ޚަބަރު / ޑރ. އަހުމަދު އަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރަށް 15 ތުހުމަތެއް!

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް މިއަދު މެންދުރު 1:30 ގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާނެ.---ފައިލް ފޮޓޯ: މިހާރު

މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ކުރާ ތުހުމަތުތައް މަޖިލީހުން ހާމަކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ދިރާސާ ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ވޯޓު މިއަދު އަހަން ވަނީ ނިންމާފަ އެވެ.

އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ނިންމި ސަބަބުތަކުގެ ތަފްސީލް މަޖިލީހުގައި ވަނީ ހާމަކޮށްފަ އެވެ.

އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ހުށަހެޅި ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމި ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރެއްވުމަށް ދެ ގަޑިއިރު ކަނޑައެޅި އެވެ.

ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބަހުސްގައި ވިދާޅުވީ އެ މައްސަލަތައް ބެއްލެވުމުގައި ޖޭއެސްސީން ގާނޫނީ އިޖުރާތްތައް ފުރިހަމަކޮށްފައިވޭތޯ ކޮމެޓީން ބެލި އިރު ޖޭއެސްސީން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންވެ ޖޭއެސްސީގެ ނިންމުންތައް ނިންމާފައިވަނީ އިޖުރާތްތައް ފުރިހަމަކޮށްގެން ކަމަށް ވިދާޅުވި އެވެ.

"މިކަންކަމަށް ބަލާއިރު އުއްތަމަ ފަނޑިޔާރެއްގެ ހުންނަން ޖެހޭ ސުލޫކީ ކަންކަން ހުރި ކަމަށް ނުފެންނާތީ ކޮމެޓީން އެގޮތަށް ނިންމީ" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވި އެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ވަކިކުރަން ނިންމި ސަބަބުގެ ތަފްސީލު ހަސަން ލަތީފް ވަނީ ދެއްވާފަ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ 15 ކަންތައް:

• ރައްޔިތުންގެ މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުން

• އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމުގެ ގޮތުން ގާނޫނީތަކުގައި ކަނޑައަޅާފައިވާ ނިޒާމު ސުޕްރީމް ކޯޓުން ބަދަލުކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން

• ގާނޫނުން ޖުޑީޝަލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަވާފައިވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ، ފަހުން އެ ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދުން

• ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން

• އިސްތިއުނާފް ކުރުމުގެ މުއްދަތުގެ ގޮތުގައި ގާނޫނުތަކުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައުން

• ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ ބާރު ނެގުން

• މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި މައްސަލަ

• ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެން ނުވާ ކަމަށް ނިންމި މައްސަލަ

• އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރި މައްސަލަ

• ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން އެޗްއާރުސީއެމްގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ގެއްލޭ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް ކަނޑައެޅި މައްސަލަ

• ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލަ

• ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅުން

• ނިމިދިޔަ މަޖިލީހުގެ 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އަމަލު ކުރި މައްސަލަ

• މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބަދަލުކުރި މައްސަލަ

• ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް ގާނޫނު ހަދާ މައްސަލަ

އުއްތަމަ ފަނޑިޔާރު ވަކި ކުރުމާ ގުޅޭ ބަހުސަށް ފަހު ދެން ކުރިއަށް އޮތީ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ހުށަހެޅި މައްސަލަ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި ބަހުސް ކުރުމެވެ.

36 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Juhaa

18 November 2019

ބަލަ ތިޔަ ހުރިހާ ކަމަކީ ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރި ކަންތައްތަ؟ ތިޔަ ކަންތައްތައް ކުރީ ކުރަިގައި ތިބި އުއްތަމަ ފަނޑިޔާރުންގެ ދުވަސްވަރެއް ނޫންތަ؟

The name is already taken The name is available. Register?

