އިންތިހާބީ ރައީސް އިބޫ މިއަދު އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްއާ ބައްދަލު ކުރައްވަނީ: އިބޫ ގެންދަވަނީ ދައުލަތުގެ މުހިންމު އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލު ކުރައްވަމުން -- ފޮޓޯ / އެމްޑީޕީ
01 އޮކްޓޯބަރ 2018 - 12:29
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ސިފައިންގެ މައި މަރުކަޒުގައި ބޭއްވެވި އެ ބަައްދަލުވުމުގައި މޭޖަ ޖެނެރަލް ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.
އިބޫއާ އެކު މި ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި އެމްޑީޕީގެ ވެރިކަމުގައި މާލޭ އޭރިއާގެ ކޮމާންޑަރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު ގާނޫނީ ވަކީލް ހިސާން ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމާ ގުޅޭ ތަފުސީލެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބޫ ގެންދަވަނީ ދައުލަތުގެ ބައެއް އިދާރާތަކަށް ވަޑައިގެން އެ ތަންތަނުގެ އިސްވެރިންނާއި ބައެއް މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ.
އެގޮތުން، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދާ އިބޫ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނާ ދެ ފަހަރެއްގެ މަތިން އިބޫ ބައްދަލުކުރެއްވި އެވެ.
އިބޫ ވަނީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ވެސް ކުރިން ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާސީ
01 October 2018
ނަމަނަމަ އިބްރާހިމް ދީދީ އެތެރެ ނުކުރާތި އަނެއް ހަކަންތައް ކޮބާ ފަރުހަތު ވެސް އެބަހުރި ..
އަތީގު
01 October 2018
ސިފައިން އިބޫއާ ބައްދަލުކުރަންޖެހޭނީ، އިބޫ ސިފައިންނާ ބައްދަލުކުރުމަކީ މައްސަލައެއް.
ދަތްނެތްކުއްޖާ
01 October 2018
ތި މުއައްސަސާ އެބަޖެހޭ ކެމިކަލް ޖަހައި ސާފުކުރަން. ސްޕްރިމް ކޯޓުގެ ފުރާލުން ޓިނު ނަގާ ފަނޑިޔާރުން ތަކެއް ޤާނޫނު އަސާސީ އާއި ޙިލާފަށް ހައްޔަރު ކުރި މީހުން ތި މުއްސަސާ އިން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުން ދެކެމެވެ.
ކަޅުސޮރު
01 October 2018
ދޮނކަލޯ ހަޖަމްކޮށްބަލަ
މަންޑޭލާ
01 October 2018
އިބޫ އިންޑިޔާއާ އެކީ ހެދި ޑީލްތަ އަދި ފެމްމަތިވާނެ. މިރާއްޖެގަ ދުވަމުން އެދާ ހެލިކަޕްޓަރު ފޮނުވާލާ. އެޔަކި މިރާއްޖެއަ ދިންއެއްޗެއްނުން. އެމިހުން އެ އެލިކަޕްޓަރު ދުއްވަނީވެސް. އިންޑިޔަގެ ބޭނުމަކީ މަޑުމަޑުން މިރާއްޖޭގެ ކޮންޓްރޯލް ހޯދުން.
ހުސޭނު
01 October 2018
ސިފައިން ވިސްނާ ތިއްބަވާށެވެ. ފުލުހުން ލައްވާ ގޯހެއް ހައްދުވަން އުޅޭ ވައްތަރަކަށް އެބައުޅެއެވެ.
7 ފެބް
01 October 2018
މާޖެހި ގަމީސް.....ވަރައް ވެދުން
ޢާޓިސްޓް
01 October 2018
ފަހަތުގަ ތިއިން ކުރެހުން ހާދަ ހަޑިއޭ. މޮޅެ އާޓިސްޓެ ލައްވާ އެބަޖެހޭ އަލުން ތިމަންޒަރު ކުރަހަން.
ޢިބްރާހިމް
01 October 2018
ކުރެހުން އޯކޭ. މައްސަލައަކީ ޕެއިންޓިންގް މެދައް މޮހޮރެއްޖަހާ ފޮޓޮއެއް ހަރުކޮއްފަ ހުރީމަ. މީ ދުނިޔޭގަ އެއްވެސްތަނެއްގަ ކަންކުރާގޮތެއްނޫން
އަރޫ
01 October 2018
އިބްރާހިމް، މި ދިވެހިރާއްޖެއަކީ ދުނިޔޭގެ ތަންތާ ކަންކުރާ ގޮތަށް ކަންކުރާ ޤައުމެއް ނޫން
ނާޒްނ
01 October 2018
ކޮޅުބަދަލުކޮއްލެއްވީތޯ..
އަލީ ރަޝީދު
01 October 2018
އިބޫ ފަހަތުގަ ފޮޓޯއެއް އެބައިން. ޔާމިނުއަށް ހަޖަމެއް ނުކުރެވޭނެ އެކަހަލަ ކަމެއް. ޔާމިނި ނަމަ ދާނީ ދަމުން ފޮޓޯ އެއްލާލާފަ