މަޖިލީހުގެ މެމްބަރުންތަކެއް ގޯތިތެރޭގައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
29 ނޮވެމްބަރ 2017 - 10:20
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ނިމިގެން އޮންނަ ދެ މަސް ދުވަހުގެ ޗުއްޓީ ދުވަސްތައް މިއަދު ފެށިއްޖެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ ނުވަ ޖަލްސާ އެވެ. މި ދައުރުގެ އެންމެ ބޮޑު މަސައްކަތަކަށް އޮތީ އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކޮށް ފާސް ކުރުމުގެ މަސައްކަތެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގައި 16 ޖަލްސާ ބޭއްވި އެވެ. މި އަހަރުގެ ތިން ވަނަ ދައުރަކީ މާ ބޮޑު މަސައްކަތެއް ނެތް، އެންމެ މަދުން ޖަލްސާތައް ބޭއްވި ދައުރަށް ވާނެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮންމެ އަހަރެއްގެ ތިން ވަނަ ދަައުރު ނިމުމުން ދެ މަސްދުވަހަށް މަޖިލިސް ޗުއްޓީ ވާނެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރަށް ފަހު، ގަވައިދު ބުނާ ގޮތުން ދެ މަސްދުވަހުގެ ޗުއްޓީ ފެށޭނީ އާންމު އުސޫލުން ބަލާއިރު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއަދު މަޖިލީހުގެ ޖަލްސާއެއް ނެތް އިރު، މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ކަމުން، މި މަހު އިތުރު ޖަލްސާއެއް ނުބާއްވާނެތީ މިއަދުން ފެށިގެން މަޖިލިސް ޗުއްޓީވީ އެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ މި އަހަރުގެ ފަހު ޗުއްޓީ ފެށުނު ކަން މަޖިލީހުގެ ރިއާސަތުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
އަންނަ އަހަރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުން ފެށިގެންނެވެ. އެކަމަކު، އޭގެ ކުރިން ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވަން ފެނިއްޖެ ނަމަ، މަޖިލީހުގެ ގަވާއިދުގައި އެ ފުރުސަތު އޮވެ އެވެ.
- ސަރުކާރުން ހުށަހެޅި ބަޖެޓު އެއް އިސްލާހާ އެކު ފާސްކުރުން
- މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހަށް ހުށަހެޅުން
- އޮޑިޓާ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުން
- މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ފާސް ކުރުން
ދެވަނަ ދައުރެކޭ އެއްގޮތަށް މި ދައުރުގައި ވެސް މަޖިލީހުގެ ގިނަ ޖަލްސާތަކެއް ބޭއްވީ އިދިކޮޅު މެމްބަރުންގެ ދެކޮޅު ހެދުމާއި ހަޅޭއްލެވުމުގެ ތެރޭގަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ މަޖިލިސް ބާއްވާ ކޮންމެ ދުވަހަކުހެން، އިދިކޮޅު މެމްބަރުން ޗެމްބަރުގައި އިހްތިޖާޖް ކުރައްވަ އެވެ. އެހެންވެ، ފަހު ދައުރުގެ ޖަލްސާތައް ފެށީ ރިޔާސަތުގެ މޭޒު ކައިރިއަށް މެމްބަރުންނަށް ވަޑައިނުގެންނެވޭނެހެން ރިއާސަތާއި އިދާރީ މޭޒުގެ ކުރިމަތީގައި ލަކުޑިން އުސް ބިތްގަނޑެއް ޖަހައިގެންނެވެ.
މަޖިލިހަށް ހުށަހެޅި މަސީހުގެ އިތުބާރު ނެތް މައްސަލަ ފޭލްކޮށްލީ، އެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. ވެރިކަން ކުރާ ޕީޕީއެމުން އެދުނު ގޮތަށް އިލެކްޝަނުން ނިންމި އެ ނިންމުމާ އެކު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަ ނުވާކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި، އެ މައްސަލަ ބާތިލް ކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރ.މޫސަބޭ
29 November 2017
އެނިމުނީނު އެކަން.....ސިންޕަލް ކަމެއްނުތީ
މުހައްމަދެ
29 November 2017
ކިތަށްޖަލްސާ މިދައުރުގައި ބާއްވައި ކިހާމަސައްކަތެއް ކުރައްވާފަތޯ ޗުއްޓީއަށް ތިވަޑައިގަންނަވަނީ.؟. ......................
