އދ. މަންދޫގެ ބޭރުން އޮޔާ ދިޔަ އިރާންގެ ބޯޓަކަށް ފުލުހުން މިއަދު ހެނދުނު އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ލަކުޑި ބޯޓު އޮޔާ ދާން ފެށީ އިންޖީނު ހުއްޓިގެންނެވެ. އަދި އެ ބޯޓު ފެނުނު އިރު އޭގައި އިރާނު ހަތް ފިރިހެނުން ތިބި ކަމަށް އެތަނުން ބުންޏެވެ.
އެ ބޯޓު އޮޔާ ދާ ކަމުގެ މައުލޫމާތު ފުލުުހުންނަށް ލިބުނީ މިއަދު ހެނދުނު 8:30 ހާ އިރު ކަމަށާއި އެކަން ސިފައިންނަށް އެންގި ކަމަށް ވެސް އެތަނުން ބުންޏެވެ. މި ކަމުގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ފެނުނު އީރާން ބޯޓެއްގައި 70 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިދިޔަ މަހު އާންމު ކުރި އެވެ.