ރޯދަ މަހުގެ ރޭތައް އިހްޔާކުރަން ބޭއްވި ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ: މިނިވަންކަން ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށް ވިދާޅުވި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
26 ޖުލައި 2016 - 11:06
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނީ ހަތިޔާރުއެޅި ލަޝްކަރަކުން ހަމަލާދިނުމުން އެކަނި ނޫން ކަމަށާއި ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައިވުމާއި ބޭރުގެ ބޮޑެތި އިގްތިސާދީ ބާރުތަކުގެ ނުފޫޒުގެ ދަށުވުމަކީ ވެސް މިނިވަންކަން ގެއްލިދާނެ ކަަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 51 ވަނަ މިނިވަންދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި މައުމޫން ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކިތަންމެ ކަމެއް ކުރިމަތިވެދާނެ ކަމަށެވެ. އޭގެ ތެރޭގައި ހަމަނުޖެހުންތަކުގައި ރައްޔިތުން ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލުމާއި ހައްދުފަހަނައަޅާފައިވާ އޮއިވަރުތަކުގެ ބާރުގަދަވެ، ގައުމުގައި އޮތް ދީނީ ވަހުދަތު ގެއްލިގެން ދިއުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ބޭނުން ނަމަ އަޅުގަނޑުމެން ދިވެހިން ތިބެން ޖެހޭނީ މިހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެންނެވެ. މިފަދަ ކަމެއް ރާއްޖެ އަށް މެދުވެރިވިޔަ ނުދިނުމަށް ނުހަނު ވަރުގަދަ އަޒުމަކާ އެކު ކަމަރު ބަނދެގެންނެވެ،" މައުމޫން ވިދާޅުވި އެވެ.
މިނިވަންކަމަކީ ގައުމާއި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ނިއުމަތް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ލިބިފައި އޮންނަ މިނިވަންކަން ދެމެހެއްޓުމަކީ މިނިވަންކަން ހޯދުމަށް ވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި އޮންނައިރު، ދިވެހި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށް ވެސް ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ.
ގައުމީ އަދި ފަރުދީ ފެންވަރުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޮތްއިރު ބައެއް ދިވެހިންގެ ސަބަބުން މިނިވަންކަމަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތެވެ. ދިވެހި ގައުމީ މަސްލަހަތުގެ މައްޗަށް އެއްވެސް ބައެއްގެ މަސްލަހަތު އިސްކޮށްގެން ނުވާނެކަން އަޅުގަނޑުމެން ދަންނަން ޖެހެ އެވެ،" މައުމޫން ވިދާޅުވި އެވެ.
އަދި އެކަން ކުރަން ޖާގަ ނުދިނުމަށް ވެސް މައުމޫން އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުއްދި
26 July 2016
ބޯލަނބަންވީ ބޮޑެތި ބާރުތަކަކަށް ނޫން. ބޯލަނބަންޖެހޭނީ އިސްލާމީ ޝަރީޢަތާ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް. މިގޮތުގާ ހަރުދަނާވެ ހުރިއްޔަކާ ގުޑުވައެއް ނުލެވޭނެ. އެވެރިން ބުނާ އެއްގޮތް ހެދިއްޔާ ހާސްގޮތް ކިޔައި، އެގޮތްތައް މަޖްބޫރު ކުރާނެ. ޔާމީން އަށް ތާއީދު.
މޭކަޕް
26 July 2016
ހަމަނުޖެހުން އުފައްދަން ނަގޫ ފިތާފައި މަތި އޮމާންކުރަން އުޅެނީ.
