ހުޅުމާލޭގައި މިދިޔަ ހަފުތާގައި އެކްސިޑެންޓް ހިނގި ސަރަހައްދަށް މީހުންތަކެއް ޖަމާވެފައި: މިރޭ ވެސް ވަނީ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައި ފޮޓޯ: މިހާރު
09 ޖޫން 2018 - 23:22
ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސްވި ދެ ޒުވާނުންގެ ތެރެއިން އުމުރުން 24 އަހަރުގެ މީހާ ދެންމެ މަރުވެއްޖެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވި، ދަފްތަރު ނަމްބަރު 1159، މުހައްމަދު ސޮބާހް ހުސެއިނަކީ ޖޮގިން ނިންމާފައި ހިނގާފައި ދިޔަ މީހާ އެވެ. މި އެކްސިޑެންޓުގައި ސޮބާހްގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ވީ، އުމުރުން 18 އަހަރުގެ ދެ ޒުވާނަކު ދުއްވި ސައިކަލް ގޮސް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހުޅުމާލޭގައި ދިރިއުޅުނު ސޮބާހް އަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި އާކިޓެކްޓުގެ ދާއިރާ އިން ފަސްޓް ޑިގްރީ އަށް ކިޔަވަމުން އައި ޒުވާނެކެވެ. މިއީ އޭނާގެ ކިޔެވުމުގެ ފަހު އަހަރު ވެސް މެ އެވެ.
މިރޭ 9:00 ހާއިރު އަމީން އެވެނިއު ކައިރީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން، ސައިކަލް ދުއްވި އުމުރުން 18 އަހަރުގެ އެކަކަށް ފަރުވާ ދިނުމަށް ވަނީ އޭޑީކޭ އަށް ގެންގޮސްފަ އެވެ. ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ވެސް ގެއްލުންތަކެއް ވެފައިވެ އެވެ. އަނެކަކަށް އެހާ ބޮޑު ގެއްލުންތަކެއް ނުވެ އެވެ.
ހުޅުމާލޭގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
10 June 2018
ހިވަނީ ނަމުގަ ކޮމެއްޓު ކުރިފަރާތުގަ ދަންވަން ހުޅުމާލެވިއަސް، އައްޑުވިއަސް އަދި އެންތަނެއް ކަމުގަވިއަސް، މަގުމައްޗައް ނިކުމެ އެބުރި ގެއައްނުވަދިވޭވަރު ނުރައްވީމައި އެތަނެއް ދޫކޮއް ދިއުމައް ވުރެ ބުއްދިވެރި އެހެންގޮތެއް އެބަ އޮތްހޭ؟ ގައިމު ތިކަމަކީ އަމިއްލަ ފަރުދަކައް ވާނެކަމެއްނޫން! ފުލުހުންނައް ތިކަން ރަގަޅު ކުރެވޭނެނަމަ، އެލަކިން އެތަންހާސް ބަޔަކައް ލައިސަންނުދެނޭނެ! މިބުނީ ފުލުހުން ލައިސަންސު ދޭވާހަޔެއް ނޫން! އެވަރު ބާރުގަ ސަރުކާރުން ލައިސަންސު ދީފަ ތިބޭ ޒުވާނުން ފުލުހުންނައް ނުހުއްޓުވޭނެ ވާހަކަ
އޭނަ
10 June 2018
ބަލަގަ މައްސަލަ އަކީ ގަވައިދާ ހިލާފަށް ބާރައް ދުއްވުމޭ.. އެހާ ބާރަށް ނުދުއްވާ ބަލަ. ދެން ބަޔަކު ގަވައިދައް ހުރުމަތްތެރިކޮށް ނުހަދައިގެން ބޮޑު ގެއްލުމެއް ލިބުނީމަ ކުއްވެރިކުރަނީ ފުލުހުން. ކޮބާދަ ފަރުދީ ޒިއްމާ؟ ބޯހަލާކު.
ޔަހޫދީ.
10 June 2018
މިސަރުކާރުން ބޭނުންނުވާ ކަމެއްވިއްޔާ ފަރުދީ ޒިންމާ. ހުރިހާމީހުން ބަލިނުވެ މާރާމާރީ ނުހިންގާ ވައްކަންނުކޮށް އުޅެވޭނަމަ ކީއްކުރާގާނޫން އަސާސީއަކާ ސަރުކާރެއް.
މަނީޝް
10 June 2018
މިފަހަރު ކުށްކުރިމީހާވެސް ތިއޮތީ ފެންނަން ތަހުގީގެއް ބޭނުމެއްނުވޭ. ދައުވާ ކުރަން ފޮނުވޭނެތަ.
ރައްޔިތުން
10 June 2018
ރަންކޮޅާ ނުދުއްވެނީ ހަމަ..
