ޚަބަރު / ޑރ. އަފްރާޝީމް އަވަހާރަކޮށްލުން

ހުމާމް މެރުން ފަސްކުރަން އދ. އަކުން ނާންގާ، ފޮނުވީ ނޯޓެއް: ސަރުކާރު

ރާއްޖޭގެ އާ ފޮރިން މިނިސްޓަރު އާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ހުމާމްގެ މައްސަލައިގައި އދ. އިން ފޮނުވީ ނޯޓެއް ކަމަށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

13 ޖުލައި 2016 - 14:29

49 comments
angry icon 76%

މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމާ ގުޅޭ ގޮތުން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އދ. އިން ރާއްޖެ އަށް އަމުރުކޮށްފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ހުމާމް މަރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާގެ ޝަރީއަތާ ގުޅޭ ގޮތުން ހަ މަސްދުވަހުގެ ތެރޭގައި ޖަވާބުދާރީ ވާން އދ. އިން ރާއްޖެ އަށް އިއްޔެ ވަނީ އަންގާފަ އެވެ. ހުމާމްގެ ވަކީލުން ވިދާޅުވެފައި ވަނީ އދ. އިން އިއްޔެ ނެރުނީ ވަގުތީ އަމުރެއް ކަމަށާއި އެ އަށް އަމަލުކުރުން ސަރުކާރަށް ލާޒިމް ވާނެ ކަމަށެވެ.

އެކަމަކު، އާ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ތަކުރާރުކޮށް ވިދާޅުވީ އދ. އިން ރޭ ފޮނުވީ "ނޯޓެއް" ކަމަށެވެ. އެއީ މާ ސީރިއަސް ކަމެއް ނޫން ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ނޯޓަކީ ދިވެހި ސަރުކާރުން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެންގި އަމުރެއް ނޫން ކަމަށެވެ.

"މި ނޯޓުގައި ހުރި ކަންކަން މި ދަނީ ދިރާސާ ކުރަމުން،" މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްތާ ގަޑިއެއްހާއިރުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިމް ވިދާޅުވި އެވެ.

ފޮރިން ސެކްރެޓަރީ އަލީ ނަސީރު ވެސް ވިދާޅުވީ އދ. އިން ފޮނުވީ "ކޮމިއުނިކޭޝަނެއް" ކަމަށެވެ. އެއާ މެދު ސަރުކާރުން އަމަލުކުރާނީ ކޮން ގޮތަކަށްތޯ ތަކުރާރުކޮށް ނޫސްވެރިން ދެންނެވުމުން ވެސް ފޮރިން މިނިސްޓަރާއި ސެކްރެޓަރީ ވެސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ފަހުން މައުލޫމާތު ދޭނެ ކަމަށެވެ.

"އދ. އަކީ ގައުމުތަކަށް އަމުރު ކުރާ ޖަމިއްޔާއެއް ނޫން،" އަލީ ނަސީރު ވިދާޅުވި އެވެ.

ފޮރިން ސެކްރެޓަރީ އަލީ ނަސީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އދ. އަކީ ގައުމުތަކަށް އަމުރު ކުރާ ޖަމިއްޔާއެއް ނޫން ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުމާމްގެ ވަކީލު އަބްދުﷲ ހަސީން "މިހާރު" އަށް ރޭ ވިދާޅުވީ އދ. އިން އެ އަމުރު ނެރުނީ ހުމާމްގެ މައްސަލައިގައި އޭނާގެ ބައްޕަގެ ފަރާތުން އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީ އަށް ހޯމަދުވަހު ހުށަހެޅި މައްސަލައެއްގައި ކަމަށެވެ. އެ މައްސަލައިގައި އެދުނީ، ހަސީން ވިދާޅުވި ގޮތުގައި، ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު)އާ ހިލާފަށް ހުމާމްގެ މައްޗަށް ޝަރީއަތް ކޮށްފައިވާތީ އެކަން ބަލައި ދިނުމަށެވެ.

"އދ. އަކީ ގައުމުތަކަށް އަމުރު ކުރާ ޖަމިއްޔާއެއް ނޫން." -- ފޮރިން ސެކްރެޓަރީ

ސެޕްޓެމްބަރު 19، 2006 ގައި ރާއްޖޭން ބައިވެރިވެ، އެ އަހަރުގެ ޑިސެމްބަރު 19 ގައި ތަސްދީގުކުރި އައިސީސީޕީއާރަކީ އިންސާނީ ހައްގުތަކާ ބެހޭ ވަށާ ޖެހޭ މުއާހަދާއެކެވެ. އެ މުއާހަދާގައި ދީނީ މިނިވަންކަން ބަޔާން ކުރާ 18 ވަނަ މާއްދާ ފިޔަވައި މުޅި މުއާހަދާ އަށް ރާއްޖޭން އެއްބަސްވެފައި ވާއިރު، އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކޮށްދިނުމާއި ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުން އެ މުއާހަދާ އިން ލާޒިމް ކުރެ އެވެ.

