުވަހުގެ ހަފްލާއާ ގުޅިގެން އޮޑިޓަރ ޖެނެރަލް ބުނީ ކީކޭކަން އަބްދުﷲ ސައީދު ހަނދާން ނެތުނަސް ފާއިޒުއަށް ވަރަށް ރަނގަޅަށް އެގޭނެ.
ސިއާ
19 September 2017
4 މެމްބަރުންނަށް ކަންތަށްކުރިގޮތް, ގޮނޑި ނުގެއްލޭ ނޫނީ ގެއްލުނު ސާފުބަހުން ޖަވާބެއް ނުދީ އޮޅުންބޮޅުންވެ މެމްބަރުންގެ ހައްގުތައް އިލެކްޝަނުން ގެއްލުވާލިއިރުވެސް އެއްވެސް ބަހެއް ބިދާޅުނުވެ ކޯޓު ހަމަ ހިމޭނުން މިހާހިސާބަށް ކަންތައްދިއުމުން ރައްޔިތުން ކުރާނެ އިތުބާރެއް ނޯންނެ
ޕޮކަންޑިމޭން
19 September 2017
މުވައްކިލުން އަތުން މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ސިޔާސީ އަވާމެންދުރުގައި ޖެހިގެން ޖުޑިޝަރީއާ ދިމާކުރަން އުޅެ ސަސްޕެންޝަން އައި މަދު ވަކީލުންތަކަކަށް މިޖުޑިޝަރީގެ މާބޮޑު ސަމާލުކަމެއް ނެތް.
އުމަރު
19 September 2017
މިއީ ރާއްޖޭގެ މައްސަލައަކީ، އުއްތަމަ ފަނޑިޔާރު 50 ވަރަކަށް ވަކީލުން ސަސްޕަންޑުކުރީމަ ދެން މިދައްކާލީ އެހެން ވަކީލުން ގެންގޮސްގެން އޭގެ ޖަވާބް، މައްސަލަ އޮތްތާގައި ބާއްވާފައި މުޅިން އެހެންކަމެއްގެ ތެރެއަށް ހުރިހައި ވަކީލުން ވައްދާލީ، ދިވެހިންގެ މައްސަލައަކީ ބައިބައިވެފައިތިބުން، އާއިލާއިން ފެށިގެން އޮފީސްތަކާއި ރައްޔިތުންނާއި ސަރުކާރު އަދި ހިދުމަތް ދޭމީހުންނާއި ހިދުމަތް ލިބިގަންނަ މީހުން، މިކަން މިކުރަނީ ފުރަތަމަ އަދުލު އިންސާފް ގާއިމްކުރުމުގެ އެންމެ އިސްފަރާތުން، މިކަމުން އެބައެނގޭ ޖުޑިޝަރީ ސިޔާސީވެފައިވާ މިންވަރު، އަދި ރައްޔިތުންގެ އަޑު ނައައްސަވާ މިންވަރު
ރުޅި
19 September 2017
މިއީ ދެން ކޮން ދެއްކުންތެރިކަމެއްތަ؟ ލިޔާ ހުކުމްތައް މާނަ އެނގޭގޮތަށް ދިވެހިބަހުން ލިޔަން ދަސްކުރާ ކޯހެއް ހިންގައިދޭންވީނު. އޭރުން ރައްޔިތުންނަށް ގައިމުވެސް ހުކުމް ދޭހަވާނެ.
ފަލަާޙް
19 September 2017
ބޮޑެތި ކޯޓްލައިގެން އައިސްތިބި ކަމުގައި ވިނަމަވެސް ތިބޭފުޅުންގެ މާބޮޑު އަގެއް ރައްޔިތުންގެ ކުރިމަތީގައި ނެތް ކަން ތިބޭފުޅުން ނައް ވިސްނޭބާ ވިސްނާ ފިކުރު ކުރާބަޔަކަށް ހަގީގަތް ފެންނާނީ ؟؟؟؟؟