ޚަބަރު / ސުޕްރީމް ކޯޓް

ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރަން 43 މެމްބަރުން ހަމަވާން ޖެހޭތޯ ކޯޓުގައި ބަހުސަކަށް

ސުޕްރީމް ކޯޓު: ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ކޯޓަށް ހުށަހެޅީ އިދިކޮޅު ތިން މެމްބަރެެއް --ފޮޓޯ/މިހާރު

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަށް ވޯޓަށް އެހުމުގައި 43 މެމްބަރުން ހާމަވާން ޖެހޭނެ ކަމާ މެދު ސުޕްރީމް ކޯޓުގައި ދެ ފަރާތުން މިއަދު ބަހުސް ކޮށްފި އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާޒިރުވާ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.

އެކަމަކު މިދިޔަ ހަފުތާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފު މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާ ގޮތަށެވެ. އެ އިސްލާހު ފާސްކުރީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 38 މެމްބަރުން ހާޒިރުވި ޖަލްސާއެއްގަ އެވެ.

އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އިޖްރާއީ ގޮތުން ބޭއްވި އަޑުއެހުމެކެވެ.

އެ އިސްލާހު ބާތިލުކުރަން ތިން ބޭފުޅުންގެ ފަރާތުން ފާހަގަކުރި އެއް މައްސަލައަކީ އެ އިސްލާހަށް ވޯޓަށް އެހި އިރު މަޖިލީހުގައި 43 މެމްބަރުން ހާޒިރުވެ ނެތުމެވެ. ގާނޫނުއަސާސީ އޮތް ގޮތުން ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބައި ކަމަށްވާ 43 މެމްބަރުން ހާޒިރުވެ ތިބެގެން ކަމަށް ވާއިރު، އެ އަދަދަށް މެމްބަރުން ނެތީސް އެ އިސްލާހަށް ވޯޓަށް އަހައި، ފާސް ކުރި ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރި ކަމެއް ކަމަށް މައްސަލަ ހުށަހެޅި ތިން ބޭފުޅުންގެ ވަކީލުން ފާހަގަކުރި އެވެ.

އެކަމަކު ދައުލަތުން ބުނި ގޮޮތުގައި އެ އިސްލާހަށް ވޯޓަށް އަހާ އިރު 43 މެމްބަރުން ހާޒިރުވެ ތިބޭކަށް ނުޖެހޭނެ އެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ އިސްލާހަކީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އިސްލާހަކަށް ނުވާތީ އެވެ. ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަމަކީ ކޮބައިކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިރު އެ ގަވާއިދުގައި ބުނާ އެއްވެސް ހާލަތެއްގެ ތެރެއަށް އެ އިސްލާހު ނުފެތޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން ތިން ބޭފުޅުންގެ ވަކީލުން ވަނީ ފަނޑިޔާރުންނަކީ ވެސް ރައްޔިތުންގެ ތެރެއިން ބައެއް ނޫންތޯ ސުވާލު އުފައްދަވައިފަ އެވެ. އެ އިސްލާހުގައި ހުރީ ފަނޑިޔާރުން އަމަލު ކުރުން ލާޒިމްވާ ކަންތައްތަކެއް ނޫންތޯ ވިދާޅުވެ، އެ ވަކީލުން ސުވާލު އުފެއްދެވި އެވެ.

ރައްދުގައި ދައުލަތުން ބުނީ އެ އިސްލާހުގައި ހުރި ވާހަކަތަކަށް ބަލާއިރު، އެއީ ހަމައެކަނި އިދާރީ ކަންކަން ކަނޑައަޅާ އިސްލާހެއް ކަމަށާއި އެއީ ކުށާއި އަދަބު ބަޔާން ކުރުން ފަދަ ކަންކަން ބަޔާންކުރާ އިސްލާހެއް ނޫން ކަމަށެވެ.

