ގެެއެއްގެ އަށް ވަނަ ބުރިން ފިލާގަނޑެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

މާލޭގެ ގެެއެއްގެ އަށް ވަނަ ބުރީގެ ބެލްކަނީގައި ހުރި ފިލާގަނޑެެއް މީހެއްގެ ބޮލަށް މިއަދު ވެއްޓި އޭނާ ޒަހަމްވެއްޖެ އެވެ.


ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ބެލްކަނިން ވެއްޓުނު ފިލާގަނޑަކުން ޖެހި މީހެއްގެ ބޮލަށް އަނިޔާވެގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. އޭނާ އަށް އައިޖީއެމްޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ. އެކަމަކު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މީހުން އުޅޭ ގޭގެ އާއި ހަދަމުންދާ އިމާރާތްތަކުން އެއްޗިހި ވެއްޓި މީހުންނަށް އަނިޔާވުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ވަނީ ހިނގައިފަ އެވެ.