14 އެޕްރީލް 2018 - 11:41
ރާއްޖެ އާއި އައިވަރީ ކޯސްޓާ ދެމެދު ސިޔާސީ ގުޅުން މިއަދު ގާއިމްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އދ. އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރާއި އައިވަރީ ކޯސްޓުގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބު ބާނާޑް ޓަނޫހް-ބޫޗޯއާ ކަމަށެވެ.
އައިވަރީ ކޯސްޓާ، ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި އިރު، އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ކުދި ގައުމުތަކުގެ ވޯޓު ހޯދުމުގެ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ. އެ ކެމްޕޭންގެ ދަށުން، ވަރަށް ފަހުން ވަނީ ޒެމްބިއާ އެކު ވެސް ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.
އައިވަރީ ކޯސްޓާއެކު ރާއްޖެއިން މިހާތަނަށް ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކުގެ އަދަދު 167 އަށް އަރަ އެވެ.
އައިވަރީ ކޯސްޓަކީ ހުޅަނގު އެފްރިކާގެ ގައުމެކެވެ. އާބާދީގައި ގާތްގަނޑަކަށް 24 މިލިއަން މީހުން އުޅޭ އެ ގައުމުގެ ގިނަ މީހުންނަކީ މުސްލިމުންނެެވެ. ސިޔާސީ ގުޅުން ގާއިމްކުރުމުގެ ކުރިން ވެސް ރާއްޖެ އާއި އައިވަރީ ކޯސްޓަކީ ގުޅިގެން މަސައްކަތް ކުރި ދެ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
15 April 2018
ދުނިޔޭގެ ބަޑަށް ޖެހިފައިވާ ހުރިހާ ޤައުމަކާ އެކު ސިޔާސީ ގުޅުން ބަދަހި ކުރީމާ މިރާއްޖެ ޓޯކިއޯ އަށް ބަދަލުވާނެ !
ނެރު
15 April 2018
ރާއްޖެ އާއި އައިވަރީ ކޯސްޓާ ދެމެދު އަނެންކާ ފާހާނާ ހޮޅި އެޅީބާ
އަލިހަންޑޯ ޓޮލޭޑޯ
15 April 2018
އދ ގައި ވޯޓު ބޭނުމިއްޔާ ކުރިން ގަތަރާއިއެކު އޮތް ސިޔާސީ ގުޅުން އިއާދަކުރޭ.
ފަލަޑޭ
14 April 2018
ޑުރޮގްބާ! އެކުވެރިވީ
ނަކަސް
14 April 2018
ޗައިނާ ދައްކާމަގުމް އެގްރިކީއަށް
ދަތްނެތްކުއްޖާ
14 April 2018
ތިހާ ވަރަށް ގުޅުން ބަދަހި ކޮއްގެން ދޮތަ އދ ގެ ގޮނޑި އެއް ހޯދެނީ. އެފްރިކާ ބައްރުގެ ބަނޑަށް ޖެހިފައިވާ ހުރިހާ ޤައުމު ތަކާއި ގުޅުން ބަދަހި ކުރެވޭނެ ކުޑަ ފައިސާ ކޮލެއް ދީގެން. ދެން ހުރިހާ ކުދިން ބާރަށް ގުނަވަންތައްޖަހާ.
ވެށިފެހި
14 April 2018
އަނެއްކާ އަނެއް ޓޯކިއޯއާ ގުޅިއްޖެ.
ޔައުނީ
14 April 2018
މިއީ ބެލްޓް އެންޑް ސިލްކް ރޫޓްގެ ދަށުން ޗައިނާއިން އިންވެސްޓް ކުރާ ގައުމެއްބާ؟
އުމަރު
14 April 2018
ދުނިޔޭގެ ގައުމުތަކުން ބޮޑެތި ގައުމުތަކާއި ގުޅުން ބަދަހިކުރަމުން ގެންދާތަން ފެންނަނީ، އެކަމަކު ރާއްޖެ ރައީސް ޔާމީނުގެ ސިޔާސަތު ދަމަހައްޓަން ގުޅުން ބަދަހިކުރަނީ ކުދި ކުދި އަދި ފަގީރު ގައުމުތަކާއި، ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކާއި ގުޅުން ބަދަހިކުރަން، އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކާއި ގުޅުން ބަދަހިކުރަން، އޭގެ އިތުރުން ދުނިޔޭގެ ނުފޫޒް ގައުމުތަކާއި އެކު ގުޅުން ބަދަހިކުރަން، ރައީސް ޔާމީނުވަނީ އެމެރިކާއާއި ދުރައްޖެހިފައި، މުޅު ޔޫރަޕާއި ދުރަށްޖެހިފައި، އިންޑިއާއާއި ދުރަށްޖެހިފައި، އޭގެ އިތުރުން ކޮމަންވެލްތުގެ ގައުމުތަކާއި ދުރަށްޖެހިފައި، ދިވެހިރާއްޖެ ހާރިޖީ ސިޔާސަތުވަނީ މީގެ 20 އަހަރު ފަހަތަށްޖެހިފައި، އެއީ ހަމަ ކޮރަޕްޝަނާއި ފަސާދަ، ޤާނޫނު އަސާސީއާއި ހިލާފްވުމަށް މަގުހުޅުވުމަށް، އެކަމާއި ވާހަކަ ދައްކާ ގައުމުތަށްވެސް އެކަހެރިކުރަމުން
ރަދީފް
14 April 2018
އަވަަހަށް ޑްރޮގްބާގެ ބޮލުގަ ބަޑިޖައްސައިގެން ރާއްޖެގެނޭ ، ގެނެސް ގައުމީ ފުޓްބޯޅަ ޓީމް ހަވާލުކުރުމަށް ގޮވާލަން.