ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ލ. ގަމުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.


އެ ރަށުގެ ބޮޑު މަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން މަރުވީ، ހާރޫން އަބްދުއް ރަހްމާން، 71، އެވެ.

ގަމުގެ ކައުންސިލް މެމްބަރަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ބޮޑު މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ. އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ ހާރޫނެވެ.

ގަމު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މާލެ ގެނައީ މީގެ ދެ ހަފުތާ ކުރިންނެވެ.