މި މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައިވާ ގޮތުން މީހަކު މައްސަލައެއް ހުށަހަޅައި އެ މައްސަލަ ކޮމިޓީން ބަލައިގަތުމަށް ފަހު އެ މައްސަލަ ރައްދުވާ ސަރުކާރަކަށް އަންގަން ޖެހެ އެވެ. އެ މައްސަލަ އަށް ޖަވާބުދާރީ ވާން ހަ މަސްދުވަހުގެ މުއްދަތެއް ލިބޭއިރު، ވަގުތީ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ. ހުކުމެއް ހިމެނޭ މައްސަލައެއް ނަމަ، އެ ހުކުމަކަށް އަމަލުކުރުން ފަސްކުރަން އެންގުމަކީ އޭގެ ތެރެއިން އެއް ފިޔަވަޅެވެ.

ހުމާމްގެ އާއިލާގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ ބޭރުގައި: އދ. އަށް މައްސަލަ ހުށަހެޅީ ހުމާމްގެ ބައްޕަގެ ފަރާތުން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރުގެ ހުކުމް އިއްވާފައިވާ ދެ މީހެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އެ މީހުން މަރަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެއީ ހުމާމްގެ އިތުރުން، ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތެވެ. އެ ދެ މީހުންނަށް އިއްވި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ހުމާމުގެ މައްޗަށް ކުރި ޝަރީއަތުގައި ހުރި ބޭއިންސާފު ކަމަށް ބުނާ ކަންކަން އެކި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި، މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމް އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާން ޝަރީއަތަށް ބަލައިގަތުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުން އަދި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން ހިމެނެ އެވެ.

ހުމާމްގެ ތަހުގީގު ހިންގި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒު އިއްޔެ "މިހާރު" އަށް ވިދާޅުވީ ހުމާމަށް އެއްވެސް ގޮތަކުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އަފްރާޝީމް މަރާލިކަން އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އެކަމަކު، މަރުގެ އަދަބާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކުން ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރާ ގުޅޭ ގޮތުން މިއަދު ފޮރިން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. އެކަމާ ގުޅޭ ގޮތުން ކުރި އެއްވެސް ސުވާލަކަށް ފޮރިން މިނިސްޓަރާއި ސެކްރެޓަރީ ވެސް އަޅައެއް ނުލެއްވި އެވެ.

49 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 4%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުބޯ

14 July 2016

ތިހަސީނަކީ މިހާތަނަށް އެކައްޗަކަށްވެސްނުވެހު މީހެކެވެ. ކުރުކޮށް ބުނާނަމަ ބެނެވޭނީ އެކައްޗަކަނުވި ހަސީނެވެ. ގާތިލެއްގެ ކަންތަކުގައި މިބައިގަނޑު މިވަރަކު އޭނާ ސަލާމަތްކުރަން މިއުޅެނި ކީއްވެބާއޭ ހިތައްއަރައެވެ. މިއީ މިހާތަނަށް އެތައްބައިވަރު މީހުން މެރުމަށް މަސައްކަތްކޮށްފައިވާ މީހެއްކަން ނޭގެނީ މިޤައުމުގެ ކާކަށްހެއްޔެވެ.

The name is already taken The name is available. Register?

ހަސަން

14 July 2016

ނަސީބެއްނު ލިބުނީ ކަރުދާސްކޮޅެކޭ ނުބުނިކަން.

The name is already taken The name is available. Register?

އެމް.އެމް.ޖީ އިބޫ

14 July 2016

ނޯޓުކޮޅު އޮތީ ޓިޝޫއެއްގަތޯ ލިޔެފަ؟ ސޮއިކޮށްފަ އެބައޮތްތޯ؟ އެއްވެސް ތަރެއްގެ ލެޓަރހެޑްގަތޯ އޮތީ؟

The name is already taken The name is available. Register?

ބޮޑުކަމެއް

14 July 2016

ދެން ކޯއްޗެއްތަ ފޮނުވަންވީ؟ ލަޝްކަރެއް؟

The name is already taken The name is available. Register?

ކަލޯ

13 July 2016

ނޯޓު ކޮޅު ބޮޑިކޮއް ލާފަަައެއްލީ ގުލުން ރަގަލުކަމުން

The name is already taken The name is available. Register?

އައްސަދު

13 July 2016

ނޯޓު ފޮނުވަފޮނުވާ ދިބެން ހަމަ ޖެހޭނީ

The name is already taken The name is available. Register?

Asidays

13 July 2016

މަރަށް މަރު

The name is already taken The name is available. Register?

ހަސަދު

13 July 2016

އަމެއްކާވެސް ވަރަށް ބަރާބަރު ފޮރިން މިނިސްޓަރެއް ލިބިއްޖެ. ކިހާވަރަކުން ދާނެބާ!!!. ބައިވެރި ވެފައިވާ ހުރިހާ ޖަމްއިއްޔާ ތަކަކުން ވަކި ނުވެއްޖެއްޔާ ރަނގަޅު.

The name is already taken The name is available. Register?

ރިކް

13 July 2016

ޔޫއެން އިން ފޮުވީ ގެލެކްސީ ނޯޓް 5 އެއްތަ؟

The name is already taken The name is available. Register?

ާިިިއީސަ

13 July 2016

ޙުކުމް ވީހާވެސްއަވަހަކަށް ތަންފީޒް ކުރުމަށް ސަރުކާރަށް ގޯވާލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!