ދައުލަތުން ބުނި ގޮތުގައި އެ އިސްލާހަށް ވޯޓަށް އަހަން ޖެހޭނީ 43 މެމްބަރުން ތިބެގެން ކަމަށް ބަހުސްގެ ބޭނުމަށް ބެލިކަމުގައި ވިޔަސް، އެ އިސްލާހު ފާސްކުރީ ރަނގަޅަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ އިސްލާހަށް މަޖިލީހުގައި ވޯޓަށް އެހި އިރު ބައެއް މެމްބަރުން މަޖިލީހަށް ހާޒިރުވުމަށް ފަހު، ގަސްދުގައި އެ ޖަލްސާ އަށް ހާޒިރު ނުވެ ތިބުމެވެ. އެހެންވެ، ހާލަތުއްޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ)ގެ ދަށުން އެ އިސްލާހު ފާސްކުރި ގޮތް ރަނގަޅު ކަމަށް ދައުލަތުން ބުންޏެވެ. އަދި މި ވަގުތު އެކަމުގެ ތަފްސީލުތައް މަޖިލީހުން ނުލިބޭ ކަމަށާއި އެކަމަށް ވަގުތު ދޭން ދައުލަތުން އެދުނެވެ.

ދައުލަތުން އެގޮތަށް ބުނުމުން، ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ. އެގޮތުން ގަސްދުގައި ޖަލްސާ އަށް ހާޒިރުނުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އަމަލު ކުރާނެ ޚާއްސަ އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި ވޭތޯ އާއި އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އެފަދަ ހާލަތްތަކުގައި އަމަލު ކުރާ އުސޫލުތަކަކީ ކޮބައިތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނި ގޮތުގައި އެފަދަ އުސޫލެއް މަޖިލީހުގެ ގަވާއިދުގައި މިހާރު ބަޔާން ކޮށްފައެއް ނެތެވެ.

ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތަކެއް

އެ މައްސަލަ ބިނާކުރި އަނެއް ސަބަބަކީ ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތް ގާނޫނުއަސާސީގައި އޮތް އިރު ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، ގާނޫނަކަށް ގެންނަ ބަދަލަކުން އެކަން ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެގޮތަށް ގާނޫނަކުން ބަދަލު ގެނައުމަކީ ގާނޫނުއަސާސީގެ އަސާސީ ސިފައަކަށް ބަދަލު ގެނައުން ކަމަށް އެ ބޭފުޅުންގެ ވަކީލުން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ބައެއް ސުވާލުތައް ރިފްއަތާ ކުރިމަތި ކުރެއްވި އެވެ. ފަނޑިޔާރުން ސުވާލު ކުރެއްވީ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވުމުން އެ ހާލަތުގައި އެއީ މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމެއްތޯ ވިދާޅުވެ އެވެ.

ވަކި ކަހަލަ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ފަނޑިޔާރުންގެ ފުރިހަމަވާންޖެހޭ ޝަރުތެއް ކަމަށް ވާ އިރު، ފަނޑިޔާރަކު މަގާމުގައި ހުއްޓާ އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ އެ ހާލަތުގައި ވެސް އެ ފަނޑިޔާރަކު ވަކި ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ މަޖިލީހުން ތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން މަނާކުރާ ހަމައެއް ނެތް އިރު، ކުށެއް ސާބިތުވާ ހާލަތުގައި މަޖިލީހުން ގޮތެއް ނިންމަން ޖެހޭތޯ ވެސް ފަނޑިޔާރުން ސުވާލު ކުރެެއްވި އެވެ.

ޖަވާބުގައި ރިފްއަތު ވިދާޅުވީ ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތީ އެގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް ފަނޑިޔާރަކު ވަކި ކުރެވޭނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ހަދާ އެއްވެސް ގާނޫނެއް ބާތިލުވާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ އަމަލު ކުރާނެ އުސޫލެއް ގާނޫނުއަސާސީގައި މިހާރު ބަޔާން ކޮށްފައި ނެތް ކަމަށާއި އެފަދަ ހާލަތެއްގައި އޮޓަމެޓިކުން ފަނޑިޔާރަކު ވަކިވާ ގޮތަށް އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަމެއް ކަމަށް ނުވާނެ ކަމަށެވެ. އަދި ވަކި ކަހަލަ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ފަނޑިޔާރުންގެ ހުންނަން ޖެހޭ ޝަރުތެއް ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮތީ ސުލޫކީ މައްސަލަތަކުގައި ފަނޑިޔާރުން ވަކި ކުރުމުގެ އުސޫލުތައް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކީ ޖިނާއީ މިންގަނޑުން ކުށެއް ސާބިތުވާ ހާލަތުގައި އަމަލުކުރާ އުސޫލެއް ކަމަށާއި އެ އިސްލާހު ގެނައީ ރަނގަޅަށް ކަމަށެވެ. ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަން ފާހަގަކޮށް ދައުލަތުން ބުނީ ފަނޑިޔާރަކު ވިޔަސް ކުށެއް ކޮށްފި ނަމަ އަމަލު ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ރައްދުގައި ރިފްއަތު ވިދާޅުވީ އެންމެންނަކީ ހަމަހަމަ ބައެއް ކަން ގަބޫލުކުރާ ކަމަށާއި އަދި ކުށެއް ކޮށްފި ނަމަ އެކަމުގެ އަދަބު ވެސް ލިބެންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެކަމަކު ގާނޫނުއަސާސީގައި ވަކި ޚާއްސަ ރައްކާތެރިކަމާއި އިސްތިސްނާއެއް ފަނޑިޔާރުންނަށް ދީފައި އޮތުމަކީ އެއީ ތަފާތު ކުރުމެއް ކަމަށް ނުވާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އެކަން އެގޮތަށް އޮންނަނީ މުހިންމު މަގްސަދެއްގައި ކަމަށް ވިދާޅުވެ، ރިފްއަތު ވިދާޅުވީ މިހާރު ވެސް ފަނޑިޔާރުންނާ މެދު ބައެއް ޚާއްސަ އުސޫލުތައް އޮންނަ ކަމަށެވެ.

އެގޮތުން ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން، ފަނޑިޔާރުން ހައްޔަރު ކުރާ ހާލަތުގައި އަމަލު ކުރަންޖެހޭނީ އާންމު ރައްޔިތުން ހައްޔަރުކުރާ ގޮތާ ތަފާތުކޮށް ކަން ރިފްއަތު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައީ ވަކި ފަނޑިޔާރުންތަކަކަށް އަމާޒު ކޮށްގެން ކަމަށާއި، އެ އިސްލާހު ގެނައުމުގެ ކުރިން ވަކި ބަޔަކު އިނދަޖައްސާލާނެ ކަމުގެ އިންޒާރު ވެސް އާންމުކޮށް ދީފައި އެބައޮތް ކަމަށެވެ. ރިފްއަތު އެގޮތަށް ވިދާޅުވުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ ރިފްއަތުގެ ވާހަކަތައް ހުއްޓުވައި އެކަމާ ގުޅޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވައިފަ އެވެ.

ރިފްއަތު އިޝާރާތް ކުރެއްވި ވާހަކައަކީ މަޖިލީހުގެ ޖަލްސާގައި ދައްކާފައިވާ ވާހަކައަކަށް ނުވާ ނަމަ، އެއީ އެ މައްސަލައިގައި ރިއާޔަތް ކުރެވޭނެ ކަންކަން ނޫން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖްރާއީ ނުކުތާއެއް

އެ މައްސަލަ މިހާރު ހުށަހަޅާފައި އޮތް ގޮތަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖްރާއީ ނުކުތާއެއް މިއަދު ނެގި އެވެ. ދައުލަތުން ނެގި ނުކުތާއަކީ އެ ބިލް ތަސްދީގު ކުރުމުގެ ކުރިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތުމެވެ. ދުސްތޫރީ މައްސަލަތަކުގެ ގޮތުގައި ގާނޫނުއަސާސީ ބަލަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތައް ނުވަތަ އެއިން ބައެއް ބާތިލްކުރަން ހުށަހަޅާ މައްސަލަތައް ކަން ފާހަގަކޮށް، ދައުލަތުން ބުނި ގޮތުގައި އެ މައްސަލަ ހުށަހެޅީ އެ އިސްލާހު ތަސްދީގުކޮށް ގާނޫނަކަށް ވުމުގެ ކުރިން ކަމަށެވެ. އެހެންވެ އެ މައްސަލަ މިހާރު ހުށަހަޅާފައި އޮތް ގޮތަށް ނުބެލޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ ނުކުތާއާ ގުޅިގެން ފަނޑިޔާރުން ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އިޖްރާއީ އަޑުއެހުން މިހާރު ކުރިއަށް ގެންދަނީ 43 މެމްބަރުން ނެތި އެ އިސްލާހަށް ވޯޓަށް އަހާފައިވާ މައްސަލަ ވެސް އެ މައްސަލައިގެ ތެރޭގައި ހިމަނާފައިވާތީ ކަމަށެވެ.

އެ މައްސަލައިގެ ބައެއް ކަންކަން ސާފު ކުރުމަށް ފަހު ޖަވާބުދާރީވުމަށް ފުރުސަތަކަށް ދައުލަތުން އެދުމުން މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދިނުމަށް ފަހު އެވެ.

