މާރާމާރީ ގައި ޒަހަމްކޮށްލުމުން ކަނޑަށް ފުންމާލައިގެން މާޅޮހަށް އެރި، ހައްމާދު އިތުރު ފަރުވާ އަށް، ސިފައިންގެ އެހީތެރިކަމާ އެކު މާލެއަށް ގެންނަން ލޯންޗަށް އަރުވަނީ.---ފޮޓޯ: އެމްއެންޑީއެފް
24 ނޮވެމްބަރ 2019 - 11:02
ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލާގައި، ތުހުމަތުކުރެވޭ މީހާގެ ބަންދަށް އއ. ރަސްދޫ ކޯޓުން 10 ދުވަސް ދީފި އެވެ.
ރ.މަޑުއްވަރީ މީހެއް ކަމަށްވާ އިސްމާއިލް ހައްމާދު، 26، އަށް ހަމަލާ ދިން ކަމަށް ބެލެވެނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. ހައްމާދަކީ ވެސް އެ ގްރޫޕަށް ނިސްބަތްވާ އަދި ސީރިއަސް ކުށްތަކުގެ ރެކޯޑް އޮތް މީހެކެވެ.
ފުލުހުން ބުނީ ހައްމާދަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެކެއްގެ ބަންދު އިތުރުކުރި އިރު، ކުރިން "މިހާރު"އަށް އެނގިފައި އޮތީ މަދުވެގެން ދެ މީހަކު، ހައްމާދުގެ ފަހަތުން އއ. މާޅޮހަށް އެރި ކަމަށެވެ. އަދި އެ މީހުން ހައްޔަރުކުރި ކަމަށް އެ ރަށުން "މިހާރު"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ހައްމާދު ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން ކަނޑަށް ފުންމާލައިގެން، ހައްމާދު ފަތާފައި އެރީ މާޅޮހަށެވެ. އެރަށަށް އޭނާ އެރީ މެންދަމުން އަލިވެ 3:00 ހާއިރު ކަަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
ހައްމާދަށް ފަރުވާދޭން ސިއްހީ މަރުކަޒަށް ގެންގޮސް އޮއްވާ، އޭނާ ހޯދަން ރަށަށް އެރި ދެ މީހަކު ޓޯޗު ހިފައިގެން ދަނިކޮށް، ކީއްކުރާ ބައެއްތޯ، ރަށުގެ އެކަކު ސުވާލުކުރި ކަމަށްވެ އެވެ. އޭގެ ޖަވާބުގައި އެ މީހުން ބުނީ ދޯނީގެ ފަަޅުވެރިޔަކު ގެއްލިިގެން ހޯދަނީ ކަމަށެވެ.
އެ މީހުން ހައްޔަރުކުރީ މާޅޮހުންނެވެ. ނަމަވެސް އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް، އަނެއް މީހާ ކޯޓަށް ގެންދިޔަ ކަމެއް ނުވަތަ ފުލުހުން ފަހުން ދޫކޮށްލީ ކަމެއް، އެނގޭ ގޮތެއް އަދި ނުވެ އެވެ. ފުލުހުން ކުރިން ހަމައެކަނި ބުނީ ބަޔަކު ހައްޔަރި ކަމަށެވެ. އެއީ ކިތައް މީހުން ކަމެއް ނުބުނެ އެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ސިފައިންގެ އެހީތެރިކަމާ އެކު އޭނާ މާލެ އަށް ގެނައީ ހުކުރު ދުވަހު ހެނދުނު އެވެެ. އޭރުއްސުރެ އޭނާއަށް ފަރުވާ ދެމުން އަންނަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫ ގަ އެވެ. އޭނާގެ ހާލަތާ ބެހޭ ގޮތުން އެހޮސްޕިޓަލްގެ ބަަހެއް އަދި ނުލިބެ އެވެ.
ތޫނު އެއްޗަކުން ހައްމާދުގެ ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. ދެ އަތުގެ ވެސް ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދު ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ އަށް މަރުން ސަލާމަތްވެވުނީ މޫދަށް ފުންމާލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
24 November 2019
ކަން އޮތްގޮތަށް ވާހަކަދެއްކީމަ ރައީސް ނަޝީދަށްވުރެ ނުބައި މީހަކުނެތް. ރައްޔިތުންގެ މަޖިލިސްގެ ސުޕަމެޖޯރިޓީ އޮއްވާ ބޮޑެތި މުޖުރިމުން ޝަރީއަތް ނިމެންދެން ބަންދުގަ ބެހެއްޓޭނެ ބިލެއްހުށަހަޅާ ފާސްކޮށް ގާނޫނަކަށް ހަދަންވެއްޖެ. އެކަހަލަ މީހުންނަށް ކޮން ދިހަ ދުވަހެއް ފަނަރަދުވަހެއް ޖަހާކަށް.
އަލިތަކުރު
24 November 2019
ކީއްވެ ނަންހާމަ ނުކުރަނީ؟
ލިބޭހާ
24 November 2019
ލިބޭހާ މައުލޫމާތެއް ހާމަކުރީމަ ދެންތިބި މީހުން ފިލައި ދާތީ. އެނދުގަ އޮތް މީހާ މާދަން ހޭލާނެއޭ ބުނެއްޖިއްޔާ ކިތައް މީހުން ފިލަން ދުވާނެ
އަހުމަދުބޭ
24 November 2019
މިކަން މިދަނީ ހާދަ ވަދުކޮންނޭދޯ، ގަސްތުގައި މީހަކު މަރާލަން ފާޅުގައި ރަށުތެރޭގައި ދުވެ ކަންކަން ހިންގީމަވެސް މި ކަނޑާލަނީ 10 ދުވަސް ފުލުހުންނަށް ކަމެއް ނުވެއްޖިއްޔާ އަނެއްކާ އަނެކަކު މަރާލަން މަގުމަތީގައި، މިއޮތީވާ ގާނޫނު އަސާސީއެއް ހެދިފައި
ގާގާ
24 November 2019
މީހުން މެރީމަވެސް 10 ދުވަސް، މީކިހިނެއް ވާކަމެއް
ރާޖު
24 November 2019
ސައުދީ އިލްމުވެރީން ލަނީ ސައުދީގެ ހެދުން! މެލޭޝިޔާ އިލްމުވެރީން ލަނީ މެލޭޝިޔާގެ ހެދުން! ރާއްޖެ އިލްމުވެރީން އަފްގާނިސްތާނާއި، ސީރިޔާގެ ހަރުކަށި ޖަމާއަތްތަކުގެ މީހުންލާ އުޅޭ ބޮޑު ޖުއްބާލައިގެން، ބޮލުގައި ފަގުޑި ބަދެގެން މިއުޅޭ އުޅުމުންވެސް އެމީހުންނަކީ ކިހާ ފެންވަރެއްގެ، ކޮން ވިސްނުމެއްގެ ބައެއްކަން ދިވެހިންނަށް ނޭންގޭތަ؟ ދިވެހިން ގައުމާއިމެދު ވިސްނާ! މިތަން ހަލާކުވަމުން މިދަނީ 6 އެއްކަ މީހުނާހެދި! ވިސްނާ ދިވެހިންނޭ
ބަލާތި
24 November 2019
ގޫގުލް އިސްޕީޑުގަ މިކަން ނިންމަން ޖެހޭނެ.މަމެން މިތިބީ ގާތުން ބަލަން. ފަރުވާ ކިޑަ ކުރާ ފަރާތް ތައް މަގާމުން ދުރު ކުރުވޭނޭ.
