ހުޅުމާލޭގެ ފްލެޓެއްގެ ތިން ވަނަ ބުރީގެ ވައި ގޮޅިއަކުން އިއްޔެ ވެއްޓުނު ބަންގްލަދޭޝް ފިރިހެން މީހާ މަރުވެއްޖެ އެވެ.
ފަސް ނަންބަރު ފްލެޓްގެ އެޕާޓްމަންޓެއްގެ ވައި ގޮޅިން ވެއްޓުމުން އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް މެންދުރު ދޭއް ޖަހާކަން ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޭނާ އެތަނަށް ގެންދިޔަތާ މާ ގިނަ އިރު ނުވަނީސް މަރުވި ކަމަށެވެ.
އޭނާ ވެއްޓުނީ ކޮން މަސައްކަތެއްގައި އުޅެނިކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ.