ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
25 މެއި 2016 - 23:02
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފި ނަމަ އެއީ ސަރުކާރަށް ލިބޭނެ ޕްލަސް ޕޮއިންޓެއް ކަމަށާއި އެމްޑީޕީ އަށް ލިބޭނެ "ވަރަށް ބޮޑު ހީނަރު ކަމެއް" ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވި ނަޝީދަށް އިނގިރޭސި ސަރުކާރުން ހިމާޔަތް ލިބިފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ހާމަކުރި ނަމަވެސް އުމަރު ވިދާޅުވީ އެކަން ސަރުކާރަށް "އެނގިފައި ނުވާ" ކަމަށެވެ. އެކަމަކު ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން ނަޝީދު އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ކަރެކްޝަނަލް ސާވިސްގައި އެދިފައި އޮންނާނީ އަޅުގަނޑުގެ އަތަށް މެޑިކަލް ރެކޯޑްސްތަކާ އެއްޗެހި ގެންނާށޭ. އެއަކަށް ވަކި ގޮތެއް ނުނިންމާ. ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ނަޝީދު ހިމާޔަތް ހޯއްދެވިކަން ސަރުކާރަށް ރަސްމީކޮށް އެނގިފައި ނުވާ ކަމަށް ވިދާޅުވި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މިއަދު ކޮން ކަމެއްތޯ އެމްޑީޕީ އަށް ހުރަސްއަޅަނީ އެ ޕާޓީގެ ޖަލްސާއެއް ބާއްވަން މިސާލަކަށް. ކީއްވެތޯ ކާނިވަލުގައި، އާޓިފިޝަލް ބީޗުގައި ހަފުތާއަކު އެއް ފަހަރު ޖަލްސާއެއް ނުބޭއްވެނީ. އަޅުގަނޑުމެން ހުރަސްއަޅާތީތޯ، ނޫން އަޅުގަނޑުމެން ހުރަހެއް ނާޅަން. އެއީ ކަލްޓުގެ ވެރިމީހާ ނެތީމަ. --އުމަރު
ނަޝީދަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނަޝީދު ސިޔާސީ ހިމާޔަތް ހޯއްދެވުމުން އެކަމުގެ ގެއްލުން ލިބޭނީ އެމްޑީޕީ އަށް ކަމަށެވެ.
"އެމްޑީޕީގެ އެކްޓިވިޓީސްތައް މަދުވެ، ވަޅުޖެހުނު ވަރަކަށް ސަރުކާރަށް ފަސޭހަވާނެ. އެގޮތުން ބަލާއިރު އެއީ ސަރުކާރަށް ލިބޭ ޕްލަސް ޕޮއިންޓެއް،" ނަޝީދު ސިޔާސީ ހިމާޔަތް ހޯއްދެވުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ވެސް ވާން ޖެހޭނީ ވަކި މީހެއްގެ ޕާޓީއަކަށް ނޫން ކަމަށެވެ. އެކަމަކު ޑިމޮކްރަސީއޭ ކިޔައިގެން މޮޅު ވާހަކަ ދައްކާއިރު، އެމްޑީޕީ އަކީ އުމަރު ސިފަކުރެއްވި ގޮތުގައި، ނަޝީދު ވަށައިގެން އެނބުރޭ ޕާޓީ އެކެވެ.
"އޭނަ ނެތީމަ ނެތުނީ، އޭނަ ހުރީމަ ހުރީ. މިއަދު ކޮން ކަމެއްތޯ އެމްޑީޕީ އަށް ހުރަސްއަޅަނީ އެ ޕާޓީގެ ޖަލްސާއެއް ބާއްވަން މިސާލަކަށް. ކީއްވެތޯ ކާނިވަލުގައި، އާޓިފިޝަލް ބީޗުގައި ހަފުތާއަކު އެއް ފަހަރު ޖަލްސާއެއް ނުބޭއްވެނީ. އަޅުގަނޑުމެން ހުރަސް އަޅާތީތޯ، ނޫން އަޅުގަނޑުމެން ހުރަހެއް ނާޅަން. އެއީ ކަލްޓުގެ ވެރިމީހާ ނެތީމަ،" އުމަރު ވިދާޅުވި އެވެ.
އެމްޑީޕީގެ އެކްޓިވިޓީސްތައް މަދުވެ، ވަޅުޖެހުނު ވަރަކަށް ސަރުކާރަށް ފަސޭހަވާނެ. --އުމަރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ނަމަ ހުރިހާ ލީޑަރުން ކުރިއަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. އެމްޑީޕީ އަށް "މި ހާލަތު" ޖެހިފައި ވަނީ އެކަކުގެ މައްޗަށް ބަރޯސާވުމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން "ރެފިއުޖީ ސްޓޭޓަސް" ނުވަތަ ސިޔާސި ހިމާޔަތް ހޯއްދެވިކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ މަނިކުފާނާއި ރާއްޖެ އިން ބޭރުގައި އަމިއްލަ އަށް އަރުވާލެވިގެން ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަށް މިވަގުތު އެ ނޫން ގޮތެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެކަމަކު އެމަނިކުފާނަށް ދިން މުއްދަތު ހަމަވެފައިވާތީ، އެނބުރި ގައުމަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދީރު
26 May 2016
އަސްތާ! އެއްކަލަ ބޮޑުބަސް ބުނާ މީހާގެ ވާހަކަ ފެށީދޯ؟ ރައީސް ނަޝީދު ސިޔާސީ ހިމާޔަށް ހޯއްދެވިޔަސް ހޯއްދަވާނީ ދިވެހި ގައުމާ ރައްޔިތުންގެ ހެވާލާބަޔަށް މަސައްކަތް ކުރައްވަން؟ ތަނެއް ދޮރެއް ދޮރާއްޓެއް ނުބަލާ މަގާމެއްގަ ހުރެ ވާހަކަ ދެއްކިޔަސް އަދި ނިމުނީކީ ނޫން؟ #ޝުކުރިއްޔާގައުމު
އައިމިނާ
26 May 2016
ސިޔާސީޕާޓީއެއްވިއްޔާމު ހަފްތާއަކު ޖަލްސާއެއް ބާއްވާކަށް ނުޖެހޭނެ. މީނަގެ ނުވަތަ ޕީޕީއެމްގެ މޮޅުކަމެއްވެސް ވަރުގަދަކަމެއްވެސް ފެންނާނީ މަޒާހިރާކުރުމުގެ ފުރުސަތުވެސްދީގެން. ރައީސްނަޝީދުވެސް ޖަލަށް ނުލައި ވެރިކަމުގެ އެއްމެ އަހަރެއްވެސް ވޭތުކުރެވުނުނަމަ. ތިގޮތަށް ވެރިކަމުގަ ހުރެވިދާނެ ކުޑަކުއްޖަކު ވެރިކަމުގަ ބެހެއްޓިޔަސް. މީނަ މަގުތައްމައްޗައް ދަނޑިބުރިހިފައިގެން ނުކުންނަން ވީމަ އޯކޭވެފަ. އެހެންމީހުން ނުކުންނަންވީމަ ޤާނޫނުތަކަށް ހިތުހުރި ބަދަލެއްގެނެސް ނުކުތަ ނުދީ . މިއީ މީނަގެ ހުރިވަރު..
އެމްެއެސް
26 May 2016
ކޮންމެހެން ވާހަކަ ދައްކަން ނުޖެހޭ ތަންތާ ވާހަކަ ދެއްކުމީ ތިމާގެ ދަރަޖަ ދަށްވާނެ ކަމެއް
މިހާރު
26 May 2016
އުމަރުގެ ސިކުނޑި ހަމަޖެހޭ ކަމާމެދު ޝައްކު. މިހާރު މުޅިންވެސް ދައްކަނީ މޮޔަވާހަކަ.
ހަލީލު
26 May 2016
އެއީ ބަތޮލެއް އެއީ ދިވެހިންގެ ރޫހު ނަސީބު ދެން ޖޭވާނެކަމެއްނެތް.
ރަހުމަތްތެރި އާދަނު
26 May 2016
އުމަރާ އިރެއްގަ އުމަރަކީ ކެރޭމީހެއްކަމަށް މީހުން ގަބޫލުކުރިއަސް މިހާރަކަު ނުރާނެ ތިހިރީ ހިޔާނާތުގަ ހިފަހައްޓައިގެން ދެނެއް ތިއުމަރެއް ބަލައެއް ނުގަންނާނެ ތިޖޫރި ހުރިތާ ވަޅުގަޑު.
ވިޗްވޭ
26 May 2016
ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯދުން އެއީ ޕީޕީއެމް އަށް ލިބޭ ޕްލަސް ޕޮއިންޓް އެކެވެ. އަދި ދިވެހިރައްޔިތުންނަށް ވެސް ލިބޭނެ ޕްލަސް ޕޮއިންޓް އެކެވެ. ސަބަބަކީ ދެން ރައްޔިތުންނަށް ރާއްޖޭގެ ތަރައްގީ އާއި ގެން ކުރިއަށް ދެވޭނެ ސިޔާސީ ކަންކަން އެއްކިބާ ކުރުމަށް ފަހު. އާއު، އާއު، އާއު.. ވީއާރ ގެޓިންގް ރެޑީ ޓު ޑާންސް އޮން ދަ ބްރިޖް އޮން ސަޓަރޑޭ ވިދް ސަޓަރޑޭ ބޭންޑް. ގާރލް އިފް ޔޫ ވޮނާ ސީ ދަ ޝޯ، ޕުޓް އޮން ދަ ލޯންގް ސްލީވްޑް ވައިޓް ސިލްކް ޑްރެސް އެން ކަމް ފޯރ ދަ ޝޯ.. ޓުގެދަރ ވީ ކޭން ޑާންސް އޮން ދަ ސްމޫތް ފްލޯރ އޮފް އޯވަރ ވޯޓަރ ބްރިޖް އަންޑަރ ދަ މޫން ލައިޓް.. ވީއާރ ސީންގް މިރަކުލްސް.. އިޓް ޑޯން މެޓަރ ޔޫ އާރ ޕިންކް އޯރ ޔެލޯ.. އޭއް އޭއް. ޑޯން މެޓަރ ޔޫ އާރ ޕިންކް އޯ ޔެލޯ.. ވީއާރ އޯލް އެކޮމްޕެނިޑް.. ޕިންކް އޯރ ޔެލޯ..
އައީޝާ
26 May 2016
ރައީސް ނަޝީދަކީ އަޅުގަނޑުމެންގެ ރައީސް ރައްޔިތުންގެ ރައީސް. އުމަރާ ބުނަންތަ ވާހަކައެއް ގޮއްމުށުން ވެރިކަންކުރަންއުޅޭ ބަޔަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ. ރޔ ވަޑައިގަންނަވާތަނަށް މަޖުބޫރުން ސުކޫލް ކުދިންނާ ބެލެނިވެރިން އަދި ނުވިތާކަށް ސަރުކާރު މުވައްޒަފުން ގެންގޮސް ދިދަހޫރުވިއަކަށް ހިތެއް ބަދަލެއް ނުވާނެ
ނުރަބޯ
26 May 2016
އުމަރަކީ ޙައްލު.....!!!
އަލްޖިބްރާ
26 May 2016
އަންނި އަތުނުޖެހިދާނެހެން ހީވީމާ ވާހަކަ ބަދަލުވީދޯ ؟ ތީހަމަ ދެފުއްކެހެރިއެއް !