މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފި އެވެ.
ސްޓެލްކޯގެ އިންޖިނޭރު އިބްރާހިމް ރައޫފް ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލަކާ ގުޅިގެން ކަމަށެވެ. ކަރަންޓް ކެނޑުނުތާ ގަޑިއެއްހާ އިރު ތެރޭގައި މައްސަލަ ހައްލުކޮށް މިރޭ 9 ޖެހިއިރު ވަނީ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދޫކޮށްފަ އެވެ.
މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުން ފަހަކަށް އައިސް ވަނީ އިތުރު ވެފަ އެވެ. އިރުވައި މޫސުމުގައި ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކަރަންޓް ކެނޑުމުގެ މައްސަލަ މާލޭގައި ކުރިން ވެސް ދިމާވެ އެވެ. އެކަން ހައްލުކުރަން މިދިޔަ އަހަރު ސްޓެލްކޯ އިން އާ ޖަނަރޭޓަރެއް ގެނެސް ކެޕޭސިޓީ އިތުރު ވެސް ކުރި އެވެ.