ރަމަތަރަމަތަ

18 November 2019

ރަންއިލޮށިން ކަދުރު ކައިފަ ބޮމްބޭ ދަރުބާރުން ބިރިޔާނީ ވެސް އަބަދަކު ނުކެވޭނެ

The name is already taken The name is available. Register?

ހުސްކުއްތާމިފެންނަނީ

18 November 2019

16. ޖޭ.އެސް.އީ ގެ ރިޕޯރޓާ ޙަވާލުނުވެ އަނބުރާ ފޮނުވާލުން ކުރީގެ އުއްތަމަ ފަނޑިޔާރަށް ތި މީހުން ތިބެގެން އިއްވާ އަދި ދެމެހެއްޓި ހުކުމެއް އޮންނާނެ ޖެމްސް ކަނޑާލައިގެނޭ، ދައުލަތުގެ ލިއުމެއް ބަލައިނުގަތުމަށް ކުރިކަމެކޭ ކިޔާފަ. އެހެންވީމަ ހަމަ އެ މިންގަނޑުން ބަލާފަ މި ކުއްވެސް ހިމަނަންވީ

The name is already taken The name is available. Register?

ކަލާނގެ ހެދިފަ އުޅެވިއްޖެބާ؟

18 November 2019

އަދި މިވަރުންނިމުނީކީނޫން ނާއިންސާފަށް އިންސާފްވެސް ހޯދާނަން!

The name is already taken The name is available. Register?

ސޮސެޖް

18 November 2019

15 ތުހުމަތެއްނޫން، އެއީ ވަރަށް ސާފުކޮށް އެންމެނަށް ފެންނަންހުރި ކަންކަން ދޯ.

The name is already taken The name is available. Register?

މަދީހް

18 November 2019

ކޮސްވާހަކަ. ފަނޑިޔާރުގެ މަގާމުގެ ހައަިސިއްޔަތު ތިއިން ކަމަކަށް ތާއީދު ކޮށްފާނެ. އެކަމަކު އެއީ ގާނޫނުއަސާސީއާއި، ކޯޓުތަކުގެ ގާނޫނުން އޮތް ބާރެއް. ބަދަލު ތިހިފަނީ 1 ފެބްރުއަރީގެ އަމުރު އުވާލުމުން. ހަގީގަތުގައި، ތި ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅެއް އެޅޭނެ ހަމައެކަނި ގޮތަކީ، 1 ފެބްރުއަރީގައި، ރޫލް އޮފް ލޯއާ ހިލާފަށް، ގާނޫނަށްވުރެ މައްޗަށް އަރާ ނެރުނު އަމުރު. ޝަރީއަތަކާ ނުލާ ޖަލުގައި ތިބި ބަޔަކު ދޫކޮށްލެވޭނެކަމަށް ހަމަބުއްދިހުރިމީހަކު ގަބޫލުނުކުރާނެ.

The name is already taken The name is available. Register?

ދެނޯ

18 November 2019

ދެންތިބި ކަންތައް އެކުރީ ޝަރީއަތަކާ ލައިގެން؟ އެއްވެސް ޝަރީއަތެއް ނުހިންގާ. އިރުކޮޅަކުން ހަމަ އަމުރު ނިކުންނަނީ

The name is already taken The name is available. Register?

ޖޖޖޖ

18 November 2019

ހަމަ ބުއްދި ހުރި މީހުން ކަމަށް ބުނީވެސް ތިކަހަލަ.މީހުންވެސް އުޅޭތީ. 1 ފެބް ގެ އަމުރު ނޫނީ މިގައުމުގައި ކުށްވެރިން ނާމެދު ހުކުމެއްނާދޭ. އެވަރުވެސް އެނގޭނީ ބުއްދި ހަމަ މީހުނަށް.

The name is already taken The name is available. Register?