ތިމާވެށި
10 June 2018
ރަންކޮޅާ ބާރައް ދުއްވާ މީހުނާ ދެކޮޅައް ކަމެއް ނުކުރެވެނީއެވެ. އެކަމު ސިޔާސީ މީހުން ފަސޭހަކަމާ އެކު ކޮންޓްރޯލް ކުރެވެއެވެ. ބޭނުން ކަން ކަން ކުރެވެއެވެ.
ވަހީދު
10 June 2018
ސަރުކާރުން ކަމެއްކުރަންވީމަ ފުލުހުންވެސް ތިމަންނަ ތަބާވާނީ ޕައްލަންބެއަށޭ ކިޔާފަވެސް އެކަމެއް ކުރާނެ.
ބްލޭމް ގޭމް.
10 June 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ޕްރޮޕަގެންޑާ ފަތުރަން ލައިސަންސް ހައްގުނުވާ މީހުނަށް އެބަހައި މަގުމަތި އިތުރަށް ތޮށްޖެހި ނުރައްކާތެރި ވާ ގޮތަށް ކަންތައް ކުރުމަކީ ސަރުކާރުގެ ޒިންމާދާރު ކުޑަކަން ދައްކައި ދޭ ކަމެއް. މަގުމައްޗަށް ނިކުމެ އުޅޭ އިރު މަގުގެ ބޭނުން ހިފާ އެހެން މީހުނަށް ބަލައިގެން މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ފަރުދީ ޒިންމާއެއް. އެކަމު ފަރުދީ ޒިންމާ އަކީ މި ރާއްޖެއަށް ބީރައްޓެހި އެއްޗެއް ދޯ. ކަމެއް ވާއިރަށް ސަރުކާރު ކުށްވެރި ކުރާ ކަށް ވެސް ނުޖެހޭ.
އަބްދުﷲ ޖަލީލު
10 June 2018
ކިހާދެރަ. ރޭގަވެސް މީހެއްގެ ފުރާނެ އެދިޔައީ ހަމަ އެއްލަކިން. ޓްރާންޕޯރޓް އޮތޯރިޓީގެ މަތީ މަގާމުތަކުގައި އެތިބަ މީހުން އެތިބީ މާމޮޅު ކަމަކަށް ހަދައިގެން އެއްލަކިން ލައިސަންސް ދިނުމުގެ ކަންތައް ކޮށްފަ. ކޮބައިތަ އެއްލަކި ތައާރަޕްކުރި މުހައްމަދު ސައީދު. އޭނަ ޖެހޭނެ މިކަމުގެ ފުރިހަމަ ޒިންމާ ނަގަން.
ޙުޅުބު
10 June 2018
އެއްލަކިން ލައިސަންސް... ދެން އަތްޖަހާ
ހަސަނު
10 June 2018
ހުޅުމާލެ މަގުތައް ފުޅާ ވެފާ ހިނގާމީހުންނަށް ޖާގަ ކިތަންމެ ބޮޑަސް ހުޅުމާލޭ މަގުތަކުގާ އެބަ ހުރި މައްސަލަ.. ސްޕީޑް ބްރޭކަ ނެތުމާ، ގޯޅީއަޅާ ދިމާލުން މާ ކައިރީގާ ޒިބްރާ ކުރޮސިން ހުރުމާ، ބާރަށް ދުއްވާ މީހުންނަށް އެއްވެސް ކަމެއް ނުކުރެވުމާ، ރަށުތެރެ ނުބެލެހެއްޓުމުގާ ފަރުވާ ކުޑަ ވުމާ، ރޭގަނޑު މުޅި ރަށް އަނދިރި ކޮށް އޮތުމާ، ޖަހާފަ ހުރި ބައްތިތަކުން ވެސް މަގުތަކަށް އަލިކަން ލިބެންވާ ވަރަށް ގާތަށްވެސް އަލިކަން ނުލިބުމާ، މިހެން ގޮސް ކިތަންމެ މައްސަލަ އެއް އެބަ ހުރި.... މީގެ ކުރިން ހޫލުމާލެ އަކީ މަދު ބައެއް އުޅުނު ތަނެއް ނަމަ ވެސް މިހާރު ހުޅުމާލެ އަކީވެސް ފުރި ބާރު ވެފާ އޮތް ތަނެއް.. ސަލާމަތީ ކަންކަން ވަރަށް ރަނގަޅު ކުރަނ ްޖެހޭ....
ޢަހުމަދުބެ
10 June 2018
ޙިނގާފަދިޔަ ޒުވާނާގެ އާއިލާއިން މައާފުދިނަސް ބާރުސްޕީޑުގަ ދުއްވާ މީހަކު މަރާލި މީހާއަށް އަދަބުދޭންޖެހޭ ދިރިތިބިމީހުންގެ ހައްގުގަ