އެމެރިކާ ސަފީރު އަތުލް ކެޝަޕު، ވާހަކަދައްކަވަނީ--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ފެބުރުއަރީ 2018 - 01:11
އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް، ރައީސް އަބްދުﷲ ޔާމީނާއި ސަލާމަތީ ބާރުތަކުން ފުރިހަމައަށް އަމަލުކުރަން އެމެރިކާއިން ރާއްޖެ އަށް މިރޭ ގޮވާލައިފި އެވެ.
އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ބޭފުޅުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔާ ކަމަށެވެ.
ދިވެހިންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އަދި އެ އަސާސީ މިނިވަންކަން ނަގައި ދެމެހެއްޓުމަށް ވެސް އެމެރިކާއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.
Just released moments ago: @StateDept @statedeptspox statement on the situation in #Maldives pic.twitter.com/9cLfLHJ6uR
— Atul Keshap🇺🇸 (@USAmbKeshap) February 2, 2018
އެމެރިކާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ކެޝަޕް ކުރެއްވި ޓްވީޓް
ސުޕްރީމް ކޯޓުން އިއްޔެ ރޭ ނެރުނު އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ރޭ ނެރުނު އަމުރުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.
ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ 24 ގަޑިއިރު ވެގެން ދިޔަ އިރު ވެސް އެ އަމުރު ތަންފީޒު ނުކުރާތީ ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.
އެ ކަންކަމަށް ރައްދު ދެމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙެވޭ އެމެރިކާ
03 February 2018
ފުރަތަމަ އެމެރިކާ ލައިގެން ހުރި ނަޖިސް ފިލުވާފަ ދޮވެފަ މަޑުން ތިބޭ އެހެން ޤައުމުތަކުގެ ދާޚިލީ ކަންތަކާ ނުބެހި
ވާނުވާ އެމެރިކާ
03 February 2018
އދ އިން ފާސްކުރި ޤަރާރަށް ބޯނުލަބާ ބަޔަކު ދިވެހިން ކަންތައް ކުރަންވީ ގޮތް ކިޔައިދޭނެކަމެއް ނެތް، ފަލަސްތީނު ރައްޔިތުންނަށް އެމެރިކާ އަޑީގަ އޮވެ ހިންގާ ގަތުލްއާމް ތަކާއި ޖަރީމާ ތަށް ހުއްޓާލާ
ހޮޓްކިންގ
03 February 2018
ލަދުކުޑަ ބައެއް. ކޮބާ ފަލަސްތީނުގެ މައްސަލައިގެ އިންސާފު.
ހޮޓުކިންގ ކަޅުއަމާ
03 February 2018
ހާދަހާ އުފާވެއްޖެޔޭ ތިޔަ ބަޔާން ފެނުމުން. މިކަން މިނިމެނީ
ނުވާނެއޭ
03 February 2018
ކޯޓުގެ އަމުރާ އެއްގޮތަށް އަމަލުކުރަން އެމެރިކާ އިން ގޮވާލައިފި ކަމަށް މަމެން ގަބޫލުކުރާނީ އެމެރިކާގެ ރައްޔިތުން ހޮވާފައިވާ ރައީސް މރ. ޓްރަމްޕް ތިޔާ ޑޮކިއުމެންޓްގައި ސޮއި ކޮށްފައި ތިޔާ ލިޔުން މަމެން ނަށް ފޮނުވުމުން. ސްޓޭޓް ޑިޕާރޓްމެންޓް ގައި އުޅޭ ދަ ބަނޑު އަކިރިި އަކު ނެރޭ ފަޑުއްކަ ލިޔުމަކަށް މަމެން ބޯ ނުލަނބާނަމެވެ.
އިނާޝާ
03 February 2018
ތަމެން ގަބޫލުކުރޭތޯ އެއް ނޫޅޭ! އެއޮތީ ގޮވާލާފަ، ގަބޫލުކުރިޔަސް ނުކުރިޔަސް. ދެން ލަލަލާ!
އާރީ
03 February 2018
ހެންވާ ކަމަކީ ސުފްރީމްކޯޓް އަމްރުގެ ވާހަކަ އާއި ގައުމްތަކުން މިނެރޭ ބަޔާންތައް ދައުލަތުގެ މީޑިޔާއިން ނުގެނެސް ދޭތީ. އެކަމް ދެގަޑިން ދެގަޑިން ފީފީއެމްގެ ނޫސްކޮންފަރެސް ގެނެސްދޭ އެމީހުން ދައްކަނި މުޅިން އެހެން ވާހަކައެއް. ޓީވީއެމް ވެސް މިނިވަންވާ ދުވަސް ކައިރިވެއްޖެ
ސޯޓޭ
03 February 2018
އެމެރިކާ ދެކެވެސް މި މީހުން ބިރުނުގަނޭ ދޯ. އެވަރަށް ދޫކުރާށޭ ބުނާއިރުވެސް
ފާތީ
03 February 2018
އެމެރިކާ އާއި އިންޑިޔާ ހާދަހެޔޮފުޅޭދޯ?
ސަހަރޯ
03 February 2018
ސަހަރޯދެން! މޮޔަނުވޭ! އެ މީހުން ޑަބަލްޓޭޕް ވައްތަރަށް އެއުޅެނީ!