ރާއްރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި މޫސުން އެންމެ ގޯސްވާނީ މެދު ރާއްޖެ އާއި ދެކުނުގެ ހިސާބުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއަށާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މީގެއިތުރުން އިރުއުތުރާއި އިރުން ގަަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންނެވެ.