މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އޭނާ ގެއްލުވާލި މައްސަލަ އދ.ގެ ވޯކިން ގްރޫޕުން އަންނަނީ ބަލަމުން. --ފޮޓޯ: މިހާރު
07 އޯގަސްޓް 2018 - 15:37
މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހްމަދު ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވީ އޭނާގެ މަރު ސާބިތުކުރުމުގެ ގޮތުން ނޫން ކަމަށާއި އިރާދަ ކުރެއްވިއްޔާ ރިލްވާން މަރު ނުވެ ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ގދ. ފަރެސްމާތޮޑާގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވި އިރު، ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ "ރިލްވާން، މިހާރު ވަނީ ނިޔާވެފައި" ކަމަށެވެ. އަދި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް، ގދ. އާއި ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ދެއްކެވި ވާހަކަ ރައްޔިތުންނަށް އޮޅޭ ގޮތަށް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ދެއްކެވި ވާހަކަ އޮޅޭ ގޮތަށް ތަރުޖަމާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަކީ ރިލްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަކީ ދޮގުކަން ހާމަ ކޮށްދިނުމަށް ވިދާޅުވި ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަފުޅު ދެއްކެވީ ރިލްވާން މަރު ސާބިތު ކުރުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރިލްވާންގެ ވާހަކައިގައި އަޅުގަނޑު ނިންމީކީ ރިލްވާން މަރުވީތޯ ނުވަތަ ނޫންތޯއެއް ނޫން. އަޅުގަނޑަކީ ޝަރުއީ ގޮތުން މީހަކު މަރުވީތޯ ނުވަތަ ނޫންތޯ ނިންމާ މީހެއް ނޫން. އެކަން ފުލުހުންގެ ތަހުގީގުން ކުރާނެ. އަޅުގަނޑުގެ މުރާދަކަށްވީ، އަދީބު ދެއްކެވި ވާހަކައަކީ އަސާސެއް ނެތް ވާހަކައެއް (ކަން ހާމަކުރަން)،" މަޑަވެލީގައި ދެއްކެވި ވާހަކަފުޅު ދިފާއު ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރިލްވާން ހޯދުމަށް ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމަށް އަދީބު ހާމަ ކުރެއްވިޔަސް، އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ ކަމަށާއި އޭނާ ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޮގަސްޓް، 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސް ކަމަށެވެ. އެކަމަކު، އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވެ އެވެ.
އެ ދައުވާ ސާބިތު ނުވީ ތަހުގީގުގައި ފުލުހުން ގަސްތުގައި އިހުމާލުވުމުގެ ސަބަބުން ކަަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ރިލްވާން މަރުވެފައިވާ ކަން ރައީސް މިއަދު ހާމަ ކުރެއްވީ، ރިލްވާންގެ އާއިލާ އަށް އިންސާފު ހޯދައިދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނަވަނިކޮށް، ރިލްވާން ގެއްލިފައިވާ އިރު، އެ ކަމުގައި އަދީބުގެ އަތެއްވާ ކަމަށް ތުހުމަތުތަކެއް ކުރި އެވެ. އެކަމަކު އަދީބުގެ މިއަދުގެ ބަޔާނުގައި ވެސް އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގުތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރޭ މީހާ
08 August 2018
ދިސް ޓައިމް ނޯވޯޓް. އިފް ވޯޓް އޮލްސޯ ނޯވޯޓް. އިފް ޔޫ ސްޓީލް ވޯޓް، އޯލްސޯ ނޯވޯޓް. ސޯ ، ވައި ވޯޓް؟؟؟؟؟؟؟؟؟ އައި ނޯވޯޓް...
ޔާނު
08 August 2018
އެއީ އިތުރަށް ތަރުޖަމާ ކުރަންޖެހޭ ވާހަކައެއް ނޫން! ވިދާޅުވިއިރު އަޅުގަނޑު އިނީ ޓީވީއެމް ބަލަން! ނޫސްވެރިޔަކު ނޫން އެވާހަކަ ބުނީ! ހަމަ އެމަނިކުފާނު!
ހަސަން ޒަކީ
08 August 2018
"މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން މިހާރު ވަނީ ނިޔާވެފައި؛ ޝައްކެއްވެސް ނެތް، ވަރަށް ހިތާމަވެރިކަމެއް''، ކޮބާތޯ، އެކޮމެންޓްގެ މައްސަލަ އަކީ؟
ރަދީފް
08 August 2018
ސ.ހިތަދޫ ވެސްޓް ބީޗް / މިޝްފާގް ތުއްތު ވެސް އެއީ ގެއްލިފައި / ވީތަނެއްނޭނގި / ނުވަތަ މަރުވެފައިވާ ކުއްޖެއް.ނިކަމެތިބައެއްގެ ދަރިއެއް ވީމަ އެވާހަކަ ދައްކާނެ ބަޔަކު ނެތް.ދެރަކަމެއް.
ޒަހީން
08 August 2018
"މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފައި، ޝައްކެއް ވެސް ނެތް. ވަރަށް ހިތާމަވެރި ކަމެއް،" މީ މިރައީސް ބުނިގޮތް. އެހެންވީމާ މިބަހުގެ މާނައަކީ އޭނާ މަރެއް ނުވެޔޭ އަދި އޭނާ ދިރިހުއްޓާ ފެންނާނެއޭ.. ހާދަހާ ސާދާސީދާކޮށް އަދި އެހާމެ ސައުފުކޮށް ބުނެލި ބަހެކޭ..
އެގްރީ
08 August 2018
ރަގަޅު ވާހަކައެއް. ތަރުޖަމާ ކޮށްލީމަ މިއެނގުނީ އެބުނި ބަހުގެ މާނައަކީ ރިޟްވާން އިރާދަކުރެއްވިއްޔާ މަރެއްނުވާނެއޭ. އަދި ދިރިހުއްޓާ ފެންނާނެ ވާހަކަކަން އެބުނީ... ދެން ކީކޭ ބުނާނީ ދޯ. އަހަރުން އޯލެވެލް އާއި ހަމަޔަށް ކިޔަވައިދިން އިރު ނުބައިކޮށް މުޅި ދިވެހިބަސް މިތިބީ ކިޔަވާ ދީފަ. ކިހާ ދެރަ. އަލުން ސްކޫލަކަށް ވަދެވޭތޯ ބަލަންވީ ދިވެހިބަސް ކިޔަވަން
ކޯޑިނޭޓަރ
08 August 2018
ރައީސް ޔާމީނު ގިނަ ގިނައިން ޕޯޑިއަމް ތަަކަށް އަރުވާ...ވަރަށް ފައްކާ... އިތުރު ކެމްޕޭނެއް އިދިކޮޅުން ކުރަން ނުޖެހެ ވަރު ޔާމީނު އެކޮށްލަނީ..
ކަނބުލޮ
08 August 2018
ކޮންމެ ކަމެއްވެސް ފާޅުވާންވީ ވަގުތު ޖެހުނީމަ ސިއްރު ނުވާނެ ކަން އެނގިގެން މިދިޔައީ. ދިވެހިބަހުން ދައްކާ ވާހަކަ ކޮންމެހެން ތަރުޖަމާ ކޮށްދޭކަށް ނުޖެހޭ. ކޯޓަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭނީ.
ޒާހިދު
08 August 2018
ހިނގާފަ ނުވާކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި ރައީސް ޔާމީން ހައްޔަރު ނުކުރެވޭނެ ބާ؟ މަހުލޫފު ހައްޔަރު ކުރެވުނީ ހަމަ މިފަދަ މައްސަލައެއްގައި!
ދަތްނެތްކުއްޖާ
08 August 2018
ކޮމަންޓް ކުރާ ކުދިންގެ ފަރާތުން މަމެން ކުޑަ ކުޑަ ދިރާސާ އެއް ކޮއްލަން ބޭނުން ވާތީ މިކަމުގައި ކޮމަންޓް ކުރާ ފަރާތް ތަކުގެ އެއްބާރުލުން ބޭނުމެވެ. މި ދިރާސާ އަކީ މިހާރު ވެރިކަމުގައި ހުރި ރަޢީސް ކުރި އަށް އޮތް 5 އަހަރު ގައި ރައްޔިތުންގެ ވޯޓަކުން ހޮވޭނެތޯއެވެ. ޔޭސް އޭ ވިދާޅުވަން ބޭނުންވާ ބޭފުޅުން ލައިކް ގެ ބަޓަން އަށް ފިއްތަވާލަ ދެއްވާ ، ނޯއޭ ބުނަން ބޭނުންވާ ބޭފުޅުން ޑިސްލައިކް ބަޓަން އަތް ފިއްތަވާ ލައްވާ. ވ ބޮޑަށް ޝުކުރިއްޔާ ތި ދެއްވި އެއްބާރު ލުމަށް.
ރަދީފް
08 August 2018
މަ ޑިސްލައިކް ، އެކަމަކު އަދި 1285 ދުވަހު އިތުރަށް ވެރިކަމުގަ ބަހައްޓަން ތާއީދުކުރާނަން.
ނައިފަރޭ
08 August 2018
ކަލޭމެން ރިލްވާން ނުފެނިގެން ތެޅެއަރުވަނީ ކޮބާ މިރަށު އަލިފުޅުބެ ހަމަތިގޮތަށް ގެއްލުމީހެއް އެއީ ކިތައް އަހަރުވީ ތިކިޔާ ރިލްވާނަށްވުރެކުރިން ގެއްލުމީހެއް އެއީ..ކޮބާ ހޯދަދީބަލަ..ކޮންމެބަޔަކު ވެރިކަމަށް އަރާފަވެސް އަޅެ އޭނަ ހޯދަދީބަލަ..ރިލްވާނު އެކަނިތަ ހޯދަންވީ އަލިގުޅުބެވެސް ދަރިންވެސް ކާފަދަރިންވެސް ތިބެޔޭ..