45 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާ

19 March 2018

މެންބަރުން އަމިއްލަ ގޮނޑިގެއްލިއްޖެކަމަށް ވޯޓުދެނީ ފަނޑިޔާރުން ފަނޑިޔާރުންގެ ގޮނޑިގެއްލިއްޖެކަމަށް ނިންމަނީ ނޫނޭ ގަޓުއެބަހުރި ރަނޑު އަންހެނުންނަށްވުރެ ފިނޑިވެއްޖެދޯ ހަހަހަހަ

The name is already taken The name is available. Register?

ނަޝޭމަން

19 March 2018

"އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައީ ވަކި ފަނޑިޔާރުންތަކަކަށް އަމާޒު ކޮށްގެން ކަމަށާއި، އެ އިސްލާހު ގެނައުމުގެ ކުރިން ވަކި ބަޔަކު އިނދަޖައްސާލާނެ ކަމުގެ އިންޒާރު ވެސް އާންމުކޮށް ދީފައި އެބައޮތް ކަމަށެވެ. ރިފްއަތު އެގޮތަށް ވިދާޅުވުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ ރިފްއަތުގެ ވާހަކަތައް ހުއްޓުވައި އެކަމާ ގުޅޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވައިފަ އެވެ." މިވާހަކަ ހުއްޓުވީ ކީއްވެބާ؟

The name is already taken The name is available. Register?

ކަޅުބެ

19 March 2018

އަމިއްލަ ބާލީހަށް ދައުލަތުން މުސާރަނައިގެން ލައްވާ ކަފައަށް ކިޔަނީ ބަންޑާރަ ކަފަ. ތިޔައީ އެގޮތަށް ހިގާފައިއޮތްކަމެއް. ތިޔައީ އައި ރުޅީގައި ގާނޫނު އަސާސީއާ ޚިލާފަށް ފާސްކޮށްފައިވާ ބާތިލް ގާނޫނެއް.

The name is already taken The name is available. Register?

އިދުރީސް

19 March 2018

މި ގައުމު އިތުރައް ހަލާކުގެ ތެރެޔައް ވައްޓައިނުލާ ﷲ ހަދުމަކޮއް އެންމެ މީހެއްގެ ހައްގައްވުރެ މުޅިގައުމާ ރައްޔަތުން އިސްކޮއް އަދުލުވެރި އިންސާފްވެރި ހުކުމެއް އިއްވަވާ ﷲ ހިމާޔަތް ކުރައްވައިފި މީހަކައް ހިމާޔަތާ ރައްކާތެރިކަން ލިބިގެންވެ. ކެރިވަޑައިގެން ގައުމު ސަލާމަތް ކޮއްދެއްވާ ރައްޔިތުންގެ އާދޭސް އަޑު އައްސަވާ

The name is already taken The name is available. Register?

އަދުލު

19 March 2018

އެންމެ މީހެއްގެ ހައްގެއްނޫން. އެންމެ މީހެއްގެ ވައްކަމާއި ކޮރަޕްޝަން ފޮރުވުން

The name is already taken The name is available. Register?

ވަކިވުން

19 March 2018

ވަކިކުރުމާއި ވަކިވުމުގެ ތަފާތު ދަސްކޮށްލާ. ފަނޑިޔާރަކު މަޤާމުގަ ހުއްޓާ މަރުވެއްޖެނަމަވެސް، ހަމަ ޤާނޫނު އަސާސީގަ ބުނެފައިވާ ގޮތަށް ޖޭއެސްއީ އިން ފާސްކުރުމަށްފަހު، މަޖިލިހުން އޭނާ ވަކިކުރަންޖެހޭނެތޯ؟ ނުޖެހޭނެ. އެއީ މަރުވުމަކީ ޤާނޫނު އަސާސީގަ ބުނެފައިވާފަދަ ސުލޫކީ މައްސަލައަކަށް ނުވާތީ. ނުވަތަ ދިމާވާ ކަމަކުން ބުއްދި ގެއްލިއްޖެނަމަ، ހަމަ ޤާނޫނު އަސާސީގައިވާ ގޮތަށް ވަކިކުރަން ޖެހޭތޯ؟ ނޫން. އެއީ އޭނާގެ ކުށެއް އެކުލެވޭކަމަކަށް ނުވާނަމަ މިވެސް ސުލޫކީ މައްސަލައަކަށް ނުވާނެ. ޤާނޫނު އަސާސީގަ ލިޔެފައިވާ ދެލިގަނޑުގެ އިތުރުން ކޮންސްޓިޓިއުޝަނަލް އެހެން ސޯސަސް ހުރިކަން ހަމަ ނޭނގެނީތޯ؟ ޤާނޫނު އަސާސީގަ އެބަ އޮތްތޯ ދެން ހަދާ ޤާނޫނު އަސާސީއެއް އެކުލަވާލުމުގަ ޢަމަލުކުރަންޖެހޭނެ ގޮތެއް ބަޔާންކޮށްފަ؟

The name is already taken The name is available. Register?

