ސްޓެލްކޯ: ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް އަންނަނީ މަސައްކަތްކުރަމުން
01 ސެޕްޓެމްބަރ 2018 - 08:54
ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
މިއަދު ހެނދު 8:00 ހާއިރު ކަރަންޓު ކެނޑުމަށް ފަހު ހުރިހާ ހިސާބަކަށް ކަރަންޓު ދެވުނީ ސްޓެލްކޯއިން ބުނި ގޮތުގައި 11:30 ގަ އެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުނު ނަމަވެސް، މާ ގިނައިރު އިރުތަކެއް ނުވެ ބައެއް ހިސާބުތަކަށް ކަރަންޓު ދިނެވެ.
Major power outage in Male’ due to a technical fault. Our team is working to restore power as soon as possible. Sorry for the inconvenience caused.
— STELCO (@STELCOMALDIVES) September 1, 2018
އިއްޔެ ވެސް އަދި މިދިޔަ ހަފުތާގައި ވެސް މާލޭގެ އެކި ހިސާބުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެއިޓްސްނޮޓްމީ
01 September 2018
އެހެންވެސް ވާނެ! މާ ބޮޑު ކަމެއް ނޫން! ބައެއް މީހުންނަށް ހަޖަމް ނުވޭ! ކަރަންޓު ކެނޑުނަސް ފެން ލިބޭނެ! މިއީ މާލެ! ރާއްޖެ ތެރޭ ރަށެއް ނޫން! ހޫނު ވަންޏާ ގޮސް ފެންވަރާލަބަލަ! އޭސީގަ އޮތުމަށް ވުރެ މާ ފިނި ވާނެ!
ްވަރަށް ވާހަކަ
01 September 2018
ރާއްޖެތެރޭ ރަށެއްނަމަތާ ކަރަންޓުކެނޑުނީމަ ގޭބޭރަށް ނިކުމެ ޖޯލިފަތި ތަކުގަ ތިބެވޭނީ.
ސާން
01 September 2018
ތަރައްގީމާބޮޑައްވީމާ ކަރަންޓް ބޭނުމެއްނުވާނެ؟
ލިޕޭ
01 September 2018
މަހިތައް އަރާ މިރާއްޖޭގަ ނޫނީ ކަރަންޓު ނުކެޑެނީބާއެ؟ އެންމެ ކުރިއަރާފަވާ ގައުމު ތަކުގަވެސް ދިމާވާކަމެއް މީ.......
ސޮލިއުޝަން
01 September 2018
ނުވޭދިމައެއް
1234
01 September 2018
ދިވެހިންނަކީ ހާދަ ޗުކުރުކުރަން ނުދަންނަ ބައެކޭދޯ! މިސަރަހައްދުގެ ގިނަ ގައުމުތަކަކީ ޕަވަރ ޝެޑިންގަށް 12- 13 ގަޑިއިރު ކަރަންޓް ކަނޑާ ގައުމުތައް ހިމެނޭ ސަރަހައްދެއް. ޝުކުރުކޮށްބަލަ
ސޫޖީ
01 September 2018
މުޅި ސިޓީއިން އެއްކޮއް ކަރަންޓް ދިޔާމަ އެވޭތަ ލޯޑް ޝެޑިންކަމަށް؟
ނައީމާ
01 September 2018
މިއީ ރިހާސަލް
ބަބުރުކަލޯ
01 September 2018
24/7 ކަރަންޓު ޔަގީން.
ދޫނިމާ
01 September 2018
މިހާރު އެބައެނގެއެއްނޫން ސަރުކާރުގެ ކުންފުނިތަކުގައި އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އަށަގަތީމަ ދިމާވާ މައްސަލަ، ކުރިން ލިބެމުން އަންނަ ހިދުމަތްވެސް މެދުކެނޑިގެންދަނީ، ގައުމުދަނީ ފަހަތަށް، މިވަރުން ކިހިނެއް ޔާމީނުއަށް ވޯޓްދޭނީ؟
ޙްމް
01 September 2018
ބުރިޖު ލައިޓް ތަށް ހިންގާލީ މާލޭން ކަރަންޓު ދިޔައީ
ޢަހްމަދު
01 September 2018
ކަރަންޓް ދިއުމަކީ ނުވަތަ ކެނޑުމަކީ މައްސަލައެއް ނޫން. މުއައްސަސާތަކާ ފަތުދީ ފެންވަރުގަ ހުންނަންޖެހޭ ބެކްއަޕް ޕަވަރ ނެތުމަކީ ޚިދުމަތް ދޭ ފަރާތުގެ މައްސަލައެއްނޫން. ޢެއްޗެއް މައްސަލަޖެހޭނެ އިރެއް ނޭގޭނެ. ޝުކުރުކުރަން ދަސްކޮށްބަލަ
މަންސޫރު
01 September 2018
+40 މިލިއަން ރުފިޔާ ހަވަޔަށް އަންދާލިތަން ބަލާ ތަރައްގީ ޔަގީންވެފައެންނު މިތިބީ. ބުރިޖު މަތީ ކައިވެނި ކުރެވުނީމައި މިތިބީ އޭޝިއާގެ އެންމެ ކުރީގައެންނު؟ ކަރަންޓު ކެނޑުނަސް ފެނުން ޕުރެޝަރު ނުލިބުނަސް މަގުމަތީ ކަތިލާ ނެގިޔަސް އަތްޖަހާ ޔަގީނޭ ޔަގީނޭ ގޮވަމާ؟