ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ\ މިހާރު
31 އޯގަސްޓް 2016 - 14:31
ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހުކުރު ދުވަހާ ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. މި ވިއްސާރާގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ. އެތަނުން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މި ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑްކުރެވިފައި ސ. ގަމަށެވެ. އެއީ 90 މިލިމީޓަރުގެ ވާރޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy