ކުރެއްދޫ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި އިނގިރޭސިވިލާތުގެ ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.


ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ 69 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑު ރިސޯޓުން ވަނީ ސީޕްލޭނެއްގައި މާލޭ ފޮނުވާލާފައި ކަމަށެވެ. އަދި ފުލުހުންނަށް އެކަން ރިޕޯޓް ކުރީ ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށް ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މިދިޔަ ހަފްތާގައި ހިނގި ދެ ހާދިސާއެއްގައި ވެސް ދެ ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. އެއީ ކުޑަހުވަދޫ ކަނޑުއޮޅިއަށް ޑިންގީއެއް ބަނޑުން ޖަހާލުމުން ހިނގި ހާދިސާގައި މަރުވި ސްވިޑެން ފިރިހެނަކާއި ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް މަރުވި ޗައިނާ ފިރިހެނެކެވެ.