ސްކޮލަޝިޕް ލިބުނު ތިން ދަރިވަރުންނާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު (ވ-3) އަދި އަކިލޭޝް މިޝްރާ (މ) ފޮޓޯއަކަށް މިއަދު ހުއްޓިވަޑައިގެން.-- ފޮޓޯ: އިންޑިއަން ކަލްޗަރަލް ސެންޓަރު
20 ސެޕްޓެމްބަރ 2016 - 19:03
ޑޮކްޓަރުކަން ކިޔެވުމަށްޓަކައި އިންޑިޔާ ސަރުކާރުން ދިވެހި ހަތަރު ދަރިވަރަކަށް މިއަދު ސްކޮލަޝިޕް ދީފި އެވެ.
އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ހަތަރު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ސްކޮލަޝިޕް ލިބުނު ހަތަރު ދަރިވަރުންނަކީ:.
1. އާމިނަތު ސަޖާ ސިއްދީގު (ގްރޭންޓް މެޑިކަލް ކޮލެޖް)
2. އިއްމަތު އަލީ ނަސީރު (ލޭޑީ ހާޑިންް މެޑިކަލް ކޮލެޖު)
3. އާޝިޔާ އަފީފް (އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް)
4. އަލީ އިޔާޒު ރާޝިދު (އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް)
މިއީ އިންޑިޔާ ސަރުކާރުން 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދެމުން އަންނަ ސްކޮލަޝިޕެކެވެ. ކޮންމެ އަހަރަކު ވެސް ހަތަރު ފުރުސަތު ދެ އެވެ. ނަމަވެސް މިއަހަރު އަލުން މި ސްކޮލަޝިޕް ދޭން މިފެށީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.
ސްކޮލަޝިޕަށް ކުދިން ހޮވާފައިވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިޔާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އެ ދަރިވަރުން އެމްބީބީއެސް އަށް ކިޔެވުމަށް ފުރުސަތު ލިބުނީ އިންޑިޔާގައި ހުރި އެންމެ މޮޅު ޔުނިވާސިޓީތަކުން ކަމަށެވެ. އެހެންކަމުން ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރާއްޖެއަށް ހިދުމަތް ކުރަން އޭނާ އެދިވަޑައިގަތެވެ.
ސަފީރު ވިދާޅުވީ ސިއްހީ ދާއިރާއަކީ ދެ ގައުމަށް ވެސް ވަރަށް މުހިއްމު ދާއިރާއެއް ކަމަށާއި ސަފީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަހަރުގެ ކުރީކޮޅު ސިއްހަތާ ގުޅޭ ބޮޑު ހަރަކާތެއް ދެ ގައުމު ގުޅިގެން ބާއްވާފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެކި ގައުމުގަތުގައި މިހާރު ވެސް ގާތްގަނޑަކަށް 300 ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުން އަންނަ ކަމަށެވެ. އަދި މަތީ ތައުލީމަށް ފުރުސަތު ހޯދައިދިނުމަށް ލޯނުގެ ގޮތުގައި 900 ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ސްކޮލަޝިޕްގައި ދަރިވަރުންގެ ޓިއުޝަން ފީ، ހުރުމުގެ ހަރަދު އަދި ޔުނިވާސިޓީގެ ހަރަކާތްތަކަށް ފީ ދައްކާނީ އިންޑިޔާ ސަރުކާރުންނެވެ. ކިޔެވުމަށް ގާތްގަނޑަކަށް ހަ އަހަރު ހޭދަވާނެ އެވެ. ކިޔެވުންް ނިންމާލުމަށްފަހު ހިދުމަތް ކުރަން ޖެހެނީ ސަރުކާރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންތަނެއްތޯ
22 September 2016
އަހަރުން ކާން ބޭނުމީ ޗައިނާ ކަރާ، ކޮން އިރަކުން ޗައިނާ ކަރާ ކާންލިބޭނީ
އަހްމަދު
21 September 2016
މިގޮތަށް ކޯސްތައް ހަދަން ފުނުވާކުދިން ރާއްޖޭއަށް ނައުމުގެ މައްސަލަތައް ސަރުކާރުން ބަލަންވެއްޖެ. މި ގޮތަށް ބޭރު ގައުމުތަކުން ކިޔަވަނީ ގައުމަށް ލިބޭ ފުރުސަތުތަކެއްގަ. އެހެން ކަމުން ކިޔަވައިގެން ރާއްޖެ ނައުމަކީ ހަގީގަތުގަ ހިޔާނާނެއް. މި ގޮތަކަށް އުޅެމުން ދާ ޑޮކްޓަރުން ނާއި ޕްރޮފެސާރުންވެސް އުޅެފާނެ. އެހެން ވީމަ އެކަންކަން ބަލަންޖެހޭ.
ސްކޮަލާޝިޕް
21 September 2016
އިންޑިއާ ސަކަރާތް - ޗައިނާ މާރަގަޅު
ފފ
21 September 2016
މަވެސް މެޑިސިންގ ހަދާހިއްވެއްޖެ. އެހެންތާވާނީ އެހާ ރީތިކުދިން ވިއްޔާ މެޑިސިންގ ހަދަން މިދަނީ. މަ ކިޔަވަން ކުލާހަކަށް ވަދެފިއްޔާ އެ ވަންނަ ކުލާހުގަ ނުހުންނާނެ ބަލާލަން ކަމުދާ ވަރުގެ ކުއްޖެއްވެސް. މަށަށް ބޮޑަށް ހީވަނީ މަ ހަޑިވީމާ ދިމާވާ ކަމެއް ކަންނޭގެ ދޯ...ހެހެހެ..މިދެން މާ ސީރިއަސް ކޮމެންޓު ކުރާތީ ހަމަ ލުއި ކޮމެންޓެއް ކޮއްލީ. ކުޑަކޮށް ހީލާ އުފާކޮށްލަބަލަ އެހާ ސީރިއަސްވާންޖެހޭތަ ކޮންމެ ކަމަކުވެސް.
ޒަބީބު
21 September 2016
އިންޑިއާގެ ދުވަސްވީ ރަނގަޅު ކޮލެޖްތަކުން ތިފުރުސަތުލިބުނީމަ ހުރިހާ ކުދިންވެސް ރަނގަޅު ނަތީޖާއެއް ހޯދައިގެން ގައުމަށް ޚިދުމަތްކުރަން އަންނާނެކަމުގެ އުންމީދުކުރަމެވެ. ވަރަށް ބޮޑަށް މަރުހަބާ
ކެޓް
21 September 2016
ތިޔަ ކޯހުގެ އުންމީދުގައި 12 އަހަރު ވަންދެން ގަދައަޅައި މަސައްކަތްކޮށް ރަނގަޅު ނަތީޖާހޯދާ ފޮނިއުންމީދުތަކަކާއިއެކު އައިޖީއެމްއެޗްގައި މަސައްކަތްްކުރާ އެތައް ކުދިބަޔަކު މިހާރުވެސް އެބައުޅެއެވެ. އައިޖީއެމްއެޗްއަށް މިވަންނަނީ ގުޅޭދާއިރާއެއްގައި މަސައްކަތްކޮށް ޚިދުމަތްކޮށްދިނުމުން ކޯސްލިބުމަށް މަގުފަހިވެގެންދާނެކަމުގެ އުންމީދުގައެވެ. މީގެކުރިންވެސް ކަންއޮތީ މިމޭރުމުން ހިނގާފައެވެ. ނަމަވެސް ރީނދޫ ކުދިންނަށް ވެރިކަންލިބުމުން ކޯސްދިނީ ހިތަށްއެރިބަޔަކަށެވެ. ޓްރޭޑް މިނިސްޓްރީގެ ކައުންޓަރުގައިހުރި ކުއްޖާއަށް މެޑިސިންހަދަން ފުރުޞަތު ދިނީ އެކޯހުގެ އިންތިޒާރުގައި އުންމީދުކޮށްގެން އެތައްއަހަރަކު އައިޖީއެމްއެޗްގައި މަސައްކަތްކުރި ކިތައްކުދިން މާޔޫސްކުރުވާފަތޯއެވެ. ރީނދޫކުދިން ފެށި މި ކަންތައް މިހާރުވެސްއޮތީ ހަމަ މިހެންނެވެ. އެހެންނޫންނަމަ މިއަދު އެފަދަ އެތައްކުދިންނެއް މާޔޫސްކުރުވާފަ ކެޓްވޯކް ޖައްސާ އެއަރލައިން ކުރޫއަކަށް ތިކޯހެއް ނުލިބުނީހެވެ.
ޢަބްދުﷲނާފިޒު
21 September 2016
ރީނދޫ ބައިގަނޑު ކުރާކަންކަން ކަމުނުގޮސްގެން ދީނަށްޓަކާ ޤައުމަށް ޓަކާ ގެނައި ޒުވާނުންގެ ސަރުކާރުވެސް ވެރިކަން ލިބުނީމަ ހަދާނެ އެއްޗެއް ހަދަނީ އުތަ، އެކަމަކުވެސް ހަމަ ބޮޑު ވަރިހަމަވެފަ މާރަނގަޅު ވެފަ މާމޮޅު، ބުރިޖު އެބަ އަޅާވިއްޔަ ދެއްތޮ، ދެން ވަރިހަމަތާ، އހ.
މުޙައްމަދު
21 September 2016
ސުކޯލާސިޕޭ ކިޔާފަ ފޮނުވާނެ... ރާއްޖޭގެ ހަޔަރ އެޑިޔުކޭސަނުން ކުދިން އުޅޭ ހާލެއްވެސް ބަލާ ނުލާ މިހާރުވެސް... އައިސީސީއާރު ގެ ދަށުން ސުކޯލާޝިޕް ލިބިގެން މިހާރު ކިޔަވާކުދިން ނައްވެސް ރޫލްސްއޭ ކިޔާފަ ތިން ހަތަރު މަސް ވަންދެން ސުޓިޕެންޑް ނުދީ ހިފަހައްޓާފަ.. އެ ޖަމާ ކުރާނެ ދުވަހެހް އަހާއިރު ބުނަަނެ ދެން އައްނަ ހުކުރުގައޭ އެކަމް ދެ ހަފްތާ ވާއިރުވެސް ހަބަރެއްނުވާނެ... ތިންމަސް ވަންދެން ވެސް އެކުދިން ތިބެން ޖެހިއްޖެ ސުކޯލާސިޕް ދަށުން ލިބެންޖެހޭ ރުފިޔާކޮޅު ނުލިބި... އެކަމް ކޯހުގެ ފީއާ އެހެންވެސަ ފީ ތަކުގެ ޑިއުޓޭޓުތައް ކުދިންގެ ބޮލައް ޖަހާފަ އެބަ ބުނޭ އަމިއްލަ އަށް ދައްކާފް އައްނާށޭ އޭރުން ދޭނަމޭ... މީ މިކިޔާ ސިކޯލާސިޕް... ހަޔަރ އެޑިޔުކޭޝަނުން ކަހާތާ ކަމެއް އިނގޭ ކަމައްވެސް ނުވާނެ އެއްޗެކޭ ބުނާ އިރައް ބުނާނެ ސުޓޫޑެންޓު ލޯން ނަގާށޭ... މިހާރުވެސް އައިސީސީއާރުގެ ދަށުން ގޮސް ތިބި ކުދިން ކައިރި އަހާބަލަ އުޅޭ ހާލެއް.. އިންޑިއާ މީހުން ބޭނުން ގޮތެއް ހަދާލަނީ މިހާރުވެސް.. ހީވަނީ ކުދިން މިދަނީ އަޅުންގެ ގޮތުގަހެން..
ޗައްމަކު
20 September 2016
މޯލްޑިވިއަންގެ އިސްކޮށް އުޅުނު ކުއްޖެއް މެޑިސިން ހަދަން؟ ވާއު
ޢަބްދުﷲނާފިޒު
21 September 2016
ކީއްކުރާނީ ސަރުކާރުގެ ޙާލަތު، ޔޫތު މިނިސްޓްރީން ފިޝަރީޒް މިނިސްތްރީއަށް، ފުޓުބޯޅަ ދަނޑު ފަޅޯ ދަނޑަށް، ދެއްތޮ.
ބަލާތި
20 September 2016
އަނެއްކާ ތިކުދިން ބަލައިގެން އުޅެއްޗޭ ތީ ރޭޕް ކެޕިޓަލް އިނގޭ. ތިޔާ މަމެން ނުދަންނަ ބަޔެއް ނޫނެވެ.
ޢަބްދުﷲނާފިޒު
21 September 2016
ނޯ ޗޮއިސް.................އަލަށް ތަޖުރިބާއެއް ކުރަން ޖެހޭނެހެން ހިއެއް ނުވޭ، އހ.
ސައިލެންސް
21 September 2016
"ޢަބްދުﷲނާފިޒު" އަނގަ ނުތަޅާ މަޑުން ހުރެބަލަ ދެން ވެސް. މަމެން މީ ސްލީޕިންގް ޓައިމޭ އިނގޭ
މުހަންމަދު
20 September 2016
މަރުޙަބާ!