ޚަބަރު / ރާއްޖެ-އ.ދ

އދ. އަށް ރައީސާއި ނައިބު ރައީސް ވެސް ވަޑައެއް ނުގަންނަވާ، ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އާސިމް: އޭނާ އދ. ގައި ވާހަކަ ދައްކަވާނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ދަންފަޅީގައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

19 ސެޕްޓެމްބަރ 2016

16 comments
angry icon 55%

އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.

އާއްމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް މިފަހަރު ރާއްޖެއިން ވަޑައިގަންނަވަން ކުރިން ހަމަޖައްސާފައި އޮތީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ތަގުރީރުކުރައްވާ ގައުމުތަކުގެ މަންދޫބުންގެ ލިސްޓު އދ. އިން ކުރިން ބެހިއިރު، އޭގައި ރާއްޖެއިން ވާހަކަފުޅު ދައްކަވާނެ ބޭފުޅެއްގެ ގޮތުގައި ހިމަނާފައި އޮތީ ނައިބު ރައީސް އެވެ.

ނަމަވެސް، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު އާސިމް އިސްކޮށް ހުންނަވާ ރާއްޖޭގެ ވަފުދުގައި ފޮރިން ސެކްރެޓަރީ އަލީ ނަސީރާއި ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރު ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. މިނިސްޓަރު ވާހަކަ ދައްކަވާނީ، އެ މިނިސްޓްރީން ބުނި ގޮތުގައި، އަންނަ ހޮނިހިރު ދުވަހުގެ ދަންފަޅީގަ އެވެ.

"... ރާއްޖޭގެ ތަރައްގީގެ މުހިއްމު ދާއިރާތަކަށް އަލިއަޅުވާލައްވައި މިނިސްޓަރު ތަގުރީރު ކުރައްވާނެ،" ބަޔާނުގައިވެ އެވެ.

ކުރީގެ ސަރުކާރުތަކުގައި އދ.ގެ އާއްމު މަޖިލީހަށް ގިނަ ފަހަރަށް ވަޑައިގެންފައި ވަނީ ސީދާ ރައީސެވެ. އެކަމަކު، ރައީސް ޔާމީން މިހާތަނަށް ދުވަހަކު ވެސް އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ މައުލޫއު ކަމަށް ވާ "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް: ދުނިޔެ ބަދަލުކޮށްލުމަށް ބާރެއް"ގެ މައްޗަށް ގައުމުތަކުގެ މަންދޫބުން ތަގުރީރު ކުރައްވާނީ މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އާއްމު ބަހުސްގަ އެވެ.

ރާއްޖެ އާއި އިންޑިއާ ފިޔަވާ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވަޑައިގަންނަވަނީ އެ ގައުމެއްގެ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިއެކެވެ. އެ ގޮތުން، ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި ބަންގާޅުގެ ބޮޑުވަޒީރު ޝޭހު ހަސީނާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގިލާނީ އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް އަދި ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ތަގުރީރު ކުރައްވާނެ އެވެ. އިންޑިއާ އިން ފޮނުވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖެވެ.

މީގެ އިތުރުން، ދުުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގެ އެންމެ އިސް ވެރިން އާއްމު މަޖިލީހުގެ އާއްމު ބަހުސްގައި ވާހަކަފުޅު ދައްކަވާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހިމެނިވަޑައިގަންނަވަ އެވެ.

މި ފަހަރުގެ އާއްމު މަޖިލިސް ރާއްޖެ އަށް މުހިއްމު ވާނެ އެވެ. އެއީ އެ މަޖިލީހުގެ ހަވާސާގައި ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ، އަންނަ ހުކުރު ދުވަހު ބާއްވާ ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.

16 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 24%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުމަ

20 September 2016

ކީއްކުރަން ދާތަނެއް. އދ އިންވެސް ވަކިވާން ވީ. ކޮން އދ އެއް.... ޤައުމުގަ ހުންނެވީ ފިސާރި ގަޓް ހުރި ރައީސް އެއް. ދުވަސް ކޮޅަކުން އެކި ޤައުމު ތަކުން އަންނާނެ އާދޭސް ކުރަން. މިތަން ތަރައްޤީ ކުރި ގޮތް ހޯދަން... އަދި ބަލައްޗޭ އަންނާނެ ތެޔޮކޮޅެއް ދޭތޯވެސް. ޢަޅާވެސް ލާނެ ކަމެއް ނެތް... މިފަހަރު ގަޓް ދައްކާލަންވާނެ ޤައުމު ތަކަށް. ...

The name is already taken The name is available. Register?

