ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ އެކު މެމްބަރު ތޯރިގް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މެމްބަރު އަހްމަދު މުބީން
05 އޮކްޓޯބަރ 2017 - 15:41
ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމުން ވަކިވެވަޑައިގެންނެވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އަރާވަޑައިގެންފި އެވެ.
ވެރިކަންކުރާ ޕީޕީއެމާ ދުރަށް ވަޑައިގެން، ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު މެމްބަރުންނާ އެކު މަސައްކަތް ކުރެއްވި ތޯރިގް މިއަދު ވަނީ ސަރުކާރުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި، 9 ރަށެއްގެ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ތޯރިގް ބައިވެރިވެވަޑައިގެންނެވި ފޮޓޯ އާއްމުކުރައްވައި، އޭނާ ރައީސް ޔާމީން ފަޅިއާ ގުޅިވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވަނީ ޓުވީޓް ކުރައްވައިފަ އެވެ.
ތޯރިގް ފޯނު ނުނަންގަވާތީ އޭނާގެ ކޮމެންޓެއް ނުލިބުނެވެ. އެކަމަކު މުބީންގެ ޓުވީޓް މިހާތަނަށް ތޯރިގް ދޮގުކުރައްވާފައެއް ވެސް ނުވެ އެވެ.
ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި އދ. ހަންޏާމީދޫ ހިމެނެ އެވެ. މިއީ، ތޯރިގް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގައި ހިމެނޭ ރަށެކެވެ.
Welcome Back Thoariq Welcome HOME AGAIN pic.twitter.com/qZQugUsFAo
— Ahmed Mubeen #RY2018 (@ahmedmubean) October 5, 2017
ތޯރިގް ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގެ އަމަލުތައް ހުރީ އޭނާ އަމިއްލަގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ދާއިރާގެ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން ހުރަސް އެޅޭ ގޮތަށް ކަމަށެވެ. ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭގޮތަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާއާ މެދު ތޯރިގް ވަރަށް ބޮޑަށް ނުރުހުންފާޅުކުރެއްވި އެވެ. ނަމަވެސް ޕާޓީން ވަކިވުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެންބަރުންގެ ތެރޭގައި ތޯރިގެއް ނުހިމެނެ އެވެ. ނަމަވެސް އޭރު ޕާޓީން ވަކިވި އެހެން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހޭ ކަމަށް ވިދާޅުވެ ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާ ބޭރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީކާކު ދެން
06 October 2017
މީ މާމޮޅަށް ފުޓުބޯޅަ ކުޅޭ މީހެކޯލަ، މީނައަށް ލަނޑެއް އޮޅުމަކުންވެސް ޖެހިއްޖެއްޔާ 2 އަތް ދަމާފަ ފްލައިޓެއް ދުއްވާހެން ބޫން ބޫން ލާފަ ދުއްވާނެ، މިކަހަލަ ދޮޅުރޯނާއިން ހޮވާ ރައްޔިތުން މިކަމުގެ ޒިންމާ އުފަލަން ޖެހޭން
ޓޮމް
07 October 2017
ޓޮމް އަކީ ރާއްޖޭގެ އެންމެ މޮޅު ނަންބަރ ނައިން .. އަދިވެސް ޕެނަލްޓީ ބޮކްސްތެރޭގައި ޓޮމްގެ ފިނިޝިންގހާ ރަގަޅު ފޯރވަޑެއް ނެތް .. ހަޖަމް ޕްލީސް ..
އިސްމާއީލް
06 October 2017
އަހަރުމެން ޕިންކީންގެ ބޮޑުންގެ ހުރިހާ ދޮރެއްވަނީ އަމާންކަމާއި އެކު ސުލްހަވެރިކޮށް އުޅެންބޭނުން އެންމެނަށްވެސް ހުޅުވިފައިއެވެ. ތައުބާ އަކީ އޮންނައެއްޗެއްކަން ގަބޫލުކުރެވޭ ވާތީ ހުރިހާ ބުއްދިވެރިން ރައީސް ޔާމީންއާއި އެކު ތަރައްގީ މެކްހަށްޖަހަންވީއެވެ. އެއްލަކިން ހޮވިގެން ޖެހިގެން އޮންނާނީ އެމެމްބަރަކު ހޮވުމެވެ. ފަސާދަ އުފައްދާ ތަރައްގީއާއި ދެކޮޅު އެންމެހާ މީހުން ނާތަހުޒީބު ވުމުގެ އަދަބެއްގެ ގޮތުން ގޮނޑި ގެއްލުވާލާނީ އެވެ.