ކަބުލޮ

18 November 2019

1 ފެބްރުއަރީގެ ނިންމުން ބަދަލުކުރުމާއި ދެއިރު ދެގޮތަށް އެއް މައްސަލައެއްގައި ނިންމުމަކީ ސީރިއަށް މައްސަލަތަކެއް. ނަމަވެސް، ބައެއް ތުހުމަތުތަކަކީ މާ ބޮޑު ބުރަދަނެއް ނެތް އަދަދު ގިނަކުރަން ލިޔެފައި ހުރި ކަންތައްތަކެއް. އެލިސްޓަށްް އިތުރު ކޮށްލެވިދާނެ އެހެން ކަންތައްތައް: 1. ޑީޑީ އަބަދު ކޯޓު ފަޓުލޫނު ލައިގެން އުޅުން 2. ޑީީޑީ އައިނު އެޅުން 3. ޑީޑީ އަތުރުކުރި ގަޑި އެޅުން

The name is already taken The name is available. Register?

ދެން ވަރިހަމަ

18 November 2019

ހެޔޮތާ ފެނިއްޖެއެއްނު އެއްކަން ނަމަވެސް ސީރިއަސް މައްސަލައެއް. ދެން އެހެންވީމަ އެކަލޯއަށް ޓާޓާ ކިޔާލާ

The name is already taken The name is available. Register?

8964

18 November 2019

މީއީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ދިން ބާރުގެ ތެރެއިން ހިނގި ކަންކަން. ގޯސްކޮށް ކަމެއް ކުރިނަމަ ކުރި ކަމަކީ 1 ފެބްރުއަރީގެ އަމުރު. ގާނޫނު އަސާސީން މަޖްލިހަށް، ރައީސުލްޖުމްހޫރިއްޔާއަށް ސުޕްރީމްކޯޓަށް އޮތްބާރެއްނޫންއެއީ.

The name is already taken The name is available. Register?

ލކޖހ

18 November 2019

ޑރ އަހްމަދު ޢަބްދުﷲ އަމިއްލަ ހައިސިއްޔަތު ކުރި ކަމަކާ މެދު މެނުވީ އޭނާގެ މައްޗަށް ތަހްގީގު ނުހިންގޭނެ. މީގައި މިހުރި 15 ކަންތަކަކީވެސް މުޅި ސުޕްރީމް ކޯޓުގެ ނިންމުން. އެމީހުންގެ އެނިންމުން ގޯސްކަމަކަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް. އެއީ މަޖްލިހަށް ވިޔަސް. ގާނޫނު އަސާސީގެ 41 ވަނަ މާއްދައާއި، 43 ވަނަ މާއްދާއާއި 45 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތައް އެއީ.

The name is already taken The name is available. Register?

ހުކުމެއް

18 November 2019

އެއްވެސް ކޯޓަކުން އެކޯޓެއްގެ ރައުޔަށް ނޭދެނީސް ނޫނީ ހުކުމެއް ނުކޮށް މިހެން ހުރެލާފަ ދަންވަރުދަޅާ އެތަން ހުޅުވާތިބެ އަމުރު އިއްވާކަށް އެއްވެސް ގާނޫނަކު ހުއްދައެއް ނެތް

The name is already taken The name is available. Register?

ފފފފފ

18 November 2019

ފަނޑިޔާރު އަޙްމަދު އަބްދުﷲ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެވެސް ކުރިން 2010 ވަނަ އަހަރު ނެރެފައިވާ، އުސޫލެއްގައި އޮންނަނޭ ޑީޖޭއޭ ހިންގާނީ ސުޕްރީމްކޯޓުގެ ދަށުން ކަމަށް. އޭރު އުއްތަމަ ފަނޑިޔާރަކަށް ހުރީ އަބްދުﷲ ސައީދު. ކޮންފަދަ އަދުލުގެ ނިޒާމަކުން، އެހެން މީހެއްގެ ވެރިކަމުގައި ކުރިކަމަކަށް އެމަގާމާ ފަހުން ހަވާލުވާ މީހަކަށް އަދަބުދެނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454