މޫފުށި ރިސޯޓް، މި ރިސޯޓުން މިއަދު ގެއްލުނު ދެ ޓޫރިސްޓުން މިހާރު ވަނީ ފެނިފައި
13 އޯގަސްޓް 2019 - 16:39
އއ. އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން މިއަދު ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފެށި ފަހުން އެ މީހުން ސްނޯކްލިން ނިންމާފައި އެނބުރި ރިސޯޓަށް އަރައި ތިއްބާ ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ދެ ޓޫރިސްޓުން ގެއްލިގެން ރިޕޯޓް ކުރެވުނީ ރިސޯޓްގެ މުވައްޒަފުންނަށް އެރި އޮޅުމަކުން ކަމަށާއި އެ ދެ މީހުން އެނބުރި އައީ އަމިއްލަ އަށް ކަމަށެވެ. ގެއްލުނު ކަމަށް ރިޕޯޓް ކުރި ދެ މީހުންނަކީ ޖަރުމަނުގެ ދެމަފިރިންނެވެ.
އެ ދެ މީހުން ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓް ކުރީ އާޒިމް ކުރިން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 11:19 ގަ އެވެ. އެ ހިސާބުން ފެށިގެން އެ މީހުން ހޯދަން ކޯސްޓްގާޑް ވެލާނާ ލޯންޗްގެ ސިފައިންނާއި ކޯސްޓްގާޑްގެ ޑައިވަރުން އައީ މަސައްކަތް ކުރަމުންނެވެ.
ޓުއަރިސްޓުން ގެނބިގެން މަރުވުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ރާއްޖޭގައި ވަނީ ހިނގައިފަ އެވެ. ދެ ޓޫރިސްޓަކު ގެއްލުނު ކަމަށް ބެލެވުނު އިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
13 August 2019
ތިތަނުން ޓްއަރިޒަމް މިނިސްޓްރީއަށް ފޮނުވާ ބެޑް އޮކިއުޕަންސީ ޝީޓް އަދި ޓެކްސް އޮފީހަށާއި މަރުކަޒީ ބެންކަށް ފޮނުވާ ރިޕޯޓްތަކުގައި ހާދަ އޮޅުމެއް ހުންނާނެތާ؟! * * އަދި އަމުދުން މުވައްޒިފުންގެ ސާރވިސް ޗާޖަސް އަށާއި ޓެކުހަށް ހާދަ އޮޅުމެއް އަރާނެތާ!! ރޫމްގައި އޮންނަ ފަތުރުވެރިޔާ ވިއްޔާ ގެއްލިގެން ހޯދަނީ.
ހާމިދު ޝާޙިދު
13 August 2019
އަލްހަމްދު ލިލްލާހި...!
ނެޑް
13 August 2019
ފައްކާ މެނޭޖްމަންޓެއްތާ! ރަށަށް އަރައި ކުރާނެ ކަމެއް ކުރާއިރުވެސް ނޭނގެ.
ރައްޔެތު
13 August 2019
ކޮނޑުއޮތް ފުރޯ
ޢަހްމަދު007
13 August 2019
ތިޔަ އެރި އޮޅުމަކުން ކޯސްޓުގާޑުގެ ޝިޕުން އާދާގެން ދިޔަ ތެލަށް ތިޔަ ރިސޯޓުން ޕޭކުރަންވާނެ..
މުލޭ
13 August 2019
އޮޅިގެން ކުރި ރިޕޯޓާގުޅިގެން ދައުލަތުން ކުރި ޚަރަދުގެ ބިލް ރިސޯޓަށް ފޮނުވުން ރަނގަޅުވާނެ.
ގާސިމް
13 August 2019
100
ދޮންބޭ
13 August 2019
ރިސޯޓު މުއައްޒިފުންނަށް އޮޅުން އަރައިގެން ކިހާ ގިނަ ވަސީލަތްތަކެއް ބޭކާރު ގޮތުގަ ހޭދަމިވީ. މޫސުން ގޯސް މި ދުވަސްވަރު އެންމެންވެސް މުސުމަށް ވިސްނާލައިގެން އުޅުން ރަނގަޅު. ފުލުހުންނާއި ސިފައިން ތިއްބަސް އެމީހުންނަށްވެސް ބެލޭނީ ވަކި ވަރަކަށް. ދުރާލާ ރައްކާތެރިވުން މާ މުހިންމު
ފައިކް
13 August 2019
އޮޅުން އެރުމުން ބޭކާރުވި ވަސީލަތްތަކާ، ވަގުތާ، ޚަރަދުގެ ބަދަލު ހޯދަން ފެނޭ.
ޑޮންޑޮން މަތި
13 August 2019
ޤައުމުގެ އިޤްތިޞާދާ ގިޅުފައިހުރި ކަމެއްގައި މިހާގިނައިން މީހުންގެއްލި ގެނބިގެން ބާކަމީ ރިސޯރޓްތަކުގެ ޒިންމާ ފުރިހަމަ ގޮތުގައި ނުނެގޭތީ ދިމާވާކަމެއް. ކޮންމެ ރިސޯޓެއްގައި މިކަން ބަލަހައްޓަން ވަކިބަޔަކު ބައިތިއްބަންޖެހިއްޖެ ނޫންތަ
ޥާނުވާ
13 August 2019
ކަލެ އަ އިނގޭ ތަ ރާްއްޖެ އަށް އަނނަ ޓޫރިސްޓުން ގެ އަދަދު އަދި ގެނބޭ މީހުން ގެ އަދަދު؟