ބުރުގާ އަޅާފައި ހުރި ގޮތުން ކަމަށް ބުނެ އަންހެނެއްގެ ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއްގައި މިއަދު މާލޭން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަގުމަތިން ދިޔަ އަންހެން ކުއްޖެއްގެ ގަޔަށް، ހިނގާފައި ދިޔަ މީހަކު ކުޅުޖެހި މައްސަލައެއް މިއަދު މެންދުރު ފަހު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި 34 އަހަަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަަމަށެެވެ. އަދި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ކުޅުޖެހީ ސަމާސެޓް ހޮޓަލުގެ ރިސެޕްޝަންގައި މަަަސަައްކަތް ކުރާ އަންހެނެއްގެ މޫނަށެވެ. ކުޅުޖެހި މީހާ ރުޅި އައީ ޔުނީފޯމާ އެކު އަންހެން މުވައްޒަފު ބުރުގާ އަޅާފައި ހުރި ގޮތުން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އެކަމަކު އެކަން ކަށަވަރެއް ނުކުރެވެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ކުޅުޖެހި މީހާ ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި އާއްމުންނެވެ.