މަތީނު
24 November 2019
ރައީސް ނަޝީދު ދެކެ އަޑީ ދައުލަތުގެ ހައެއްކަ މީހުން ރުޅި މިއަންނަނީ ކީއްވެގެންކަން ދިވެހިންނަށް މިއަދު ވަރަށްބޮޑަށް ސާފުވެއްޖެ! ހަރުކަށި މުއްލާ ސްޓައިލު މިތަނުގައި ފެތުރުމަށް އެމީހުންނަށް އެންމެ ބޮޑު ހުރަކަށް ވެފައިމިއޮތީ ރައީސް ނަޝީދުއާއި އެމްޑީޕީ! އެހެންވީމާ އެމީހުން ރުޅި އަންނާނެތާދޯ؟ 2004އިން ފެށިގެން އެމްޑީޕީގެ ބޮލުގައި ލާދީނީ ޓެގު އަޅުވައިގެންވެސް މިއުޅެނީ އެހެންވެގެން! އެކަމަކު އެމްޑީޕީން 2 ވެރިކަންކޮށްފި. އޮތީ ހަމަ އިސްލާމްދީންދޯ! ހެހެހެ
ބުޒުރާދީ
24 November 2019
ރައީސް ނަޝީދަށް ހަމަ އައްސަރިބަހާއި ސާބަސް! ދިވެހިންގެ ބޯކާލައިގެން ބަޔަކު މީހުން މިގައުމު ސީރިޔާއާއި، އަފްގާނިސްތާނުކަހަލަ ގައުމަކަށް ހެދުމަށްކުރާ މަސައްކަތަށް ފާޅުގައި ބަސްބުނަން ކެރުނު ހަމައެކަނި ލީޑަރަކީ މަނިކުފާނު! މާތްﷲ މަނިކުފާނު ތިޔަކުރައްވާ ހައްގު މަސައްކަތުގައި ބަރަކާތްލައްވާނެއެވެ. އިސްލާމްދީނުގެ އަސްލު ހިފެހެއްޓުމަށް މަނިކުފާނުކުރައްވާ މަސައްކަތް ރައްޔިތުން ބަލައިގަންނަމެވެ.
ނަޖުދާ
24 November 2019
ވޭތުވެ 3 ދުވަހުގެ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމްދީނާއި ނުގުޅޭ، ހަރުކަށި އެތަށް ކަމެއްހިނގައިފި! ރައްޔިތުން ފިއްކަޑައިގެންދާފަދަ އެތަކެއް ކަމެއްވެއްޖެ! ނަމަވެސް މިއަދު ދީނީ އެއްވެސް އިލްމުވެރިއަކަށް މިއީން ކަމެއް ކުއްވެރިކޮށްލަން ނުކެރުނު! މީގެ މާނައަކީ މިމީހުންނަކީ މިގައުމުގައި ހަރުކަށިކަން ފަތުރާ މީހުންނޭ! މިއީ އަލްގައިދާ އަދި އައިއެސްގެ ސެލްތަކުގެ ވާގިވެރީންނޭ! ކޮބާ ސަލަފު؟ ކޮބާ އިޔާޒާއި ޒައިދު؟ ކޮބާކޮބާ! ބަލަ ކޮބާހޭ ކަލޭމެން؟
ޖަމީލުބެ
24 November 2019
ތިހެން ޓުވީޓެއް ކޮއްލުމަކުން ނުފުދޭ ދެއްތޯ؟ ތިވިދާޅުވާ ބޭފުޅުން މިފަދަ މައްސަލަތަކާއި ބެހޭގޮތުން އެކި ތަންތަނުގަ ދެއްވާފަ ހުރި އެކި ދަރުސްތައް އަޑުއެއްސެވުމަށްފަހު އެއްޗެއް ވިދާޅުވިނަމަ އިންސާފުވެރި ބަހެއްކަމުގަ ބެލެވޭނީ.
ޑިގޭ
24 November 2019
މިފަދަ ފިކުރުތަކުގެ މީހުން ބަންދު ކުރަން ވަކި ތަނެއް ހަމަޖައްސަން ފެނޭ.. އެހެން ނޫންކަމުގައި ވަނީނަމަ ޖަލުތަކުގައި މިމީހުން ހަންފަތުރައި ނުރައްކާ މާ ބޮޑުވެދާނެ