17 ޑިސެމްބަރ 2018 - 18:48
މާލޭގެ ބޮޑު ބަޔަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ އިންޖިނޭރް އިބްރާހީމް ރައޫފް "މިހާރު" އަށް ވިދާޅުވީ މިރޭ މާލޭގެ ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބައިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 15 ވަރަކަށް މިނެޓް ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދޭން ފެށޭނެ ކަމަށެވެ.
ރައޫފް ވިދާޅުވީ މިރޭ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ހައްލު ކުރަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"މިހާރު ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހުރިހާ ސަރަަހައްދަކަށް ކަރަންޓް ދީ ނިންމައިލުމަށް ގާތްގަނޑަކަށް 45 މިނެޓް ހޭދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިރުވައި މޫސުމުގައި ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކަރަންޓް ކެނޑުމުގެ މައްސަލަ މާލޭގައި ކުރިން ވެސް ދިމާވެ އެވެ. އެކަން ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު ސްޓެލްކޯއިން އާ ޖަނަރޭޓަރެއް ގެނެސް ކެޕޭސިޓީ އިތުރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންނޭ
17 December 2018
އިރުކޮޅަކާ ކަރަންޓް ކެނޑި ހައްލު ނުކުރެވި ކަނު އަނދިރީގަ. ނޫނީ ވާރޭ ވެހި ފެން ހެދިއްޖެއްޔާ ފެން ހިންދާނެ ގޮތެއް ނޭނގި ފެނު އަޑީގަ. މިއޮތީވާ ކަމެއް. ދިރިއުޅުން ދަތިވެއްޖެ. އަދި މިވީ އެންމެ މަހެއް ވިއްޔަ. 5 އަހަރު ވަންދެން ކޮންފަދަ ހާލެއްގަ އުޅެން ޖެހޭނީ؟ ހިނގާ ވައްޓާލަމާ.
އަލިބެ
17 December 2018
އަޅުގަނޑުމެން ހީކުރީ މިސަރުކާ އައީމަ ކަރަންޓު ނުކެނޑޭނެ ކަމަށެވެ. އަނެއްކާ ތިޔައީ ޔާމީން ގެ ފުށުން ވީކަމެއް ނޫންބާވައެވެ.
HUSSAIN
17 December 2018
ބިލްތަށް ކުޑަވާނެ މިހާރު
ކަރީމުއްދީން ބާޝާ
17 December 2018
ބޭނުމީ ފުޅިބައްތީގާ ޖަޒީރާވަންތަކަމުގާ އުޅޭން. ވޯޓުދިނީ މިގޮތަށް.
ޖަޒީރާ ކަރަންޓު
17 December 2018
މިއޮތީ ޖަޒީރާ ރާއްޖެ އަށް އާދެވިފާ. ކިހާ ހިތްގައިމު. ޙަމަހިމޭްންކަން ވަނީ ވެރިވެފަ. ޝުކުރިޔާ ރައީސް. ޝުކްރިޔާ މޯދީ
Ayya
17 December 2018
ކަރަންޓް މިހާރު އަގު ހެޔޮވާނެ ބިލް ކުޑަވާނެ