މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި މޯދީއާ ބައްދަލު ކުރައްވަނީ
29 އޮކްޓޯބަރ 2018 - 11:05
އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖޭގެ އާ ސަރުކާރުން ސަމާލުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމުގައި އިންޑިއާއިން ރަނގަޅު ދައުރެއް އަދާކުރި ކަމަށެވެ.
ޖަލުން މިނިވަންވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ދެއްވި އެ އިންޓަވިއުގައި މައުމޫނު ވަނީ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އެެގޮތުން ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އިންތިހާބުގެ ނަތީޖާއިން ފެންނަން އޮތް ފަދައިން ރައްޔިތުން ވަނީ [ރައީސް ޔާމީނަށް] އަދަބު ދިނުމުގެ ފިޔަވަޅު އަޅާފައި. ބޮޑު ގެއްލުމެއް [ރައީސް ޔާމީން ސަރުކާރުން] އޮތީ ދީފައި. އެކަމަކު ގާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކާއި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި ގާނޫނުއަސާސީ، ކޯލިޝަން ސަރުކާރުން ރައްކާތެރިކޮށްދޭނެ،" މައުމޫނު ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާ އެކު ބާއްވާ ގާތް ގުޅުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"... ދަރަނިވެރިވެފައިވާ މިންވަރާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ. އަޅުގަނޑު ދެކެނީ މި ކަންތައްތައް ފަރުވާތެރިކަމާ އެކު މުރާޖައާކޮށް ހަމަަޖައްސަން ޖެހޭނެ ކަމަށް. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ދިވެހިންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ،" މައުމޫން ވިދާޅުވި އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ކުރިން ދުވަހަކު ވެސް ނުވާ ވަރަށް ހީނަރުވެފަ އެވެ. އޭގެ އެއް ސަބަބަކީ އިންޑިއާއިން ކަންބޮޑުވާ މިންވަރަށް ޗައިނާ ފަޅިއަށް ރާއްޖެ ދީލައިލުމެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން، އިދިކޮޅު ފަރާތްތަކުން އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީލް
29 October 2018
އަޖައިބު. ރާއްޖެ އޮތީ އިންޑިޔާ ދަށުވެފަތަ؟
އަށްޑޫ މީހާ
29 October 2018
ގާސިމް އަށް މިއޮތީ މަޖިލީހުގެ ރައީސްކަން ދީފަ. އޭސިޔާންގަ މައުމޫނު ރައީސަކީ. ޔޫރަޕިއަންގަ ނަޝިދު ރައީސަކީ އަދި މިރާއްޖޭގެ ރައީސަކީ މިއަދުގެ ލޮބުވެތި ރައީސް ސޯލިހު. މި ގައުމު ޗައިނާއަތްދަށުން ސަލާމަށްވުމަކީ ގައުމަށް ލިބުނު މިނިވަންކަން. މިހެން މިގައުމު ދގުދެމިގެން ދިޔަނަމަ އަހަރުމެންގެ ދަރިންނާ ހަވާލުކުރާނެ އެއްވެސް ތަނެއް ބިމެއްވެސް މިގައުމަކު ނޯންނާނެކަން ޔަގީން. ވިއްކާ ހުސްކުރާނެ.
ޥިސްނާ
29 October 2018
މީ އަބަދުވެސް މަ ދެއްކިވާހަކަ، މުޅިގައުމުގަ ހުސް ރައީސް، ސައުދީ އަށް ނަޝީދު، އިންޑިއާއަށް މައުމޫނު، ހިތުން ގާސިމް ރައީސް ދާނެ ތަނެއްނޭނގޭ...ބޯހަލާކު
ފުޅު
29 October 2018
މޮޑީޖީ ، މޯލްޑިވްސް ޕުރެޒިޑެންޓް އިޒް " އިބޫ " ، ނޮޓް މައުމޫން ،
ފިޅު
29 October 2018
ނުޖެހޭ ވާކަށް،
ހިންދު
29 October 2018
އަމައްޔާތް! ރައީސުލްޖުމްހޫރިއްޔާ ކަމަށް 23 ސެޕްޓެމްބަރުގައި ވޯޓްލައިގެން ހޮވިފައިވަނީ މިބޭފުޅާތަ؟ ކޮއްކޮ އާ ދެބަސްވާން ޖެހުނީ ވެސް މިހެން އުޅުއްވަންހަދައިގެންދޯ؟ ބަލަ އަރުމެން އިންޑިޔާގެ ތައްޕާހަށް ކުރިންހެން ދާކަށް ބޭނުމެއްނޫނޭ! ލައްކާއިން ވެސް އެއުޅެނީ ތިކަމަކުން ސަލާމަތް ނުވެވިގެން!
ހޮޓްކިންގ
29 October 2018
ކިހާ ބޮޑުވެއްޖެ ކަމެއްތަމީ. އަޅެ މިގައުމުގެ ރައީސަކީ މައުމޫނުތަ ނޫނީ އިބޫތަ؟ މައުމޫނުގެ އުނދަގޫ ހާދަ ބޮޑޭ.
ފުންއަސަރު
29 October 2018
ކުރިޔަށްދާން ބޭނުންވާ ބަޔަކު ޗައިނާ ދޫކޮށްލާފާ އިންޑިއާ ނަގާނެތަ؟
މިލިޓަރީ
29 October 2018
މައުމޫނަކަ މިހާރަކު ތާއީދެއްނުކުރޭ ގިނަމީހުން. މިހާރުވެސް ތިއުޅުއްވަނީ އިންޑިޔާގެ ޕަޕެޓަކަ ހަދަން.
އަށްޑޫ މީހާ
29 October 2018
މައުމޫނޭ ކިޔާނެ ކަމެއްނެތް އެމްޑީޕީ ސަރުކާރު އައިސްވެސް އިންޑިޔާ ނަގައިގެން އެމީހުންގެ އަަސްލު އަޅުވެތިކަމަށް އެއިރު ގެންނަން އުޅުނު. ދެން ކީކޭބާ މިކިޔަނީ. ގަބޫލުކުރިޔަސް ނުކުރިޔަސް އިންޑިޔާ ނުލާ މިގައުމެއް ކުރިޔަކަށް ނުދެވޭނެ. އެގިއްޖެތަ.
މަންޑޭލާ
29 October 2018
އަޅުގަނޑު މައުމޫނަ ދަންނަވާލަން އޮތީ މަނިކުފާން ސިޔާސީ ފައިދާ ނުނަގާ މިރާއްޖެ ތަރައްގިކުރަން ދޫކޮއްލުމަ. އިންޑިޔާއާ ގުޅިގެން މިރާއްޖެ ވާނީ އަޅުވެތި.