ތުއްތުބޭބެ
26 July 2016
ސާބަސްފުޅު މައުމޫން ! މަނިކުފާނު "ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު ފެއްޓެވިއިރު ގިނަރަށްރަށުގެ ރަށުއޮފީސްތައް ހިނގަމުން ދިޔައީ ކޮންމެވެސް މީހެއްގެ ދަނޑިފަނުންއަޅާފައިވާ ގެއެއްގެ ކުޑަ ކޮޓަރިއެއްގައެވެ. މިސްކިތްވެސް ރައްޔިތުން ދަނޑިފަނުން 40 މީހުންގެޖާގަކިރިޔާ ހުންނަވަރުގައި އަޅާފައިވެއެވެެ. 200 ރަށުގައި އޮފީހާއި މިސްކިތް އެރަށެއްގެ މީހުންތިބި ނިސްބަތުގެ ބޮޑުމިނުން ރަގަޅުފެންވަރުގައި އަޅުއްވާ މުޅިރާއްޖެ ތައްޤީކުރެއްވީ ބޭރުބަޔަކަށް ރާއްޖޭގެ އެއްވެސްތަނެއް ވިއްކާ ،ދީ ހަދައިގެންނެއްނުން. ރާއްޖޭގެ އެއްމެން ، ކޮޓަރިހަދާ ގެނެސްއެތަނަށްލާ އެއްމެފަހުން މީހުން އުޅުނު ރަށްވެސް ބޭރުބަޔަކަށް ވިއްކާ މުޅިޤައުމު ބޮޑުއަގުގަވިއްކާ ފައިސާތަަކަށް ވީގޮތެއްނޭގުމުން ރައްޔިތުން ރަހީނުކުރުމަށް ރާއްޖެ ގަތްމީހިން ނިންމުމުގެކުރިން ސަލާމަތްވޭތޯ މަސައްކަތްކޮށް ދުޢާކުރާށެވެ.ކާމިޔާބުވާނީ ހައްޤަށެވެ. ޢާމީން
ޒާހިރު
26 July 2016
51 ވަނަ މިިނިވަން ދުވަސް ފާހަގަކުރާއިރު ޤައުމުގެ މިސްރާބުހުރީ އަޅުވެތިކަމާ ދިމާލަށް. މި ސަރުކާރުން މިހާރުވެސް އެދަނީ ރާއްޖޭގެ ރައްތަކާ ބޮޑެތި ސަރަހައްދުތައް ބޭރުގެ ބާރުގަދަ ޤައުމުތަކަށް ވިއްކާލުމުގެ ކަންކަން މަގުފަހިކުރަމުން. މިހާރު ބޭރު ބައެއްގެ އަޅުވެތިކަމުގައި ނެތަސް ރާއްޖޭގެ ރައްޔިތުން ތިބީ ސަރުކާރުގެ އަޅުވެތިކަމުގަ.
ފާތުމަ
26 July 2016
މަނިކުފާނު މިއަދު މިނިވަންތޯ؟ ހަމަ ތިހެން ހުންނަން ޖެހޭނީ ކުކުރާލަ ކުކުރާލަ
ާްއަހުމަދު
26 July 2016
މިގައުމަށް ބޭނުންވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެފަދަ ކަމެއް ނުކުރައްވާނެ ވެރިއެއް. އަދި ރާއްޖެވިއްކާލާފަ ލިބޭފައިސާއިން ތިމާޔަށް ބޮޑެތި އަދަދުތަކުން ބައި އެޅޭނެކަން ޔަގީން ވިއަސް އެފަދަ ޤާނޫނުތަށް ހެދުމަށް ދެކޮޅުހަދަން ކެރޭ މެމްބަރުން.
އުމަރު
26 July 2016
ރަނގަޅު ވާހަކަފުޅެއް، ބޭރުގެ ބާރުތަކައް ފުރަގަސްދެންޏާ މިނިވަންކަން ގެއްލިދާނެ
ހާދާލު
26 July 2016
މައުމޫން ވެސް އަނގަ ނުތަޅާ ކޮއްކޯފުޅު އަތުން މިގައުމު ސަލާމަތް ވޭތޯ އުޅެ ބަލަ.......
ރައުނާ
26 July 2016
ޗައިނާ އާއި ސައޫދީ އަށް ޤައުމު ވިއްކާލަާ ވާހަކަ އެއީ
ސަލީފް
26 July 2016
މަނިކުފާނު ތިޔަ އިސާރާތްކުރައްވަނީ ޗައިނާ އަށްތޯ؟ މަނިކުފާނުގެ ވެރިކަމުގައި ބްރިޖު ނޭޅީ ނޭޅިގެން ނޫންކަން ... ދެއްތޯ؟ ތައްޕާހަށް ވެއްޓީ މިނިވަންކަން ނަގާނުލާންވެގެން އެފަދަ މަޅިއެއްގައި ނުޖެހުނީ ދެއްތޯ؟