ރީކޯމޫސަ

19 September 2016

ޑރ. އާސިމް ކިތަންމެ ވަރަކަށް ދުނބުރިއެއް ދޮންކުރިއަކަސް އަނބަކަށްނުވާނެއެވެ. ތެދުބަހުން ގައުމު ހާލަތު ކިޔައިދީ އެމް ޔޫއޯ އާއި ގުޅީވަޑައިގަންނަވާ. ފެތެމުންދާއޮޑިއެއްގަ ރިޔާދަށުވިއަސް ކަނަކު އަތްދަށުނުވާށޭ މުސްކުޅިން ބުނެއެވެ.

The name is already taken The name is available. Register?

ބޮކުބާޑު

19 September 2016

ގައުމުގެ އެންމެ މަތީ ވެރިއެއްގެ ހައިސިއްޔިތުން އދ. ގެ ޖެނެރަލް އެސެމްބުލީގަ ރައީސް ބައިވެރި ނުވަނީކީއްވެބާ؟

The name is already taken The name is available. Register?

އަހުމަދު

19 September 2016

މިގައުމުގެ ރައީސްއަށް އދ.އަށް ވަޑައިގެން ރާއްޖޭ ތަމްސީލް ކުރަން ވަޑައިގަތުމަކީ ލަދުވެތި ކަމެކެވެ. ރާއްޖޭގެ ނަން ހުތުރުވާނޭކަމެއްކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ. އެހެން ކަމުން މިހާރުގެ ރައީސްއާއި އަދި ނައިބުގެ މައްޗަށް ތުހުމަތުކޮށް ދުނިޔޭގެ ވަރުގަދަ މީޑިޔާއެއް ކަމަށްވާ އަލްޖަޒީރާއިން ދެއްކި "ސުޓީލިން ޕެރައިޑައިސް" ގެ ސަބަބުން ގައުމުގެ އަގްވެއްޓިޖެއެވެ. މިހާރުގެ ރައީސް ގަޓް ހުންނަކަމަށް ބުނާއިރު އދ. ދާލުގައި ތަގްރީރު ކުރުމަށްޓަކައި މުގާބޭއާއި ކާސްޓްރޯލް ފަދަ ބޭފުޅުން އެ މަޖުލިސްތަކުގައިވަނީ ތަގްރީރު ކުރައްވާފައެވެ. އެހެން ނަމަވެސް މި ގަޓް ރައީސްއަށްވަނީ އެވަރު ކޮއްލަން ވެސް ނުކުރިފައެވެ. މީ ގައުމުގެ ހާލަތެވެ.

The name is already taken The name is available. Register?

ޒަލީފް

19 September 2016

ތިކަހަލަ ބޭކާރު ތަންތަން ގޮސް މޮޅު ތަގްރީރު ކުރުމަކުން ރާއްޖެއަށްވާނެ އެއްވެސް ފަިދާއެއް ނޯންނާނެ. އ.ދ. މަޖިލިސް އަކީ މިހާރުގެ ދުނިޔޭގަ ތިބުނާހާ މުހިންމު ތަނެއްނޫން. ޖީ20 ނުވަތަ ނޭޓޯ ކަހަލަ ބާރުހުރި ޖަމާއަތެއް ނޫން. ތިތަނަށް ހަމަ ގައިމުވެސް ފިލިޕިންސްގެ ރަޢީސް ޑުއާރޓޭ ވަޑައިނުގަންނަވާނެ. ރާޖޭގެ ކުރީގެ ރަޢީސް އިބްރާހިމް ނާސިރު ދުވަހަކު ވެސް ތިކަހަލަ އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގަންނަވާ. ބޭކާރު އަނގަ ތެޅުމަށްވުރެ ބޮޑަށް އަމަލީގޮތުން އަމިއްލަ ގައުމުގެ ތަރައްގީގެ މަޝްރޫއުތަށް ހިންގަން ވަގުތު ހޭދަކުރުން މާމުހިންމު. ރައީސް މައުމޫންގެ "ކިއުބާ ދަތުރުފުޅުން" ދިވެހި ރާއްޖެއަށްވީ ކޮންފައިދާ އެއްތޯ؟

The name is already taken The name is available. Register?

ނުބެހޭތި

19 September 2016

އަލިފުދާލަކީ ތީ އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާ ތަނެކެވެ. ކޮބާ އިރާގުގައި ހުރި ޑަބްލިޔު އެމްޑީ އަކީ. ނެތް ދޯ. ދެން ކޯއްޗެކޭ ކިޔާކަށްތަ. އަލިފު ދާލު މިގައުމުގެ ދާޚިލީ ކަންކަމާއި ނުބެހޭތި އިނގޭ.

The name is already taken The name is available. Register?

މުހަންމަދު

19 September 2016

މިދާކަށްދުވަހު އަލްޖަޒީރާއިންދެއްކި ޑޮކިޔުމަންޓްރީގައި ބުނެވޭ ކަޅުފައިސާ ދޮވުމުގެމައްސަލައާއިގުޅިގެން ބޭރުދުނިޔޭގެ ތަސައްރަފުފުދޭ ރިޕޯޓަރުންގެ ސުވާލުތަކަށް ދެވޭނެޖަވާބު ތަކާއި ކުރިމަތިވުމުން، މިހާރު ކުރެވެމުންދާ "މޭކްއަޕް"އަށް ނުރަނގަޅު އަސަރު ކޮށްފާނެތީވެ، މޭކްއަޕް އާޓިސްޓުންގެ ލަފަޔަށް ތިދެބޭފުޅުން ވަޑައިނުގަތުމަކީ، ޙަޤީޤަތާއި އެންމެގާތްކަންތައްކަމުގައި ޤަބޫލުކުރެވެއެވެ. އެހެންނޫނީ ދެންއޮންނާނީ ވެރިކަންވައްޓާލަފާނެކަމުގައި ބަޔަކު ދައްކަމުންދާވާހަކައިގެ ބިރެވެ. ކިތަންމެގަޓުހުއްޓަސް، މިހުރީ ބިރުގަންނަންޖެހޭނެ ކަންކަމެވެ. މިބުނިކަންތައްތަކަށް ޖަވާބުދާރީވެ، ގަންނާނެބިރެއްނެތްނަމަ، ރައީސްއާއި ނާއިބް ވަޑައިނުގަންވި އެއްވެސް ސަބަބެއް ނުވިސްނުނެވެ.

The name is already taken The name is available. Register?

އޯވަރހޯލް

19 September 2016

އަލިފުދާލަށް ފޮރިންގް މިނިސްޓަރު ދިއުމުން ރަނގަޅު ވާނެއެވެ. އަލިފުދާލުން ރާއްޖެ އަށް ވެދޭ މާ ބޮޑު އެހީތެރިކަމެއް ނޯވެއެވެ. ޔުނޮޕްސް އިން ހިންގާ ޕްރޮޖެކްޓްސް ތަކަކީ އެއީ ކަރަޕްޝަނުން ފުރިގެންވާ ޕްރޮޖެކްޓްސް ތަކެވެ. ޔުނޮޕްސް އިން ރާއްޖޭގައި ގާއިމް ކުރި ހުރިހާ ފެންޕްލާންޓެއް ފެއިލްވެއްޖެ އަދި ހުރިހާ ސިވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ފެއިލް ވެއްޖެ. ޔުނޮޕްސް އިން ރާއްޖޭގައި ހިންގި ނަމަ ހިންގި ހުރިހާ ޕްރޮޖެކްޓް އެއް ވަނީ ކަރަޕްޝަންގެ މަގުން އެކަމުގައި އުޅުނު ލަންކާ އަދި އިންޑިއާ މީހުން ޕްރޮޖެކްޓްގެ ފައިސާ ގަނޑު ކައްވާލާފައެވެ. ދެން އޮތީ އަލިފުދާލުން ރާއްޖެ އަށް ކޮށްދޭ ކަމަކީ ކޮބައިތޯއެވެ. އަލިފުދާލުގެ ހިއުމަން ރައިޓްސް ކަމިޝަނަރަކަށް އުޅޭ މީހާ ވެސް ކަންކަން ކުރަނީ އޭނާ ހިތަށް އެރި ގޮތަށެވެ. ތިޔާ އަލިފުދާލު މިހާރު ތިއޮތީ ވަރަށް ބޮޑަށް އޯވަރ ހޯލް ކުރަން ވެފައެވެ. ތިތަނުގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެމްބަރު ކަން އިނގިރޭސިން އަތުން ނަގާ ދޭންވީ ސިންގަޕޯރ އަށެވެ. އެއިރަށް ތިތަން ހަމައަކަށް އަޅުވާލާނެ އެމީހުން.

The name is already taken The name is available. Register?

ހައްސާ222

19 September 2016

މިރައީސް ވަރުގެ ގަޓު ހުރި މީހަކު އަހަރެން ނުދެކެން. 3 އަހަރުވެގެން ދާއިރުވެސް އދ ގަ ގައުމު ތަމްސީލުކޮށް ވާހަކަދައްކާލަން ދާން ނުކެރުނު. އަބަދު ތިހެން ބޭރުމީހުންނަށް ފިލައިގެން ރައްޔަތުންނާއި ދުރުން ވެރިކަން ނުކުރެވޭނެ.

The name is already taken The name is available. Register?

ރަދީފް

19 September 2016

ބައިނަލްއަގްވާމީ ދުނިޔޭގަ ރާއްޖޭގެ މިވަގުތުގެ ވެރިންނަށް ޖާގައެއް ނުލިބޭނެ. މުގާބޭއަށް ވެސް ކެރޭ ޔޫއެންއަށް ދާން. މިވަރުވެސް ނުވޭ އަހަރުމެން ވޯޓް ދިން ބޭފުޅާއަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!