ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ސަރަހައްދަށް މީހުންތަކެއް ޖަމާވެފައި. ފޮޓޯ: މިހާރު
04 ޖޫން 2018 - 11:46
ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ހަވީރު ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުންގެ ތެރެއިން އެކެއްގެ ހާލު އަދިވެސް ވަރަށް ސީރިއަސްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހަދާ ފްލެޓް އިމާރާތުގެ ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވަނީ 33 އަހަރުގެ ޒުވާނަކަށެވެ. މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އެ ޒުވާނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އެ ޒުވާނާގެ ސިކުނޑި އަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އަދި އޭނާގެ އޮޕަރޭޝަނެއް ކޮށްފައިވާ އިރު އަދިވެސް އޮތީ ހޭނައްތާފައި ކަމަށް އެނގިފައި ވެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްްޕިޓަލަށެވެ. އެކަމަކު ހާލު ސީރިއަސްވުމުން އެކަކު، ޓްރީ ޓޮޕް ހޮސްޕިޓަލަށް އަދި އަނެއް މީހާ އޭޑީކޭ އަށް ބަދަލު ކުރީ އެވެ.
އެކްސިޑެންޓުގައި ދެން ޒަހަމްވި މީހާގެ ހާލު ރަނގަޅު ކަމަށް އެނގިފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ.
އެ ރޭ ހުޅުމާލޭ ނިރޮޅު މަގު [ބޮޑުމަގު] ން ހިނގާފައި ދިޔަ ދުވަސްވީ މީހެއްގެ ގައިގާ ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި އެ މީހާއަށާއި ސައިކަލް ދުއްވަން އިން މީހާ އަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި ހަމަ އެރޭ ހުޅުމާލޭ ދެ ވަނަ ފޭސްގައި ހިއްކާފައިވާ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަނީ ޒަހަމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާ ތަހުޒީބު
10 June 2018
މި ކުދިންގެ ގެ ބެލެނިވެރިން ގެ ޒިންމާ ކޮބާ؟ ހަމަ ކަމެއްވާއިރަށް ކޮންމެސް އެއްޗެކޭ ކިޔާފަ އެއިރެއްގަ އޮންނަ ސަރުކާރަށް ފޫޅު ކެނޑިޔަކަސް ނުވާނެ. %100 ބެލެނިވެރިން ނަގަން ޖެހޭނެ. ދެވިފައިވާ ތަރުބިއްޔަތާ އެއްގޮތަށް އެކަން އެދަނީ.......
ޭއެޅަބެއްޔާ
04 June 2018
އެކްސިޑެންޓް މަދުވާނީ 1ލަކި ކީއްކުރަން އެއްވެސް ލަތްކެއް ނެތި ޒުވާނުްގެ ވޯޓް ކޮޅު ހޯދަން ދޭގޮތް ހެދުމުން
އެއްލަކިންލައިސަންސް ޔޭ!!!
04 June 2018
ހެލްމެޓް އެނަންޔެއް ނޫން އަޅަންވީކީ! ލައިސަން ދިނުން ސްޓރިކް ވާންވީ! ފަރުވާކުޑަ އަދި ކުށް ކުރާ މީހުންގެ ލައިސަން ހިފަހައްޓަންވީ! ލައިސަން ދޭންވީ ދުއްވަން ކިތަންމެ މޮޅަށް އިންގުނަކަސް ސޭފް އެނޑް ރެސްޕޮންސިބަލް ޑްރައިވަރުންނަށް!!!
ނަނާ
04 June 2018
ހޮސްޕިޓަލްގައި ކޯމާގައި އޮތް މީހާގެ ކުށެއް ނެތް، ދުއްވީވެސް މަޑުންކަމަށް ކަމުގެ މައުލޫމާތު އިނގޭ މީހެއް ކިބައިން އަޑުއެހިން. މީހުނާ ދިދިމާލަށް ހިތުހުރި ކޮމެންޓެއް ނުކުރުން މުހިންމުދޯ ވާނުވާބަލާފަ ނޫނީ؟ އެކަމަކު ހެލްމެޓު އެޅުން މަޖުބޫރުކުން މުހިންމު، ހާއްސަކޮށް މާލޭ/ހުޅުމާލޭގަ.
އަލީ ނަސީމް
04 June 2018
ބަލަ ބާރައް ނުދުއްވިއްޔާ، ފިރިހެނަކައް ނުވެޔޭ. ބިޓުން ކައިރީގަ އަގު ވެއްޓެޔޭ! މަރުވިޔަސް ހަމަ ބާރައް މަ ދުއްވާނީ!!!
ޢެެއްލަކިންމަށަށްލައިސަންސް
04 June 2018
އެއްލަކިން ލައިސަންސް ދިނީމަ ވަނެ ހަތަރެތިމިވަނީ.
ރޯޑްރޭޖް
04 June 2018
އަދިިވެސް ލަކިތައް ގިނަކޮއްފަ އިތުރަށް ލައިސަންސް ދީ!
ނަގިލި
04 June 2018
މާލެއާ ހުޅުމާލޭގަ މިހާގިނައިން އެކްސިޑެންޓް ހިނގާއިރު ހެލްމެޓް އަޅަން ނުޖެހެނީ ކީއްވެ.
އަލީ!
04 June 2018
އެއީ މަނާކަމެއް. ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭތީ
ފޮނިކަލޯ
04 June 2018
އަދިވެސް މިކަހަލަ އެކްސިޑެންޓު ހުޅުމާލޭގައި ގިނަ ގިނައިން ހިނގަންވީ ..... ! މިހާރުގެ ޒުވާނުންބޭނުންވަނީ އެމީހަކު ދުށްވަން އޭރަކު އެ އެރިފަ ހުރި އިންޖީން ލީ އުޅަނދަކީ އެ އުޅަނދު ދުވަން ޖެހޭ އެންމެ ބާރު ސްޕީޑު ކަމުގަ އަދި މިވަރުން ވެސް ނުފުދިގެން ސަރުކާރުން ހުއްދަ ދީގެން ޒުވާުން ލައްވާ ބާރު ސްޕީޑުގަ ހުޅުމާލޭގައި ދިރިއުޅޭރައްޔަތުންނައް އުނދަގޫވާ ގޮތައް ވެހިކަލް ދުއްވަމުން ގެންދެއެވެ. ވީމާ ، މިކަމަކީ ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔަތުން ބޭނުންވާގޮތައް ސަރުކާރުން ހިންގާ ކަމެއްނޫންނެވެ.