ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މީގެ ހަފުތާއެއް ކުރިން ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި އަންހެން މީހާގެ މައްސަލާގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފި އެވެ.


ހައްޔަރުކުރި މީހާ ދޫކޮށްލިކަމަށް ބުންޏަސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ހުޅުމާލޭ، މުރަކަ، އާއިޝަތު ވިޝާމާ، 27ގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާ ހައްޔަރުކުރުމާ ބެހޭ ގޮތުން ވެސް ފުލުހުން އެއްވެސް ތަފްސީލެއް ނުދެ އެވެ.

އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުން ބަލަން ފެށީ، އޭނާގެ ހަށިގަނޑު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިއުމުން އެތަނުން ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ. މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑު ނެރުނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމަންޓަކުންނެވެ. އަންހެން މީހާ މަރުވި ދުވަހު މ. ރަމާގުލްޝަން ގޭގައި ޒުވާން ފިރިހެނަކު ވެސް މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. އެ މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.