މަހްލޫފްގެ ދެވަނަ މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ދައުވާކުރާ ދެވަނަ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ފަސްކޮށްފި އެވެ.


މިހާރު ވެސް ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހްލޫފްގެ މައްޗަށް ކުރާ މި ދައުވާއަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ވަދެ، ބެރިކޭޑްތައް ކޮއްޕާ ހެދި ކަމަށް ބުނެ ކޮށްފައިވާ ދައުވާއެކެވެ. ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ މި މައްސަލާގައި ކުރާއިރު މިހާރު ހުކުމް އިއްވާފައި ވަނީ ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ.

މިއަދު މެންދުރު ހުކުމް އިއްވަން ހަމަޖައްސާފައި އޮތަސް މިހާރު ވަނީ ހުކުމް ކުރުން މާދަމާއަށް ފަސްކޮށްފަ އެވެ.

މަހްލޫފް މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ. އެކަމަކު އެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަން ނުގެއްލެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.