މެގަ
29 November 2017
އަހަރެން ބޭސްފަރުވާ ކުރަން ދާން ޗުއްޓީ އާ އާސަންދަ ހޯދަން ގަނަތެޅޭއިރު މިމީހުން މަޖިލީހުން ބޮޑު މުސާރަ ބަނޑުއަޅައިގެން މި އޮންނަނީ އަރާމުގަ. އަދި އޮންނާނެ ދެތިން ރިސޯޓާ ކެފޭއާ ތަންތަނުން އަދި ކޮރަޕްޝަނުން ނަގާ ލާރި. ރުޅިގަދަވަނީ!!! ނިކަމެތީން ނިކަމެތިކަންމަތީގަ
ރަދީފް
29 November 2017
ޗުއްތީގަ ތިބެބަލަ 365 ދުވަހު.
މެންޓަލިސްޓް
29 November 2017
ތިޔައްވުރެން ޗުއްޓީގިނަ ބަޔަކުރާއްޖެއަކު ނޫޅޭނެ ،،،،، ތިޔައްވެރުން އިނާޔަތްތަށް ބޮޑުބައެއްވެސް ނޫޅޭނެ ،،،،، ތިޔައްވުރެންބޮޑެތި ގެއްލުން ގައުމަށް ދިންބައެއްވެސް ނޫޅޭނެ ،،،، ތިޔައްވުރެންގިނައިން ގޯނިގޯނީގައި ފައިސާ ލިބުނު ބައެއްވެސް ނޫޅޭނެ ،،،، މިހުންނަނީ ސާބިތުކަމާއި އެކު އެގެން ހުރިކަންކަން ،،،،، ރައްޔަތުންގެ މަޖިލިސް އެހެން ނަންބޯޑްގައި ޖަހާފައިހުއްޓާސް ،،،، އެއީކީ ރައްޔަތުން ތަފްސީލްކުރާ ތަނެއްނޫން ،،،، އެތާންގައި އޮންނާނީ ފައިސާތަފްސީލްކުރުން ،،، އެއީ އެތަނުގެ މެޖޯރިޓީއޮތްގޮތަކީ ،،،، އަނެއްހެން ބުނާނަމަ %90 އޮތްގޮތަކީ ،،، މިގައުމު ރަގަޅުވާން އެދޭނަމަ މަޖިލިސް އަށްހޮވާ މީހުންނަކީ މަތީތައުލީމްހީސިލް ކޮއްގެން ތިއްބެވި މެރިޓް ހުރި މީހުން ހޮވިދުވަހަކުން ރަގަޅުވާނީ ،،، އެހެންނޫނީ އެތަންއޮންނާނީ މިހާރުވެސް އޮތްގޮތަކަށް ،،، ވަރަށްވެދުން
ހަސަންފިރުސާނު
29 November 2017
އަހަންނަށް ހެޔޮ ތި މީހުން ދުވަހަކު ޗުއްޓީ ނަޔަސް!
ކޮއްކި
29 November 2017
ޝުކުރިއްޔާ
ޖައސާތި
29 November 2017
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބިލް ފާސް ނުކޮށްތޭ މަޖްލީސް ޗުއްޓީ އަށް ދަނީ. އެއްގޮތަކަށް ވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބިލް ފާސް ކުރުމަށް ފަހު މަޖްލީސް ޗުއްޓީ އަށް ދާނީ. އެއިރުން މިއަހަރު ނިމެންވާއިރަށް އެމެންގެ ދަ ހޯކްސް ފަތުރާ ޓީވީ ސައިޒު ކުރެވޭނީ ދޯ. މީ ގައުމެއްގެ ހައިސިއްޔަތުން ފާސް ކުރަން ޖެހޭނެ ބިލެކެވެ.
ނުޖެއްސޭނެ
29 November 2017
އަންޑަރގްރައުންޑް ނޫސްތަކަށް ރެޑީވޭ. އެއެއް ނުހުއްޓުވޭނެ