ޓަގެތް

18 March 2018

ލިޔަންކިޔަން ނުދަންނަ މީހުންކައިރީ އޭޖީ ވަކީލުން ތިޔަހެން ކިޔަންވީނު. ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް ފާސްކޮށްފައިވާ ޤާނޫނަކަށްވާއިރު ކިހިނެއްތޯ ބުނެވޭނީ އެރަނގަޅޭ.

The name is already taken The name is available. Register?

މަރޭމިތުރާ

18 March 2018

ގާނޫނުގަވީ އެއްގޮތެކޭ އެހެނަސް ހަތްގޮތެކޭ!..ގާގާނޫގާނޫނު މިކޯޓުން މާނަކުރާގޮތް ބަޔަކަށްނޭނގޭ!

The name is already taken The name is available. Register?

ވާލުސޮރު

18 March 2018

1 ފެބްރުއަރީގަ ސްޕްރީމް ކޯޓުން ނެރުނު އަމުރުގަ ސޮއިކުރެއްވި ހުރިހާ ފަނޑިޔާރުންގެ މައްޗަށް ތިޔަ ޤާނޫނު ހިންގުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެއްކަމުގަ މަ ދެކެނީ! ވަގުތާ ޙާލަތުގެ ގޮތުން ބާކީ ތިއްބެވި 3 ފަނޑިޔާރުންގެ އިސްތަށިފުޅުގަ "މައުސޫމް ކަމުގެ ތާޖު" ސަރުކާރުން މިވަގުތު ތުރުކޮށްދީފަ ވީނަމަވެސް ސަރުކާރަށް "ވަފާތެރި" ކަންމަތީ ތިއްބެވި ކުރީގެ ނައިބު ރައީސުންނާ ޕޮލިސް ކޮމިޝަނަރުންނާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާ ބައެއް ސިފައިންނާ ފުލުހުން ނަށް "ސަރުކާރުން ކުރެއްވި އިތުބާރު" ތިޔަ ފަނޑިޔާރުންނާމެދުވެސް ކުރައްވައިފިނަމަ ދެން ވާނެގޮތް އެއްވެސް ދިވެއްސަކަށް މިހާރު އޮޅިފައެއްނުވާނެ.

The name is already taken The name is available. Register?

ހަސަން

18 March 2018

ތިޔާ ބުނީ ހަމަ ހެޔޮކޮށް ... ބާކީ ތިބި ތިން ފަނޑިޔާރުން ހިކުމަތްތެރި ކަމާއި އެކު " ހުއްޓުވަން " އެހީތެރިވެދޭނެ ކަމުގައި އުއްމީދު ކުރަން.

The name is already taken The name is available. Register?

އަލީގ

18 March 2018

މެންބަރުން އަމިއްލަޔައް ފިޔަ ކޮށާލަން މަޖުބޫރުވީގޮތައް ފަންޑިޔާރުންނައްވެސް އަމިއްލަޔައް ފިޔަ ކޮށާލަން މަޖުބޫރުވީތާ.

The name is already taken The name is available. Register?

ހަސަން

18 March 2018

ވަރަށް ހިނުވޭ ފަނޑިޔާރުން އަމިއްލައަށް ކަރަށް މަޅި މަހާލާނެހެން. އެމީހުންވެސް މިއަދު އެދެނީ ރަށްޔިތުންގެ ތާއީދު. މިހާރު މިދަނީ ކަންމައްޗަށް .. މިޔެއް ދެނެއް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ބޮޑުރިޔާ

18 March 2018

ދެންއަންސަރުކާރަކުން ފަޑިޔާރެއްދުއްވާލަން ބޭނުންވެއްޖެނަމަ ބޮލަށް ކަމެއްމަހާލާފާ ދުއްވާލަންވީ އެއީ މިކަހަލަ ގާނޫނުތަކުގެ ނުރައްކަލަމީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454