މިއޮށްލީ
05 October 2017
މިވެރިކަމުގައި ހުރި ފުށުންއެރުން. މިއޮތީ ގޮޑި ދެ ފަހަރަށް ގެއްލޭ ހާލާތަށް ގޮއްސަ. ވީމާ އިންތިހާބުވިޔަސް ހަވާލު ކުރާ ކަށް ނުޖެހޭނެ.
މިއޮށްލީ
05 October 2017
މިވެރިކަމުގައި ހުރި ފުށުންއެރުން. މިއޮތީ ގޮޑި ދެ ފަހަރަށް ގެއްލޭ ހާލާތަށް ގޮއްސަ. ވީމާ އިންތިހާބުވިޔަސް ހަވާލު ކުރާ ކަށް ނުޖެހޭނެ.
ދެކޭނެ
05 October 2017
އަމިއްލަ ފަޅިއަށް އަރައިފިއްޔާ, ގޮނޑި ނުގެއްލޭ, މަގާމަށްޓަކައި ދުނިޔެއަށްޓަކައި އަމިއްލަ އެދުމަށްޓަކައި އަނެކުންގެ ހައްގުތައް ނިގުޅައިގަތުން, ﷲސުބުހާނަ އެއްވެސް މީހަކަށް ބޭއިންސާފުން ޒައްރެއްގެ މިންވަރަށްވެސް އަނިޔާވެރިވެއްޖެނަމަ, އެބަޔަކު އެކަންދެކޭނެ ﷲއިންޝާ
ރަނގަޅު ގޮތް
06 October 2017
ﷲއިންޝާ އެއް ނޫނޭ ބްރަދަރ ! އިންޝާ ﷲ -- މިއީ ރަނގަޅު ގޮތް !! އެތަށް ފަހަރު މިކުށް ކިޔާ ދިނުމުން ވެސް ތިބޭފުޅާ މިކަން އިސްލާހް ކުރުމުގެ ބަދަލުގައި ތަކުރާރު ކުރައްވާތަން ފެންނަނީ ، ރަނގަޅު ކޮށްލާ ބްރަދަރ (-:
ޕްލީސް
06 October 2017
3، 4 ކޮމެންޓް ލިޔާއިރުވެސް އެއް ކުށް ތަކުރާރުވެފައި.
ހުރިގޮތް
05 October 2017
ނުރުހޭ ހިއްޕުޅާ ހަމަނުވާ ރައްޔިތުންނަށް, ބޮނޑި ދިނުމުގެ ސިޔާސަތު
ހިތިރަހަ
05 October 2017
އަނިޔާވެރިންގެ ނިމުން ހިތިވާނެ ﷲއިންޝާ
ބަސް
05 October 2017
އަދުލުއިންސާފެއްނެތް އަނިވެރިކަމަށް ނިމުން ގެންނަވާނދޭވެ!
ނުގެއްލޭފަޅި
05 October 2017
މީ ގޮނޑި ނުގެއްލޭ ފަރާތެއްތަ?
ހަގީގަތް
05 October 2017
ވަކި ފަޅިއަކަށް އެރުމުން ގޮނޑި ނުގެއްލޭ, ފަކިފަޅިއެއްގައި ހުރުމުން ޝަރީއަތް ނުކުރެވޭ, ފައިސާގޯނި ހިފައިގެން ބެހީމޭ ބުންޏަސް, އަދުލުއިންސާފު އޮތްހިސާބު އެކިމީހުންނަށް އެކިހޮތަށް. މިއަދު އަމިއްލަ އެދުން އިސްކޮށް ބޭނުންހާގޮތަށް ކަންތައް ކުރެވިދާނެ, އެހެނަސް އާޚިރުގައި ސަލާމަތެއްނުވާނެ ﷲއިންޝާ