މާލޭގެ އުޑުމަތި ބަނަކޮށްލާފައި: މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައި.--ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މެއި 2018 - 16:25
ދިޔަވަރު ބޮޑުވާ ވަގުތު މިރޭ އުދަ އަރާފަނެ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އުތުރާއި މެދުތެރެ އަދި ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވެނީ އިރުއޮއްސި 6:30 އިން ފެށިގެން ރޭގަނޑު 9:20 ދެމެދުގަ އެވެ.
މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އެހެންވެ މޫސުމަށް ސަމާލުވަން ދިނުމަށް އެދޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy