ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
24 މާޗް 2019 - 20:09
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކް ޕާމިޓްގެ މުއްދަތު ހަމަވުމުން އެ އާކުރާއިރު އިމިގްރޭޝަނަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފި އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ "ވޯކްވިސާ"އާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުން، ގަވައިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް، އެ ހުއްދަ އަލުން ދިނުމުގެ އިހްތިޔާރު އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލަށް ލިބިގެންވެ އެވެ. އެކަމަކު އެއީ ވަޒީފާ ދޭ ފަރާތާއި ބިދޭސީ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ އިތުރުން، އިމިގްރޭޝަނަށް 6،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
އެކަމަކު ވޯކްވިސާއާ ބެހޭ ގަވައިދުގެ 17 ވަނަ މާއްދާގެ (ވ) މިހާރު އިސްލާހުކޮށްފައިވާއިރު، އޭގައި ބުނެފައިވާ ގޮތުން ހުއްދަ އަލުން ހޯދުމަށް ހުށަހަޅަން ޖެހެނީ ވަޒީފާ ދޭ ފަރާތާއި ބިދޭސީ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުން އެކަންޏެވެ. ފައިސާ ދައްކާކަށް ނުޖެހެ އެވެ.
އެ އެއްބަސްވުމުގައި، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ގަވައިދުގެ ދަށުން ވޯކް ވިޒާ ނެގުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމުގެ އިތުރުން ބިދޭސީ މީހާ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދައްކަން ޖެހިފައިވާ އެއްވެސް ފައިސާއެއް ނުދައްކާ އޮތް ނަމަ އެ ފައިސާއެއް ދައްކާ ހަލާސްކޮށްފައި އޮންނަން ޖެހެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދެ ވަނަ ފަހަރަށް ހުއްދަ ދޭއިރު، ގަވައިދުގައި އިތުރު ކަންތައްތަކަށް ވެސް ބަލަ އެވެ. އެއީ ގާނޫނާ އެއްގޮތަށް، ވޯކް ވިސާ ލިބިގެން ރާއްޖެއަށް އެތެރެވެފައިވާ މީހަކަށް ވުމާއި ޖިނާއީ ކުށެއްގެ ތުހުމަތުކޮށްފައިވާ ނުވަތަ މަދަނީ ދައުވާއެއް އޮތް ބިދޭސީއަކަށް ނުވުމާއި އެމީހަކާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް ޝަކުވާ ހުށަހަޅާފައި ނުވާ މީހަކަށް ވުމެވެ.
ބިދޭސީންނަށް ވަޒީފާގެ ހުއްދަ ދިނުން އިކޮނޮމިކް މިނިސްޓްރީއަށް މިހާރު ބަދަލުކޮށްފައިވާއިރު، ގަވައިދާހިލާފަށް ކޯޓާ ހޯދައިގެން ބިދޭސީން އެތެރެކުރި 67 ފަރާތެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަމެއް
25 March 2019
ޑިޕޮޒިޓް ލިބޭނީ ކިހިނެއް. 3 އަހަރު ވެއްޖެ. ނުލިބޭ...
ޅަބޭބާ
25 March 2019
ވަރަށްރަނގަޅު ބަދަލެއް!
ކޭތުވާލު
25 March 2019
އަހަރެން ލަދު ގަނޭ މިފަދަ ކުޑަކަމެއް ސަރުކާރު ތަކުން ހައްލު ނުކުރެވިގެން ސަލާން ޖަހާހެން އެމީހުންއަތުރާފަ ތިބޭތީ.މިއީ އިންސާނީ ކަރާމަތް ކަން ގެއްލޭކަމެއް.. އެެހެން ގައުމެއްގަ ތިމާ މިގޮތަށް އިންދާ ތިމާގެ މައިންބަފައިނަށް ފެނުނީމަ ވަރަށް އެުފާވާނެ ދޯ. މިނުން ގޮތެއް އޮންނަ ން ޖެހޭ. މިއީ އެމީހުން ގެ މައްސަލައެއް ނުން .މީގެ މީހަކު ގެނަވެނީ ހާދަ ވަރަކުން ނޭ އެކަމަކު އައުމަށް ފަހު މިގޮތް މިވަނީ ކީއްވެ. މިއީތޯ ޓައީ އަޅައިގެން ކުރަން ޖެހޭކަމަކީ.
ސިރާޖު
25 March 2019
މި ލިޔުމުގައި މިވަނީ ވަރަށް ބޮޑު އޮޅުމެއް ނޫނީ އޮޅުވާލުމެއް. ދިވެހި ރާއްޖޭގ ވޭތުވެދިޔަ 20 އަހަރު ވަރކް ވިޒާ އާކުރާކަށް ފައިސާއެއް ނުނަގާ
ރަދީފް ހުސެން
24 March 2019
މީގެ ކުރިންވެސް 6،000 ރުފިޔާ އަކީ ޑިޕޮސިޓުގެ ގޮތުގަ އެއްފަހަރު ބަހައްޓާ އެއްޗެއް އެއީ ކޮންމެ ފަހަރަކު ވިސާ އާކުރަންވީމަ ދައްކާއެއްޗެއްނޫން. ތަނަކުން އަކުރެއް ބަދަލުކޮއްފަ ރައްޔިތުންގެ ލޮލުގަ އަދުންއަޅުވަން އުޅުނަސް ތީބޮޑުވަރު.
ހަސަނުދަރި
24 March 2019
މަބުނީ އެއްކަލަ އަތުލައިގަނެވުނު 50 ކޮބާ؟
އެންދެރި
24 March 2019
މިހާރު މީހުން ގެންނަން އެޖެންސީ އެހާ މުހިއްމެއް ނޫނެވެ. ބަނގްލަދޭޝް މީހުން އެކަން ކުރަނީ އޮންލައިން ކޮށެވެ. އެމީހުންގެ ކަޑަތަކުގައެވެ. ސްޕްންސަރަށް ފައިސާ ދީގެންނެވެ. އެޖެންސީ ޒަމާން ދިޔަތާ ކިތަންމެ ދުވަހެކެވެ. ދެތިން އެޖެންސީއެއް އަދިވެސް ބޮޑުންނަށް ބައިއަޅާ ގޮތައް ހިނގައެވެ.
މަހުވާ
25 March 2019
ތިޔަ ގެޒެޓެއް މަށަކަށް ނުފެނުނު.. ޤާނޫނަށް އިސްލާހެެއް ނުގެނެސް ވިސާ ފަަައިސާ އާއި ނުކުޅެވޭނެ! މަށަށް އެކަން ޔަޤީން
ނާ ޖާ އި ޒު
24 March 2019
ހުރިިހާ މޮޅެއް ވިޔަފާރިވެރިންނަށް. ބިދޭސީންނަށް ދައްކަަންޖެހޭ ފައިސާ އުނިކޮށްގެން އޭގެ ބަދަލުގައިި އާއްމު ރަައްޔިތުމީހާއަށް އެއްވެސް ލުޔެއް ނުދެނޭނެ. ބަދަލުގަައި ދިވެހި މީހާގެ ވަޒީފާގެ ފުރުސަތު ހަަނިވެ، ބިދޭސީން ގިނަަވާނީ. އެކި ސަރުކާރުތަކުން، އެ ސަރުކާރަކަަށް ނިސްބަތްވާ މީހުންނަށް ނާޖާއިިޒު ފައިދާ ހޯދާދޭނީ އެކިގޮތަށް. މިވެސް އޭގެ ބޮޅެއް.
ނަންނޭނގޭ
24 March 2019
މިފެންނަނީ ނުފޫޒާއި ބާރުހުރި އެޖެންސީ ހިންގާ މީހުންގެ ބާރު. ބިދޭސީން އުޅެންވީ ދައުލަތަށް އެއްވެސް އެއޗެއް ދައްކާކަށް ނުޖެހޭ. 1 ލައްކަ ބިދޭސީންގެ އަތުން އަހަރަކު 6 ހާސް ނަގާނަމަ ކިތައް މިލިއަން ދައުލަތަށް ވަންނާނެބާ. މިއީ އިންސާފުބާ
މޙއމދ
24 March 2019
ހަގީގަތކީ މިހާރުވެސް ވަރކް ވީޒާ އާކުރަން ސަރުކާރަށް ފައިސާ ދައްކަން ނުޖެހޭކަން. ހަބަރުގައި އެންމެ ރަގަޅަށް މައުލޫމާތު ގެނެސްނުދެވުނީމަ އޮޅުން އަރަނީތި. މިހާރު އެނިންމީ މިތާ ނުގަވާއިދުން އުޅޭ މީހުނަށް އާ ވީޒާ ނަގަން ޗާޖްކުރާ 6000 ރުފިޔާ ނުނަގަން ނިންމި ވާހަކަ.
ކީއްކުރާނީ
25 March 2019
މިތަނުގަ ކުރާ ކޮމެންޓްތައް ކިޔައިގެން ނޫނީ މިހާރު ކަމެއްގެ އަސްލު ހަގީގަތް ދެނެގަންނާކަށް ނޭގޭ. ޝުކުރިއްޔާ މައުލުމާތު ސާފުކޮށްދޭ ފަރާތްތަކަށް.